އިސްލާމީ މަރުކަޒުގައި ބޮޑު އީދު ނަމާދު ކުރަނީ: އިސްލާމް ދީން ފިޔަވައި އެހެން އެއްވެސް ދީނެއްގެ އަޅުކަމެއް ރާއްޖޭގެ އާންމު ތަނެއްގައި ކުރުމަކީ މަނާ ކަމެއް. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
އެހެން ދީނެއްގެ އަޅުކަން ކުރުން މަނާކަން މިނިސްޓްރީން ހަނދާންކޮށްދީފި
ރާއްޖޭގެ އާންމު ތަނެއްގައި އިސްލާމް ދީން ފިޔަވައި އެހެން ދީނެއްގެ އަޅުކަމާ ގުޅޭ އެއްވެސް ކަމެއް ހިންގުމަކީ ކަނޑައެޅިގެން މަނާ ކަމެއްކަން އިސްލާމިކް މިނިސްޓްރީން މިއަދު ހަނދާންކޮށްދީފި އެވެ.
މައްސަލައިގެ ފެށުން - އެހެން ދީންތަކުގެ އަޅުކަންތައް ކުރުން މަނާކަން އިސްލާމިކް މިނިސްޓްރީން ހަނދާންކޮށްދީފައި މިވަނީ، އައްޑޫގެ މަގުހެދުމުގެ މަޝްރޫއު ހިންދޫ ދީނުގެ އަޅުކަމަކުން ފެށި މައްސަލައަށް އެތައް ބައެއްގެ ފާޑުކިޔުުން އަމާޒުވެ، އެ މައްސަލަ ބަލައިދޭން އިސްލާމިކް މިނިސްޓްރީން ފުލުހުންނަށް ހުށަހަޅާފައި ވަނިކޮށެވެ.
އައްޑޫގެ މަގުތައް ތާރު އަޅަައިގެން ޒަމާނީ ފެންވަރަށް ތަރައްގީކުރަން ހަވާލުކޮށްފައިވާ އިންޑިއާގެ އެފްކޮންސް ކުންފުނިން އެ މަސައްކަތް ފެށީ ތާރު އަޅަން ބޭނުންކުރާ މެޝިނުގެ ކައިރީގައި ހިންދޫ ދީނުގެ އަޅުކަމުގެ އަމަލެއް ކުރުމަށް ފަހުކަން ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯއަކުން ފެނެ އެވެ.
ވީ ކިހިނެއް؟ - ސީދާ އެކަމަށް އިޝާރާތް ނުކޮށް އިސްލާމިކް މިނިސްޓްރީން ވަނީ މިދިޔަ ބުދަ ދުވަހު ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭއާ)ގެ އިތުރުން، ސިޓީ އާއި އަތޮޅު އަދި ރަށު ކައުންސިލްތަކަށް ސާކިއުލާއެއް ފޮނުވާފަ އެވެ.
ތަފްސީލް - އެ ސާކިއުލާގައި މިނިސްޓްރީން ބުނީ، އެހެން ދީންތަކުގެ އަޅުކަންތައް ކުރުން، ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގަވާއިދުގެ ދަށުން މަނާ ކަމަށެވެ.
އެ ގަވާއިދުގެ ނުވަ ވަނަ މާއްދާގެ ދަށުން ރާއްޖޭގައި ދިރިއުޅޭ ގައިރު މުސްލިމުންނާއި ރާއްޖެއަށް ޒިޔާރަތްކުރާ ގައިރު މުސްލިމުންނަށް މަނާކުރާ ކަންކަމަކީ:
-
ފާޅުކަން ބޮޑު ގޮތެއްގައި އެ މީހުންގެ ދީނީ ޝިއާރުތައް ފާޅުކުރުން
-
އާންމު ތަންތަނުގައި ޖަމާއަތް ހަދައިގެން އެފަދަ ދީނީ ހަރަކާތް ހިންގުން
-
އެ މީހުންގެ އެފަދަ އެއްވެސް ހަރަކާތެއްގައި ދިވެއްސަކު ބައިވެރި ކުރުން
ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ އިތުރުން، ފަތުރުވެރިންގެ ގޮތުގައި ވެސް ގިނަ އަދަދެއްގެ ބޭރު މީހުން ރާއްޖެއަށް ޒިޔާރަތް ކުރާކަން ފާހަގަކޮށް، އެ ފަރާތްތަކަށް ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރުމަށް އިރުޝާދު ދިނުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ.
ގެސްޓްހައުސް ހިންގުމާ ބެހޭ ގަވާއިދާ އެއްގޮތަށް، އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭ ފަދަ ހެދުމެއްގައި އުޅުމަށް އިރުޝާދު ދިނުމަށް ވެސް މިނިސްޓްރީން އެދިފައިވެ އެވެ.
ކޮމެންޓް (3)
ރަންފައުނު
މޯކޭ
ައަދު