ފޮޓޯ މުބާރާތް ބެއްވުމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އާއި ދިރާގުގެ ސީއީއޯ އެމްޑީ އެއްބަސްވުމުމުގައި ސޮއި ކުރައްވަނީ

ޓޫރިޒަމް 50

ފަރުތަކުގެ ދިރުން ދައްކުވައިދޭ ފޮޓޯ މުބާރާތެއް ދިރާގާއެކު

މި މުބަރާތަކީ، އޯޝަން ޖިއޮގްރަފިކް ސޮސައިޓީ އަދި މޯލްޑިވްސް އެލައަންސް އޮފް ޑައިވް އޮޕަރޭޓާސް (މަޑޯ)އާވެސް ގުޅިގެން ބާއްވާ މުބާރާތެއް
18 ނޮވެމްބަރު 2022

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުމާ ވިދިގެން ދިރާގާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން ހާއްސަ ފޮޓޯ މުބާރާތެއް މިއަދު ފަށައިފި އެވެ.

ވީ ކިހިނެއް؟ - ދިރާގާއި ޓޫރިޒމް މިނިސްޓްރީގެ އިތުރުން، އޯޝަން ޖިއޮގްރަފިކް ސޮސައިޓީ އަދި މޯލްޑިވްސް އެލައަންސް އޮފް ޑައިވް އޮޕަރޭޓަރސް (މަޑޯ) ގުޅިގެން ބާއްވާ މި ފޮޓޯ މުބާރާތަކީ، ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމުގެ ގޮތުން ފަރުތަކުގެ ދިރުން ބެލުމަށް ބާއްވާ ފޮޓޯ މުބާރާތެކެވެ. މިއަދުން ފެށިގެން އަންނަ މަހު 15 އަށް މި މުބާރާތް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފަ އެވެ.

ތަފްސީލު - ދިރާގުން މިއަދު ބުނި ގޮތުގައި މި މުބާރާތުގެ މައިގަނޑު މަގްސަދަކީ:

  • މިއީ، ރާއްޖޭގެ ގުދުރަތީ މާހައުލު ހިމާޔާތް ކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކާއި ރާއްޖޭގެ ހިތްގައިމު ކަނޑުއަޑި ބޭރު ފަރާތްތަކަށް ދައްކާލުން

  • ރާއްޖޭގެ ފަރުތަކުގެ ސިއްހަތު ބަލާ ކޮންމެ އަހަރަކު މިފަދަ ޗެކްއަޕްއެއް ކުރިއަށް ގެންދިޔުން 

މި މުބާރާތުގައި ފޮޓޯ ނެގުމަށް ރާއްޖޭގެ 50 މައްޝޫރު ޑައިވް ސައިޓެއް ކުރިއާލާވަނީ ކަނޑައަޅައިފަ އެވެ. މިއިން އެއް ސައިޓަށް ނުވަތަ އެއަށް ވުރެ ގިނަ ސައިޓުގެ ފޮޓޯ ނަގައިގެން ވެސް މުބާރާތުގައި ބައިވެރިވެވޭނެ ކަމަށް ދިރާގުން ބުންޏެވެ.

މުބާރާތާ ގުޅޭ އިތުރު މައުލޫމާތު:

  • ނަގާ ކޮންމެ ސައިޓަކުން 5 ފޮޓޯގެ ޕޯޓްފޯލިއޯއެއް ހުށަޅަން ޖެހޭ 

  • މި މުބާރާތުގެ ފޮޓޯތައް ބައިނަލްއަގްވާމީ ޖަޖިން ޕެނަލަކުން ބެލުމަށް ފަހު ކޮންމެ ޑައިވް ސައިޓަކުން ހުށަހަޅާ ފޮޓޯތަކުން އެއްވަނަ ދެވަނަ އަދި ތިން ވަނަ ހޮވާނެ

  •  މުބާރަތުގައި ފޮޓޯ ހުށަހަޅާ ހުރިހާ ފަރާތްތަކަށް ވެސް ރާއްޖޭގެ ކޮރަލް ރީފް ހެލްތު އެސެސްމަންޓްގައި ބައިވެރިވިކަމުގެ ކޮންޓްރިބިއުޝަން އޮފް އެޗީވްމަންޓް ސެޓްފިކެޓެއް ލިބޭނެ

"ދިރާގުން މަސައްކަތަކުރަމުން ދަނީ ދިވެހިރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް އިސްކަންދީގެން ބާއްވާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. އަދި މިއީ އެކުންފުޏީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ޕްރޮގްރާމްގެ މައިގަނޑު އެއް އަމާޒެކެވެ." ދިރާގުން ފޮނުވި ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

މި މުބާރާތާ ގުޅޭ އުތުރު މައުލޫމާތު މޯލްޑިވްސް50ގެ ވެބްސައިޓުން ލިބޭނެ އެވެ.

info@dhiraagu.com.mv
123

އިތުރު އާޓިކަލް

އިތުރު އާޓިކަލް