އަލީ ރަމީޒު (ފޮޓޯ/އަލީ ރަމީޒު ފޭސްބުކް)
އަޑު ރީތި ކުރުމަށް އަލީ ރަމީޒްގެ މި ރެސިޕީ
އަލީ ރަމީޒް އިއްޔެ ވަނީ ކަރުތެރެއަށް ފަސޭހަކޮށްދޭ ބުއިމެއްގެ ރެސިޕީ ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފަ އެވެ.
އަލީ ރަމީޒު ބުއިން ތައްޔާރުކުރާތަން ވީޑިއޯއަކުން ދައްކާލާ މި ރެސިޕީގައި ހިމެނޭ އެއް ބާވަތަކީ އެންމެ އިހުއްސުރެ ވެސް ކަރުތެރެއަށް ފަސޭހަވާ ކަމަށް ބުނާ އިނގުރެވެ. އޭގެ އިތުރުން މި ބުއިމުގައި ކާފޫރުތޮޅި، ފޮނިތޮށި، ރީނދޫ، އަސޭމިރުސް އަދި އޮރިގާނޯ ހިމެނެ އެވެ. މި ހުރިހާ ބާވަތެއް ޖޯޑެއްގެ ކިރުގައި ތެއްޔެއްގައި ކެއްކުމަށް ފަހު ފުރާނާފައި އެއަށް މާމުއި ފޮދެއް އަޅަ އެވެ.
ކައްކާ ނިމޭ އިރު މި ބުއިން ހުންނަނީ ރީނދޫކުލައިގަ އެވެ.
"ހާއްސަކޮށް ގިނަ ވަގުތު ވޮއިސް ބޭނުން ކުރަމުންދާ ބޭފުޅުންނަށް. ކަރުތެރެއަށް ފަސޭހަކަން ގެނެސްދޭ އަދި އެހާމެ މީރު ބުއިމެއް. ޓްރައި ކޮށްލައްވާ،" ވީޑިއޯ ޕޯސްޓްކުރަމުން އަލީ ރަމީޒް ލިޔެފައިވެ އެވެ.
ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ ރަމީޒްގެ ފަރާތުން މީހަކު އެއްޗެއް ދެނެގަންނަން ބޭނުން ނަމަ އެންމެ އަހާލަން ބޭނުންވާނެ އެއް ސުވާލަކީ، އަޑު ރީތިކޮށް ބެހެއްޓުމުގެ ސިއްރުކަން ޔަގީނެވެ.
އޭނާގެ މި ޕޯސްޓަށް މީހުން ކޮމެންޓުތައް އޮއްސާލި އެވެ.
އެއް ބަޔަކު ބުނީ މިއީ އަލީ ރަމީޒުގެ ރީތި އަޑުގެ ސިއްރު ކަމަށެވެ. އަނެއް ބަޔަކު ތިބީ އަލީ ރަމީޒު މި ބުއިން ތައްޔާރުކުރުމަށް ތަތްނުލަވާ ތެއްޔެއްގައި ދަގަނޑު ސަމުސަލެއް ބޭނުންކުރީތީ ހައިރާންވެފަ އެވެ. މި ބުއިމުން ކަރުތެރެއަށް ފަސޭހަ ވިޔަސް، ވީޑިއޯ ބަލާ މީހުންނަށް އެ ތެލީގައި ސަމުސާ ކޭއްތޭ އަޑު ކަންފަތަށް ފަސޭހައެއް ނޫނެވެ.
އެކަމަކު އަލީ ރަމީޒުގެ މި ރެސިޕީގެ އަޖުމަބަލައިލަން ހަމަ ރަނގަޅެވެ.
ކޮމެންޓް (7)
ހަމްކޮ
މަދީހާ
ހަމްކޮ
އަޖައިބު
ސަމީނު
އައްޔަ
ހޫން