ގްރަޒިއާ މަޖައްލާގެ ފުރަތަމަ ނިގާބީ ކަވާ ތަރި ސައުދީ ކޮމީޑިއަން އޭމީ ރޮކޯ (ފޮޓޯ/ގްރަޒިއާ މިޑްލް އީސްޓް)

ފެޝަން

ގްރަޒިއާ މަޖައްލާގެ ފުރަތަމަ ނިގާބީ ކަވާ ތަރިއަކަށް ސައުދީ ކޮމީޑިއަން އަދި ރެޕާ އޭމީ ރޯކޯ

ސޯޝަލް މީޑިއާ އިންފްލުއެންސަރެއްގެ ގޮތުގައި ހޯދަމުން އައި ކާމިޔާބީގެ ސަބަބުން ދުނިޔޭގެ ފެޝަން އަދި ބިއުޓީ ބްރޭންޑްތަކުގެ ސަރަހައްދީ މޮޑެލިން ކެމްޕޭންތަކުން އޭނާއަށް އަންނަނީ ފުރުސަތު ލިބެމުން
3 ނޮވެމްބަރު 2024

އިޓަލީއަށް ނިސްބަތްވާ ބައިނަލްއަގުވާމީ މަޝްހޫރު މަޖައްލާ ގްރަޒިއާގެ ބޭރުގަނޑަށް މެދު އިރުމަތީ ސަރަހައްދުން މިދިޔަ މަހު ހޮވުނީ ސައުދީ އަރަބިއްޔާގެ ކޮމީޑިއަން، ރެޕާ އަދި ސޯޝަލް މީޑިއާ އިންފްލުއެންސާ އޭމީ ރޯކޯ އެވެ. 

އަންހެނުންނަށް ހާއްސަ މި ހަފްތާ މަޖައްލާގެ މެދު އިރުމަތީ ސަރަހައްދުގެ 11 ވަނަ އަދަދު 'ކެލެއިޑެސްކޯޕް'ގައި ތިން ފަންނުވެރިއަކު ތިން ކަވަރެއްގައި ދައްކާލި އެވެ. އޭގެ ތެރެއިން އޭމީއަކީ ގްރަޒިއާގެ ބޭރުގަނޑުން ޖާގަ ހޯދި ފުރަތަމަ ނިގާބީ ތަރި އެވެ.

ސައުދީ އަރަބިއްޔާއަށް ނިސްބަތްވާ ކޮމީޑިއަން އޭމީ ރޮކޯ ގްރަޒިއާ މަޖައްލާގެ ފުރަތަމަ ނިގާބީ ކަވާ ތަރީގެ ގޮތުގައި (ފޮޓޯ/ގްރަޒިއާ މިޑްލް އީސްޓް)
ގްރަޒިއާ މަޖައްލާއަށް އެރުމުގެ ކުރިން އޭމީ ރޯކޯ ބައިނަލްއަގްވާމީ އެހެން ބައެއް މަޖައްލާތަކުން ވެސް ފެނިފައިވޭ (ފޮޓޯ/ގްރަޒިއާ)
އޭމީ ރޯކޯ މަގުބޫލުވާން ފެށީ 2014ގައި (ފޮޓޯ/ގްރަޒިއާ)

އޭމީ ރޯކޯ މަގުބޫލުވާން ފެށީ 2014ގަ އެވެ. އޭނާ ސޯޝަލް މީޑިއާ އިންފްލުއެންސަރެއްގެ ގޮތުގައި ހޯދަމުން އައި ކާމިޔާބީގެ ސަބަބުން ދުނިޔޭގެ ފެޝަން އަދި ބިއުޓީ ބްރޭންޑްތަކުގެ ސަރަހައްދީ މޮޑެލިން ކެމްޕޭންތަކުން ފުރުސަތު ލިބެން ފެށި އެވެ. 

މޫނުބުރުގާ އަޅައިގެން އުޅޭ ސައުދީ އަންހެނެއްގެ ހައިސިއްޔަތުން އޭމީ ވަނީ އެ ގައުމަށް އިޖުތިމާއީ ގޮތުން އަންނަމުންދާ ހަލުވި ބަދަލުތަކާއި ސައުދީ އަރަބިއްޔާއާ މެދު ކުރިންސުރެ އޮތް ތަސައްވުރާ ގުޅޭގޮތުން އޭނާގެ ހިޔާލު ފާޅު ކޮށްފަ އެވެ. އަދި އޭނާގެ ސަގާފަތާއި އަގީދާގެ މިންގަނޑުތަކުގައި ހިފަހައްޓައި، ނިވާކަންބޮޑު ސްޓައިލްތަކާ އެކު އޭމީ ވަނީ ފެޝަންއަށް ވެސް އިންގިލާބީ ބަދަލުތަކެއް ގެންނަން އެހީވެފަ އެވެ.

އޭމީ ރޯކޯއަކީ ގްރަޒިއާގެ މެދު އިރުމަތީ މަޖައްލާގެ 11 ވަނަ އެޑިޝަންގެ ކަވާ ތަރި (ފޮޓޯ/ގްރަޒިއާ)

'އެމިރޭޓްސް ވުމަން'އާ ގުޅިގެން 2020 ވަނަ އަހަރު މަޝްހޫރު ބްރޭންޑު ލިވައި އިން 'އައި ޝޭޕް މައި ވޯލްޑް'ގެ ނަމުގައި ކުރިއަށްގެންދިޔަ ސަރަހައްދީ ކެމްޕެއިނެއްގައި އޭމީ ހިމެނުނެވެ. އޭނާ އެންމެ މަޝްހޫރުވީ 2022ގައި ނިއު ބެލެންސްއިން ނެރުނު އިޝްތިހާރަކުންނެވެ. އެ ވީޑިއޯގައި އޭމީ ވަނީ ރެޕް ކޮށްފަ އެވެ.

ގްރަޒިއާ މަޖައްލާގެ ފުރަތަމަ ނިގާބީ ކަވާ ތަރި  އޭމީ ރޯކޯ (ފޮޓޯ/ގްރަޒިއާ މިޑްލް އީސްޓް)

ގްރަޒިއާ މަޖައްލާގެ ކުރިން އޭމީ ބައިނަލްއަގްވާމީ އެހެން ބައެއް މަޖައްލާތަކުން ވެސް ފެނިފައިވެ އެވެ. އޭގެ ތެރޭގައި ކޮސްމޮޕޮލިޓަންގެ މެދު އިރުމަތީ މަޖައްލާގެ ބޭރުގަނޑާއި ވޯގްގެ މެދު އިރުމަތީ މަޖައްލާ ހިމެނެ އެވެ. 

އޭމީ ރޯކޯގެ ސަބަބުން ގިނަ ބަޔަކަށް ހިތްވަރު ލިބެ އެވެ. އޭނާއަކީ، ދިމާވާ ގޮންޖެހުންތަކާއި މީހުން ކިޔާ އެއްޗަކަށް ނުބަލާ، ނިވާކަންބޮޑު ފޭރާމުގައި ވެސް އެ މީހަކު ކުރަން ބޭނުންވާ ކަމަކުން ކުރިއަށްދެވޭނެކަމުގެ ފުރިހަމަ މިސާލެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް