މޯލްޑިވްސް ހާފް މެެެރެތަން 2023ގެ ތެރެއިން

ރަނިން އެކްސްޕޯ ހުޅުމާލެ ސެންޓްރަލް ޕާކުގައި މިއަދު ފަށާނެ

މޯލްޑިވްސް ހާފް މެރެތަންގެ ރަނިން އެކްސްޕޯގައި ބިބް އާއި ޓީޝާޓް ހަވާލުކުރުމުގެ އިތުރުން ކުޑަކުދިންނާ ވެސް އެކު ތަފާތު އެކި ހަރަކާތްތައް ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ

މޫވް މޯލްޑިވްސް އާއި އައިރަނާސް ގުޅިގެން ބާއްވާ މޯލްޑިވްސް ހާފް މެރެތަންގެ ރަނިން އެކްސްޕޯ ހުޅުމާލެ ސެންޓްރަލް ޕާކުގައި މިއަދު ހަވީރު 4 ޖަހާއިރު ފަށާނެ އެވެ.

މޯލްޑިވްސް ހާފް މެރެތަން 2024އާ ގުޅުވައިގެން މިއަދު ފަށާ ރަނިން އެކްސްޕޯގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތައް

ރޭހުގައި ބައިވެރިވާ މީހުންގެ ބިބް އާއި ޓީޝާޓް ހަވާލުކުރުމުގެ އިތުރުން ތަފާތު އެކި ހަރަކާތްތައް މި އެކްސްޕޯގައި ކުރިއަށް ގެންދާނެ އެވެ. އޭގެ ތެރޭގައި ފިޓްނަސް ޗެލެންޖަކާއި ޓްރީ ޓޮޕް ހޮސްޕިޓަލްގެ ފަރާތުން ހެލްތު ޗެކްއަޕް ހަދައިދިނުން ހިމެނެ އެވެ.

މޯލްޑިވްސް ހާފް މެރެތަން 2023ގެ ތެރެއިން

ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ ތިން ދުވަހުގެ މި އެކްސްޕޯގެ ފަހު ދުވަސް ހަމަޖައްސާފައިވަނީ ރޭހުގައި ބައިވެރިވާ ކުޑަކުދިންގެ ޓީޝާޓާއި ބިބް ހަވާލު ކުރުމަށެވެ. އެ ދުވަހު ކުޑަކުދިންނަށް ހާއްސަކޮށްގެން ޝާކް ޓައިކްވޮންޑޯ އެކެޑެމީގެ ފަރާތުން ކޯޗު އަދުނާން ކިނާންގެ ޓައިކްވޮންޑޯ އާއި ކުދިން ޝައުގުވެރިވާ އިތުރު ބައެއް ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ކޮމެންޓް (1)

މީމަ

9 ޖުލައި 2024
އޯކޭ. ނޯޓެޑް. ސީޔޫ ދެއަރ އީމާން.
1 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް