ރައީސްގެ ދެކަނބަލުން އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެނބުރި ވަޑައިގެން ބޯޓުން ފައިބައިވަޑައިގަންނަވަނީ. (ފޮޓޯ/ރައީސް އޮފީސް)

ރައީސްގެ ދެކަނބަލުން އިނގިރޭސިވިލާތުން އެނބުރި ވަޑައިގެންފި

ރައީސްގެ ދެކަނބަލުން އިނގިރޭސިވިލާތަށް ފުރާވަޑައިގަތީ މިިދިޔަ ހުކުރު ދުވަހުގެ ރޭ
22 ސެޕްޓެމްބަރު 2022

ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު، އިނގިރޭސި ރާނީ އެލިޒަބަތު IIގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް އިނގިރޭސިވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

އެނގުން މުހިންމު - 70 އަހަރުގެ ދިގު މުއްދަތަކަށް ރަނިކަން ކުރެއްވުމަށް ފަހު އިނިގިރޭސި ރާނީ އެލިޒަބަތު II އުމުރުފުޅުން 96 އަހަރުގައި އަވަހަރަވީ މި މަހުގެ 8ގަ އެވެ. އެ ކަމަނާ އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވުމަށް ފަހު، ސްކޮޓްލެންޑްގައި ހުންނަ ޝާހީ ގެކޮޅު ބެލްމޯރަލް ކާސްލްގަ އެވެ. ރާނީ އަވަހާރަވުމާ ގުޅިގެން، އެ ކަމަނާގެ ދޮށީ ދަރިކަލުން ޗާލްސް މިހާރު ވަނީ ރަސްގެފާނަށް ވެވަޑައިގެންފަ އެވެ.

ވީ ކިހިނެއް؟ - ރައީސްގެ ދެކަނބަލުން އިނގިރޭސިވިލާތަށް ފުރާވަޑައިގަތީ މިިދިޔަ ހުކުރު ދުވަހުގެ ރެ އެވެ.

ތަފްސީލް - މި ދަތުރުފުޅުގައި:

  • މިދިޔަ ހޯމަ ދުވަހު ބޭއްވި ރާނީ އެލިޒަބަތުގެ ޖަނާޒާގައި ބައިވެރިވެވަޑައިގެންނެވި

  • އިނގިރޭސިވިލާތުގެ ރަސްގެފާނު، ޗާސްލްއާ ބައްދަލުކުރައްވައި ރަސްގެފާނާއި ޝާހީ އާއިލާއަށް ތައުޒިޔާ ދެންނެވި

  • ރާނީ އަވަހާރަވުމާ ގުޅިގެން ލަންޑަނުގެ ލެންކަސްޓަ ހައުސްގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފްތަރުގައި ތައުޒިޔާގެ މެސެޖެއް ލިޔުއްވާފައިވޭ

ރާނީ އެލިޒަބެތުގެ ޖަނާޒާއަށް ފަހު ރައީސްގެ ދެކަނބަލުން އިނގިރޭސި ރަސްގެފާނު ޗާލްސްއާ ވާހަކަފުޅު ދައްކަވަނީ. (ފޮޓޮ/ރައީސް އޮފީސް)

ފަސްމަންޒަރު - އިގްތިސާދީ ގޮތުން ދަތި މި ދުވަސްރުގައި ބޮޑު ހަރަދެއް ކުރައްވައިގެން ރައީސް ޖަނާޒާއަށް ވަޑައިގެންނެވުމުން ބައެއް ފަރާތްތަކުގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ. މި ދަތުރުފުޅަށް 2 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވާނެ ކަމަށް ބައެއް ފަރާތްތަކުން ބުންޏަސް، ރައީސް އޮފީހުން ބުނެފައި ވަނީ މި ދަތުރުފުޅުގެ ހަރަދު މިލިއަނަކަށް ވެސް ނާރާނެ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް