ތަމްރީނު ފުރިހަމަކުރި ޑައިވަރުންނާ އެކު މިނިސްޓަރު ފައްޔާޒު މިއަދު ފޮޓޯއަކަށް ހުއްޓިވަޑައިގެން. (ފޮޓޯ/އިކޮނޮމިކް މިނިސްޓްރީ)

ވަޒީފާ

41 ޑައިވަރުން ތަމްރީނުކޮށްފި

މިހާރު ވެސް 150އަށް ވުރެ ގިނަ ދަރިވަރުން ޑައިވް މާސްޓާ އަދި އިންސްޓްރަކްޓާ ޑިވެލޮޕްމަންޓް ކޯސްތަކުގައި ކިޔަވަމުން އެބަދޭ
22 އޯގަސްޓު 2022

އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ 'އަޕްސްކިލިން އެންޑް ޓްރެއިނިން ޕްރޮގްރާމް'ގެ ދަށުން 41 ޑައިވަރަކު ތަމްރީނުކޮށްފި އެވެ.

ވީ ކިހިނެއް؟ - އެ ޕްރޮގްރާމްގެ ދަށުން ހިންގި 'އިންސްޓްރަކްޓާ ޑިވެލޮޕްމަންޓް ކޯސް (އައިޑީސީ)'ގެ ފުރަތަމަ ބެޗު ނިންމި 41 ބައިވެރިންނަށް ޕްރޮފެޝަނަލް އެސޯސިއޭޝަން އޮފް ޑައިވިން އިންސްޓްރަކްޓާސް (ޕަޑީ)ގެ ސެޓްފިކެޓް މިއަދު ވަނީ ހަވާލުކޮށްފަ އެވެ.

ސަލްޓަން ޕާކުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެވެ.

ތަފްސީލް - އެ ޕްރޮގްރާމް ހިންގީ ރާއްޖޭގެ އެކި ޑައިވް ސެންޓަރުތަކުންނެވެ. އެގޮތުން، މިއަދު ސެޓްފިކެޓް ދިނީ އެ ސެންޓަރުތަކުގެ ފަރާތުން ހިންގި ކޯހުގައި ބައިވެރިވެ، ތަމްރީނު ހޯދި ފަރާތްތަކަށެވެ. އެއީ:

  • ޑައިވާސް ލޮޖް

  • އޯޝަން ޖަންކީޒް

  • އޯޝަން ވޯރިއާސް

  • ޑައިވް ޑެސްކް

  • ޑައިވް ކްލަބް

ތަމްރީނު ފުރިހަމަކުރި ޑައިވަރުންނާ މިއަދު ސެޓްފިކެޓް ހަވާލުކުރަނީ. (ފޮޓޯ/އިކޮނޮމިކް މިނިސްޓްރީ)
ތަމްރީނު ފުރިހަމަކުރި ޑައިވަރުންނާ މިއަދު ސެޓްފިކެޓް ހަވާލުކުރަނީ. (ފޮޓޯ/އިކޮނޮމިކް މިނިސްޓްރީ)

އެނގުން މުހިއްމު - މިނިސްޓްރީން ހިންގާ 'އަޕްސްކިލިން އެންޑް ޓްރެއިނިން ޕްރޮގްރާމަ'ކީ ވަޒީފާ ނެތް ފަރާތްތަކާއި އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކުގެ ހުނަރު އިތުރުކުރުމަށް ތަމްރީނު ދިނުމަށް ފަރުމާކޮށްފަައިވާ ޕްރޮގްރާމެކެވެ. އަދި އެ ޕްރޮގްރާމްގެ ބައިވެރިންނަށް ޕްރޮފެޝަނަލް ލެވެލްގެ ވަޒީފާގެ ފުރުސަތުތައް ހޯދައިދެވޭނެ ކަމަށް ވެސް މިނިސްޓްރީން ގަބޫލުކުރެ އެވެ.

އެ ޕްރޮގްރާމްގެ ދަށުން:

  • މިހާރު ވެސް 150އަށް ވުރެ ގިނަ ދަރިވަރުން ޑައިވް މާސްޓާ އަދި އިންސްޓްރަކްޓާ ޑިވެލޮޕްމަންޓް ކޯސްތަކުގައި ކިޔަވަމުން އެބަދޭ

  • އޭގެ އިތުރުން، އެކައުންޓިން، އައިސީޓީ އަދި އެޕްރެންޓިސްޝިޕް ޕްރޮގްރާމްތައް ވެސް މިނިސްޓްރީން ހިންގާ

  • 700އަށް ވުރެ ގިނަ ދަރިވަރުން އެކި ކޯސްތަކުގައި ކިޔަވަމުން އެބަދޭ

  • މިއީ ސަރުކާރުން ހުރިހާ ހަރަދެއް ކުރާ ގޮތަށް، ތަމްރީނުތަކުގައި ބައިވެރިވާ ކޮންމެ ފަރާތަކަށް މަހަކު 5،000ރ.ގެ އެލަވަންސެއް ދޭ ގޮތަށް ކުރިއަށް ގެންދާ ޕްރޮގްރާމްތަކެއް

ގުޅުން ހުރި ކަމެއް - މިނިސްޓްރީން ވަނީ ޑައިވިން ދާއިރާގެ ކޯސްތަކަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކަށް އިތުރު ފުރުސަތުތަކެއް ހުޅުވާލާފަ އެވެ. އެގޮތުން އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ ޖޮބް ސެންޓަރުގެ ވެބްސައިޓް މެދުވެރިކޮށެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް