ގިނަ އަދަދެއްގެ ބަޔަކާ އެއްޖިންސުން ގުޅުން ހިންގައި، ވީޑިއޯކޮށް އަދި އެ ބޭނުންކޮށްގެން އެ މިހުން ބްލެކްމެއިލް ކުރި މައްސަލައިގައި ހައްޔަރު ކުރި އަލަމްގީރް. (ފޮޓޯ/ސަން)

ކްރިމިނަލް ކޯޓު

އަލަމްގީރަށް އުފުލި އިތުރު ހަ ދައުވާ ސާބިތުވެ، 9 މަހުގެ ޖަލު ހުކުމެއް

10 ނޮވެމްބަރު 2022

ފިރިހެނުންތަކަކާ އެކު އެއް ޖިންސުން ޖިންސީ ގުޅުން ހިންގައި އެ މަންޒަރު ވީޑިއޯ ކުރިި ކަމަށް ޝަރީއަތުގައި އިއުތިރާފްވެފައިވާ ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރުގެ މައްޗަށް ދައުލަތުން އުފުލި އިތުރު ހަ ދައުވާ ސާބިތުވެ، އޭނާގެ މައްޗަަށް ނުވަ މަހާއި 13 ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން މިއަދު އިއްވައިފި އެވެ.

ތަފްސީލް-  އަލަމްގީރުގެ މައްޗަށް ދައުލަތުން އުފުލި އެއްޖިންސުން ގުޅުން ހިންގުމުގެ ކުށުގެ ހަ ދައުވާ އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމީ، އެ ކުށް ކުރި ކަމަށް އިބްތިދާއީ މަރުހަލާގަ އާއި އަވަސް ނިޔާގެ ޝަރީއަތުގައި އޭނާ އިއުތިރާފްވެފައިވާތީ އެވެ.  އެހެންވެ، އެކޯޓުން ހުކުމް ކުރީ އޭނާ ނުވަ މަހާއި 13 ދުވަހަށް ޖަލަށްލުމަށެވެ.

  • ފުރަތަމަ ދައުވާ: ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް

  • ދެވަނަ ދައުވާ: ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް

  • ތިން ވަނަ ދައުވާ: އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް

  • ހަތަރު ވަނަ ދައުވާ: 18 ދުވަހުގެ ޖަލު ހުކުމެއް

  • ފަސް ވަނަ ދައުވާ: ނުވަ ދުވަހުގެ ޖަލު ހުކުމެއް

  • ހަ ވަނަ ދައުވާ: ހަތަރު ދުވަހުގެ ޖަލު ހުކުމެއް

"މުޖުތަމައުގެ އަހްލާގީ އުސޫލުތައް ހިފެހެއްޓުމުގެ ގޮތުން" ކަމަށް ބުނެ، ހުކުމްތައް އެއްކޮށް ކޯޓުގެ ވެބްސައިޓުގައި ޝާއިއުކޮށްފައެއް ނުވެ އެވެ.

އެނގުން މުހިއްމު- މީގެ ކުރިން ވެސް އޭނާގެ މައްޗަށް އުފުލި ޖިންސީ ގުޅުން ހިންގުމުގެ ތިން ދައުވާއަށް ވެސް އަލަމްގީރު ވަނީ ކޯޓުގައި އިއުތިރާފްވެފަ އެވެ. އަދި އެ ތިން ދައުވާ އޭނާގެ މައްޗަށް ސާބިތުވެ، ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުމަށް ކޯޓުން ހުކުމް ކުރީ މިދިޔަ މަހުގެ 31ގަ އެވެ.  

އޭގެ އިތުރުން އަލަމްގީރުގެ މައްޗަށް އުފުލި އޮރިޔާން ކާޑު އުފެއްދުމުގެ ކުށުގެ 40 ދައުވާ ވެސް ސާބިތުވެ، އޭނާ ތިން އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ވަނީ މިދިޔަ ސެޕްޓެމްބަރު 29ގައި ހުކުމްކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް