8 ޖުލައި 2024: އަންވެއިލިން ވިޝަންސް 2024 ހުޅުވުމުގެ ރަސްމިއްޔާތު. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

އާޓް

ގިނަ އަދަދެއްގެ އާޓިސްޓުން ބައިވެރިވާ 'އަންވެއިލިން ވިޝަންސް' މައުރަޒު ހުޅުވައިފި

މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީ (މެކް) އިން ބާއްވާ އަހަރީ މި މައުރަޒުގައި މިފަހަރު 105 އާޓިސްޓެއްގެ އުފެއްދުންތައް ވަނީ ބައިވެރިކޮށްފައި
10 ޖުލައި 2024

މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީ (މެކް) އިން އިންތިޒާމްކޮށްގެން ބާއްވާ 'އަންވެއިލިން ވިޝަންސް' އަކީ ރާއްޖޭގެ ގިނަ އަދަދެއްގެ އާޓިސްޓުން ބައިވެރިވާ ބޮޑު ކޮންޓެމްޕަރަރީ އާޓް މައުރަޒެކެވެ. އަންވެއިލިން ވިޝަންސްގެ ހަތްވަނަ މައުރަޒު މިދިޔަ ހޯމަ ދުވަހުގެ ރެއިން ފެށިގެން ގައުމީ އާޓް ގެެލެރީގައި ވަނީ ހުޅުވައިފަ އެވެ. 

މި އަހަރުގެ މައުރަޒުގައި 105 އާޓިސްޓެއްގެ އުފެއްދުންތައް ދައްކާލަ އެވެ. މިއީ 'އަންވެއިލިން ވިޝަންސް'ގައި މިހާތަނަށް އެންމެ ގިނަ އަދަދެއްގެ އާޓިސްޓުން ބައިވެރިވި މައުރަޒެވެ.

8 ޖުލައި 2024: އަންވެއިލިން ވިޝަންސް 2024 ހުޅުވުމުގެ ރަސްމިއްޔާތު. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
8 ޖުލައި 2024: އަންވެއިލިން ވިޝަންސް 2024 ހުޅުވުމުގެ ރަސްމިއްޔާތު. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
8 ޖުލައި 2024: އަންވެއިލިން ވިޝަންސް 2024 ހުޅުވުމުގެ ރަސްމިއްޔާތު. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އުރީދޫގެ ސީސީއޯ ހުސެއިން ނިޔާޒް އެވެ. އަދި އާޓްސް މިނިސްޓަރުގެ ނާއިބު އަލީ އާމިރު އާއި ނެޝަނަލް ސެންޓާ ފޯ ދި އާޓްސް (އެންސީއޭ)ގެ އިސް ވެރިންނާއި މެކްގެ އިސް އާޓިސްޓުންގެ އިތުރުން ވެސް ރާއްޖޭގެ ފުންނާބުއުސް ބައެއް އާޓިސްޓުން އެ ރަސްމިއްޔާތުގައި ބައިވެރިވި އެވެ.

8 ޖުލައި 2024: އަންވެއިލިން ވިޝަންސް 2024 ހުޅުވުމުގެ ރަސްމިއްޔާތު. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
8 ޖުލައި 2024: އަންވެއިލިން ވިޝަންސް 2024 ހުޅުވުމުގެ ރަސްމިއްޔާތު. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
8 ޖުލައި 2024: އަންވެއިލިން ވިޝަންސް 2024 ހުޅުވުމުގެ ރަސްމިއްޔާތު. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
8 ޖުލައި 2024: އަންވެއިލިން ވިޝަންސް 2024 ހުޅުވުމުގެ ރަސްމިއްޔާތު. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

މެކްއިން ބުނިގޮތުގައި މި އަހަރުގެ މައުރަޒަށް 200 އަށް ވުރެ ގިނަ ހުށަހެޅުން ރިވިއު ކޮށްފައިވެ އެވެ. އޭގެ ތެރޭގައި މިކްސްޑް މީޑިއާ އާއި ޑިޖިޓަލް މީޑިއަމް ބޭނުންކޮށްގެން ތައްޔާރު ކޮށްފައިވާ ކުރެހުމާއި ޕެއިންޓިން، ކެލިގްރަފީ އަދި އިންސްޓޮލޭޝަން ވެސް ހިމެނެ އެވެ.

މެކް އިން ބޭނުންވަނީ ދިވެހި ފަންނުވެރި މުޖުތަމައުއެއް އުފައްދާ ކުރިއަރުވާށެވެ. ހުނަރު ކުރިއަރުވާ، ދިރުވާ އާލާ ކުރާށެވެ. 

8 ޖުލައި 2024: އަންވެއިލިން ވިޝަންސް 2024 ހުޅުވުމުގެ ރަސްމިއްޔާތު. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
8 ޖުލައި 2024: އަންވެއިލިން ވިޝަންސް 2024 ހުޅުވުމުގެ ރަސްމިއްޔާތު. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
8 ޖުލައި 2024: އަންވެއިލިން ވިޝަންސް 2024 ހުޅުވުމުގެ ރަސްމިއްޔާތު. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
8 ޖުލައި 2024: އަންވެއިލިން ވިޝަންސް 2024 ހުޅުވުމުގެ ރަސްމިއްޔާތު. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
8 ޖުލައި 2024: އަންވެއިލިން ވިޝަންސް 2024 ހުޅުވުމުގެ ރަސްމިއްޔާތު. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ފާއިތުވި 'އަންވެއިލިން ވިޝަންސް' މައުރަޒުތަކާ ހިލާފަށް މިފަހަރު އާޓިސްޓުންނަށް ވަނަތަކެއް ނުދެ އެވެ. އެކަމަކު މައުރަޒަށް ހާއްސަ ލޯގޯ ޑިޒައިންއެއް ހޮވަން މުޅި ރާއްޖެއަށް ފުރުސަތު ހުޅުވާލި އެވެ. އަދި 35 މީހުން މިއަށް ލޯގޯ ހުށަހެޅި އެވެ. އޭގެ ތެރެއިން ހޮވުނު އާޓިސްޓު މުހައްމަދު އާޒިމްގެ ލޯގޯ ފަރުމާކުރުމަށް 10،000 ރުފިޔާގެ އިނާމެއް ލިބުނެވެ.

8 ޖުލައި 2024: އަންވެއިލިން ވިޝަންސް 2024 ހުޅުވުމުގެ ރަސްމިއްޔާތު. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
8 ޖުލައި 2024: އަންވެއިލިން ވިޝަންސް 2024 ހުޅުވުމުގެ ރަސްމިއްޔާތު. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
8 ޖުލައި 2024: އަންވެއިލިން ވިޝަންސް 2024 ހުޅުވުމުގެ ރަސްމިއްޔާތު. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

'އަންވެއިލިން ވިޝަންސް' މައުރަޒު ގައުމީ އާޓް ގެލެރީގައި މި މަހު 20ގެ ނިޔަލަށް ކުރިއަށްދާނެ އެވެ. ރާއްޖޭގެ އެކި އުމުރުފުރައިގެ ފަންނުވެރިންގެ ހުނަރު މައުރަޒުން ފެނިގެންދާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް