ލަވް ބާޑްއަކީ ދިވެހިން އޮޅުކޮށްގެން ވަރަށް އާއްމުކޮށް ގެންގުޅޭ ދޫންޏެއް
ރާއްޖޭގެ ފުރަތަމަ އެނިމަލް ފެއާ މިއަދު އާޓިފިޝަލް ބީޗުގައި
މިއަދު، 4 އޮކްޓޯބަރުގައި، ފާހަގަކުރާ ދުނިޔޭގެ ޖަނަވާރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާއިން އާޓިފިޝަލް ބީޗްގައި ޖަނަވާރާ ބެހޭ ހާއްސަ ފެއާއެއް މިއަދު ހަވީރު ފަށާނެ އެވެ.
މި އިވެންޓުގައި ތަފާތު ގިނަ ހަރަކާތްތައް ކުރިއަށް ގެންދަން މިނިސްޓްރީން ވަނީ ނިންމާފައި އެވެ. އެގޮތުން ޖަނަވާރާ ބެހޭ މައުލޫމާތު ހިއްސާކުރުމުގެ ސެޝަންތަކެއް ވެސް އޮންނާނެ އެވެ.
މިރޭ 11އާ ހަމައަށް ކުރިއަށް ދާ އިވެންޓްގައި ލައިވް ޕާފޯމަންސްތަކާއި ކުޑަކުދިންނާއި އާއިލާ އެއްކޮށް ބައިވެރިވެވޭ ހަރަކާތްތައް ވެސް ހިމެނެ އެވެ.
މީގެ އިތުރުން ޕެޓްގެ ގޮތުގައި ގެންގުޅޭ އެކި ކަހަލަ ދޫންޏާއި ބުޅަލާއި އެހެން ވެސް ޖަނަވާރު ދައްކާލުން އޮންނާނެ އެވެ.
މި އިވެންޓް ކުރިއަށް ދާއިރު ކުޑަކުދިންނަށް އެކި ކަހަލަ އިނާމުތައް ވެސް ލިބޭނެ އެވެ.
މި އިވެންޓްގައި ޖަނަވާރުންގެ ހައްގުތައް ހޯދައިދީ އެ އެއްޗެހީގެ ރައްކާތެރިކަމަށް ރާއްޖޭގައި ހަރަކާތްތެރިވާ އެންޖީއޯތައް ކަމަށްވާ ފީލައިން ވެލްފެއާ އޯގަނައިޒޭޝަން އާއި ޒޫފިލިސްޓް ސޮސައިޓީ އޮފް މޯލްޑިވްސް އަދި ވެލްފެއާ ފޯ އައިލޭންޑްސް ކެޓްސްއިން ވެސް ބައިވެރިވާނެ އެވެ
ޕެޓްފުޑް ވިއްކާ ފިހާރަތަކުގެ ސްޓޯލްތައް ވެސް އާޓިފިޝަލް ބީޗުގައި ހުންނާނެ އެވެ.
މާއިން ނިޔާޒް އާއި އުމަރު އަލީ ރިޔާޒް ގުޅިގެން އުފައްދާފައިވާ ކުންފުނި ޓްރީޓްސް އެންޑް ޓުވީޓްސް އަކީ ރާއްޖޭގައި ޕެޓްފުޑް ބަންދުކުރާ ކުންފުންޏެއް ކަމުގައިވާ ޓްރީޓްސްއެންޑްޓުވީޓްސް ހިންގާ ދެ ޒުވާނުންނެވެ.
އެމީހުންގެ އުފެއްދުންތަކުގައި ހުންނަނީ ދިވެހިރާއްޖޭގައި ގެންގުޅޭ ޕެޓްތަކަށް ކާންދޭން ހާއްސަކޮށް އުފައްދާ އެކި ބާވަތުގެ ކާނާ އެވެ. މިގޮތުން ދޫންޏާއި ބުޅަލަށް ދޭ ކާނާ އެމީހުން ވިއްކަ އެވެ. ދިވެހި ކަނޑު މަސް ބޭނުންކޮށްގެން ބުޅަލަށް ހާއްސަކޮށްގެން އުފައްދާފައިވާ ކާނާ ވެސް ހިމެނެ އެވެ.
އެ ޒުވާނުން ބުނާ ގޮތުގައި އެ ކުންފުނީގެ އަމާޒާކީ ގޭގައި ގެންގުޅޭ ޖަނަވާރުންނަށް ދޭ ކާނާއަކީ ނިއުޓިރިޝަންގެ ގޮތުން ފައިދާ ހުރި އެއްޗަކަށް ހެދުމެވެ.
"އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރުންނަށް ވެސް ޕްރިޒާވޭޓިވްސް މަދު، އޯގޭނިކް ކާނާ ދިނުމަށް އިސްކަމެއްދޭ ކަމަށް ވެސް ބުންޏެވެ.
އެނިމަލް ފެއާއާ ބެހޭ ގޮތުން މާއިން ބުނީ އޭނާ ހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިގެން ކަމަށެވެ.
"މިއީ ސަރުކާރާއި އެންޖީއޯތައް ގުޅިގެން ކުރިއަށް ގެންދާ ވަރަށް މުހިއްމު އިނީޝިއޭޓިވްއެއް،" މާއިން ބުންޏެވެ.
މި އިވެންޓްގައި ޖަނަވާރުންނަށް އަޅާލައި ގެންގުޅޭނެ ގޮތުގެ ފޮތެއް އޮއޭސެސް ވެޓް ހޮސްޕިޓަލް އާއި އެރިކާ ވެޓެރިނަރީ ކްލިނިކް އަދި ފީލައިން ވެލްފެއާ އޯގަނައިޒޭޝަންގެ ފަރާތުން ނެރޭނެ އެވެ.
މިއީ ސަރުކާރުން އިސްނަގައިގެން މިފަދަ ގޮތަކަށް ބާއްވާ ފުރަތަމަ އެނިމަލް ފެއާ އެވެ.
ކޮމެންޓް (2)
މީމަ
ހަމްދޫން