ބީއެމްއެލް ހަތްވަނަ އިންޓަސްކޫލް ސްވިމިން ފެސްޓިވަލްގައި ގިޔާސުއްދީން ސްކޫލުން ގިނަ ވަނަތަކެއް ހޯދި (ފޮޓޯ/ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް)
400 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވި ބީއެމްއެލް ކިޑްސް ސްވިމިން ފެސްޓިވަލް ނިންމާލައިފި
ހުޅުމާލެ ސްވިމިން ޕޫލްގައި ކުރިއަށް ގެންދިޔަ ބީއެމްއެލް އިންޓަސްކޫލް ކިޑްސް ސްވިމިން ފެސްޓިވަލް އިއްޔެ ނިންމާލައި ނަތީޖާ ފާޅުކޮށްފި އެވެ.
ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބޭއްވި މި ފެސްޓިވަލްގައި 23 ސްކޫލަކުން 485 ދަރިވަރަކު ބައިވެރިވި އެވެ. އިވެންޓްތައް އޮތީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ:
ކެޓަގަރީ އޭ: 5-6 އަހަރު
ކެޓަގަރީ ބީ: 7-8 އަހަރު
ކެޓަގަރީ ސީ: 9-10 އަހަރު
މި ކެޓަގަރީތަކުން ވަނަ ހޯދި ސްކޫލްތައް ތިރީގައި މިވަނީ އެވެ.
ކެޓަގަރީ އޭގެ އަންހެން
-
އެއްވަނަ: ބްރައިޓްވޭ އިންޓަނޭޝަލް ސްކޫލް އާއި ޖަމާލުއްދީން ސްކޫލް
-
ދެވަނަ: ދަރުމަވަންތަ ސްކޫލް
-
ތިންވަނަ: ކެންގަރޫ ކިޑްސް އިންޓަނޭޝަނަލް ޕްރީސްކޫލް
ކެޓަގަރީ އޭގެ ފިިރިހެން
-
އެއްވަނަ:
-
ދެވަނަ: އިސްކަންދަރު ސްކޫލް
-
ތިންވަނަ: ކެންގަރޫ ކިޑްސް
ކެޓަގަރީ ބީގެ އަންހެން
-
އެއްވަނަ: ގިޔާސުއްދީން ސްކޫލު
-
ދެވަނަ: ސަލާހުއްދީން ސްކޫލް
-
ތިންވަނަ: އިއްޒުއްދިން ސްކޫލް
ކެޓަގަރީ ބީގެ ފިިރިހެން
-
އެއްވަނަ: ގިޔާސުއްދީން ސްކޫލު
-
ދެވަނަ: އިސްކަންދަރު ސްކޫލް
-
ތިންވަނަ: ހުރަވީ ސްކޫލް
ކެޓަގަރީ ސީގެ އަންހެން
-
އެއްވަނަ: ގިޔާސުއްދީން ސްކޫލް
-
ދެވަނަ: ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލް
-
ތިންވަނަ: އަހުމަދިއްޔާ ސްކޫލް
ކެޓަގަރީ ސީގެ ފިިރިހެން
-
އެއްވަނަ: ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލް
-
ދެވަނަ: ގިޔާސުއްދީން ސްކޫލް
-
ތިންވަނަ: ރެހެންދި ސްކޫލް
ތިން ދުވަހަށް ކުރިއަށް ގެންދިޔަ މި ފެސްޓިވަލްގައި އިންތިޒާމްތައް ޖުމްލަކޮށް ރަނގަޅެވެ.
ކޮމެންޓް (4)
ަައަ ފް ރާ
ގިޔާސް
ބަރުޖޯރު
ހަމްކޮ