ފަންނުވެރި އެކުވެރިން: ސްކައިރޮކްގެ ފުރަތަމަ އަލްބަމް 'ސަމުގާ' ތައާރަފު ކުރާ ޝޯ

'ސަމުގާ' އަކީ ވާހަކައެއް ގޮތަށް އެއް ލަވަ އަނެއް ލަވައާ ގުޅުވައިގެން ގެނެސްދޭ އަލްބަމެއް. އޮލިމްޕަހުގައި ބާއްވަން ހަމަޖެހިފައިވާ ބޮޑު ޝޯ އިން ވަރަށް ތަފާތު ހުށަހެޅުންތަކެއް ފެނިގެންދާނެ ކަމަށް ބެލެވޭ
22 ޖުލައި 2024

ރާއްޖޭގެ މިއުޒިކް ބޭންޑުތަކުގެ ތެރެއިން ސްކައިރޮކް އަކީ އިތުރު ތައާރަފެއް ބޭނުންނުވާ ކުޅަދާނަ ފަންނުވެރިން ހިމެނޭ ބޭންޑެކެވެ. 'ފަންނުވެރި އެކުވެރިން'ގެ މިފަހަރުގެ އެޕިސޯޑުގައި ލަވަކިޔުންތެރިޔާ އިންޝާ އަހުމަދު، ގިޓާރިސްޓް ޒަޔާން ފައިސަލް އަދި ޑްރަމްސް އާއި ޕާކަންސް ކުޅޭ އަހުމަދު ފައިޒާން ސްކައިރޮކްގެ ފުރަތަމަ އަލްބަމް ތައާރަފު ކުރާ ޝޯއާ ބެހޭގޮތުން ވާހަކަދެއްކި އެވެ.

މި މަހު 31ގެ ރޭ އޮލިމްޕަހުގައި ބާއްވަން ހަމަޖެހިފައިވާ ސްކައިރޮކްގެ ބޮޑު ޝޯ 'ސަމުގާ' އިން ވަރަށް ތަފާތު ހުށަހެޅުންތަކެއް ފެނިގެންދާނެ ކަމަށް ބެލެވެ އެވެ. ބޭންޑުގެ މެމްބަރުން ބުނިގޮތުގަ 'ސަމުގާ' އަކީ ވާހަކައެއް ގޮތަށް އެއް ލަވަ އަނެއް ލަވައާ ގުޅުވައިގެން ގެނެސްދޭ އަލްބަމްއެކެވެ. ޝޯގައި މި ލަވަތައް ހުށަހަޅައިދޭނީ ތިއެޓްރިކަލް ޕާފޯމަންސްއަކާ އެކުގަ އެވެ.

ސްކައިރޮކް ފުރަތަމަ އުފެދުނީ 2017ގަ އެވެ. އެ ބޭންޑުގެ ފުރަތަމަ އަލްބަމްއަށް ލަވަ ތައްޔާރުކުރުމުގެ މަސައްކަތް ފެށީ 2018ގައި ނެރުނު އީޕީއަކާ އެކުގަ އެވެ. އެއަށް ފަހު ފަހަރަކު ލަވައެއް ބޭންޑު މެމްބަރުން އެއްވެގެން އުފައްދަން ފެށި އެވެ.

'ސަމުގާ' އަލްބަމްގެ ބައެއް ލަވަތައް ވަނީ ސިންގަލްސްގެ ގޮތުގައި ކުރިން ނެރެފަ އެވެ. އޭގެ ތެރޭގައި ޝޯތަކުގައި ކުޅެފައިވާ 'ހޭވައްލާ،' 'ރޭވަ' އަދި 'ސަމުގާ' ހިމެނެ އެވެ.

އަމިއްލަ ދިވެހި ލަވަތަކެއް ހިމެނޭ 'ސަމުގާ' އަކީ އިހު ޒަމާނުގެ ރާއްޖެއަށް ބިނާވެގެންވާ ވާހަކައެކެވެ. މިފަދަ ކޮންސެޕްޓް އަލްބަމަކީ ރާއްޖޭގައި އަދި ގެނެސްދީފައި ނުވާ ސްޓައިލްއެކެވެ.

ސްކައިރޮކްގެ ފުރަތަމަ އަލްބަމް ނެރޭ ވާހަކައިގެ އިތުރުން، މިއުޒިކް ދާއިރާގައި އެ މީހުން ކުރި ތަޖުރިބާތައް ވެސް އިންޝާ އާއި ޒަޔާން އަދި ފައިޒާން ކިޔައިދިނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް