ލިވިން

މުހައިމިން: ފަންނުވެރިންނަށް ވަރުގަދަ މިސާލެއް

މުހައިމިން އުމުރުން 80 އަހަރުގައި އަދިވެސް ގެންދަވަނީ އެކި ވައްތަރުގެ އުފެއްދުންތެރި މަސައްކަތްތައް ކުރައްވަމުން. އޭނާއަކީ އިހުލާސްތެރި، ހިތްވަރުގަދަ ފަންނުވެރިއެއް.
10 ނޮވެމްބަރު 2024

އަބްދުލް މުހައިމިން އަކީ ރާއްޖޭގެ ފުންނާބުއުސް، ނަންމަޝްހޫރު ފަންނުވެރިއެކެވެ. އުމުރުން 80 އަހަރުގައި މުހައިމިން އަދިވެސް ގެންދަވަނީ އަތްތެރި މަސައްކަތުގެ ތަފާތު އުފެއްދުންތައް ތައްޔާރު ކުރައްވަމުންނެވެ. މި ވީޑިއޯގައި މުހައިމިން އެކަން ފެށުނު ގޮތާއި ކުރައްވާފައިވާ މަސައްކަތްތައް ކިޔައިދެއްވި އެވެ. 

ރުކު ފަނާއި މަސް ހުޅުނބު ފަދަ ތަކެތިން އޭނާ ވަނީ ހިތްގައިމު އަދި ބޭނުންތެރި ތަކެތި އުފައްދަވައި ގައުމީ ފެންވަރުގައި އެކި ވަނަތައް ވެސް ހާސިލުކުރައްވައިފަ އެވެ. 

އަތްތެރި މަސައްކަތުގެ އިތުރުން ވެސް މުހައިމިން ފަންނުވެރި މަސައްކަތްތައް ކުރައްވާފައިވެ އެވެ. ފިލްމާއި ލަވަ ހެދުމުގައި ވެސް އޭނާ ވަނީ ރާއްޖޭގެ ފަންނުވެރި ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދެއްވައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް