ވިލިމާލޭގެ ގޮނޑުދޮށުގައި ޒުވާނުންތަކެއް: ސޯޝަލް މީޑިއާއަށް ދިވެހިން ފަރިތަވެ އޮންލައިން ގަނާ ކުރުމާއި މީހުންގެ ޒާތީ ދިިރިއުޅުމަށް ހުދޫދެއް ނެތި އަރައިގަތުން ވަނީ އާންމުވެފައި (ދައުރު ފޮޓޯ/ އަނޫފް ޖުނައިދު)
ރާޝިދާ ޔޫސުފް މި ދައްކަވަނީ ދައްކަން ނުކެރިފައި އޮތް ބޮޑު ވާހަކައެއް
"ބްލީކުރުމާއި މަލާމާތްކޮށް މީހުންގެ އަބުރު ކަތިލާ މުުޖުތަމައެއްގައި ނަފްސާނީ ދުޅަހެޔޮ ކަމަކީ ބީރަށްޓެހި އެއްޗަކަށް ވާނެ،" ރާއްޖޭގައި މީހުންނަށް މަލާމާތްކޮށް ގަނާކުރުމުގެ ސަގާފަތް މޫލާފައި އޮތްވަރާ މެދު ކަންބޮޑުވުން ފާޅުކުރައްވައި ސޯޝަލް ވެލްފެއާ ވަޒީރުކަން ކުރެއްވި، ރާޝިދާ ޔޫސުފް ފޭސްބުކުގައި ލިޔުއްވި އެވެ.
ސޯޝަލް މީޑިއާއަށް ދިވެހިން ފަރިތަވެފައިވާލެއް ބޮޑުކަމާ އެކު އޮންލައިން ގަނާކުރުމާއި މައްލަވަ ކުރުން ރާއްޖޭގައިވެފައި ވަނީ ވަރަށް އާދައިގެ ކަމަކަށެވެ. ހުދޫދެއް ހައްދެއް ނެތެވެ.
ރާޝިދާ ލިޔުއްވި ގޮތުގައި މީހުންގެ ޒާތީ ދިރިއުޅުމާ ބެހި މަލާމާތް ކުރުމުގެ ސަގާފަތް ހައްދުފަހަނައަޅައި ގޮސް ރާއްޖޭގައި އެކަން މިހާރު ވަނީ ކަންބޮޑުވާ ވަރަށް މަތީ ދަރަޖައަކަށް ގޮސްފަ އެވެ.
"ކުއްޖަކު އުފަންވިޔަސް، މީހަކު ކައިވެނި ކުރިއަސް، ވަރިކުރިއަސް އަދި ނިޔާވިޔަސް އެ ބަޔަކާ ބެހޭ ގޮތުން ކިޔަން ބޭނުން ހުރިހާ އެއްޗެއް ކިޔުމުގެ އިހުތިޔާރު އެއީ ކޮންމެ މީހެއްގެ ހައްގެއްހެން ވެސް ހީވޭ،" ރާޝިދާ ލިޔުއްވި އެވެ.
ރާޝިދާ އެ ވިދާޅުވާ ގޮތަށް މީހުންގެ ޒާތީ ދިރިއުޅުމުގެ ހުރިހާ ކަމަކާ ބެހި އެއީ ގައުމީ ބަހުސްތަކަށް ހަދައިގެން ރާއްޖޭގައި އެފަދަ ވާހަކަތައް ދެއްކުން ވަނީ އާންމު ކަމަކަށް ހަދައިފަ އެވެ. ހާއްސަކޮށް ސޯޝަލް މީޑިއާގައި އެއްވެސް ހުދޫދެއް ނެތި އާންމު މީހުންގެ ޒާތީ ދިރިއުޅުމުގެ ތެރެއަށް ވަދެ އާޑަ ފުރައްސާރަކުރުން އެއީ ދެން މިހާރު އެއްވެސް ކަމެއް ނޫނެވެ. އާންމުވެފައިވާލެއް ބޮޑުކަމުން އެކަން މައްސަލައަކަށް ނުވަނީ އެވެ.
ރާޝިދާ ވިދާޅުވި ގޮތުގައި އެފަދަ ކަންކަން މުޖުތަމައުގައި އާންމުވުމުގެ ނަތީޖާއަކީ ނަފްސާނީ ދުޅަހެޔޮކަމުގެ ވާހަކަ ކިތަންމެ ބާރަށް ދެއްކި ނަމަވެސް އެކަމަށް ފަރުވާލެއް ނުބެހެއްޓޭ މުޖުތަމައަކަށް ރާއްޖެވުމެވެ. އެފަދަ ކަންކަމަށް ފިޔަވަޅު އަޅަން އޭނާ ގޮވާލެއްވި އެވެ.
"މީހުންގެ ޒާތީ ދިރިއުޅުމާ ބެހުމަކީ އެއްވެސް މީހެއްގެ ހައްގެއް ނޫން. އެއީ ޖިނާއީ ކުށަކަށް ހަދަން ޖެހިއްޖެ،" ރާޝިދާ ލިޔުއްވާފައިވެ އެވެ.
ރާއްޖޭގައި ވެސް ނަފްސާނީ ބަލިތައް ގިނަވެ އެކަމުގައި ފުރާނަ ގެއްލޭ މީހުން އިތުރުވަމުން ދާއިރު ރާޝިދާ މި ފާހަގަކުރެއްވީ އެފަދަ ބަލިތައް ގިނަވުމާ ގުޅިފައި އޮތް ބޮޑު މައްސަލަ އެކެވެ. އެކަމަކު ޑިމޮކްރަސީ އާއި ފަރުދީ ހައްގުތައް ކަށަވަރުވެފައި އޮތް ރާއްޖެއެއްގައި އެ ވާހަކައަކީ ގިނަ މީހުން ދައްކަން ބޭނުންވާ ނުވަތަ ދައްކަން ނުކެރޭ ވާހަކައެކެވެ. އެކަމަކު ހައްލެއް ހޯދަން ޖެހިފައި އޮތް މައްސަލައެކެވެ.
ކޮމެންޓް (5)
ނާއިފް
ޢައިނު
އާމިނަ
ސަންދީޕް ކޯޯރު
ޑެތް