ގަހަނާ ފިހާރަ ޖުވެލް ހަބް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން (ފޮޓޯ/ޖުވެލް ހަބް)

ލިވިން

ޖުވެލް ހަބް: ފެންވަރު ރަނގަޅު ގަހަނާ ވިއްކާ އާ ފިހާރައެއް

އަގުހުރި ޖަވާހިރާއި އަލިމަސް ޖަހާފައި ހުންނަ ގަހަނާ އާއި ސާދާ ގަހަނާ ވެސް ލިބެންހުރި މި ފިހާރައިން ކަސްޓަމަރުން ބޭނުންވާ ގޮތަށް ގަހަނާ ތައްޔާރު ވެސް ކޮށްދޭ
9 ޖުލައި 2024

ބިޒްނަސް ވެންޗާ މޯލްޑިވްސް އިން ޖުވެލް ހަބްގެ ނަމުގައި މާލޭގައި އާ ގަހަނާ ފިހާރައެއް ހުޅުވައިފި އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ލިބެން ހުންނަ އެކި ފެންވަރުގެ ގަހަނާ ދިވެހިންނަށް އެކަށީގެންވާ ރަނގަޅު އަގެއްގައި ޖުވެލް ހަބް އިން ލިބެން ހުންނާނެ ކަމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުހައްމަދު ވިދާޅުވި އެވެ. 

އަސްލު އަލިމަހާއި އަގުހުރި އެސް ޖަހާފައި ހުންނަ ގަހަނާގެ އިތުރުން، ކޮންމެ ދުވަހަކު ވެސް އަޅާލަން އެކަށީގެންވާ ސާދާ ގަހަނާ ވެސް އެ ފިހާރައިން ވިއްކަ އެވެ.

ޖުވެލް ހަބް އިން އެކި ފެންވަރުގެ އަގުހުރި ގަހަނާ ވިއްކާ (ފޮޓޯ/ޖުވެލް ހަބް)

މަޝްހޫރު ބްރޭންޑްތަކުގެ އެންމެ ފަހުގެ އޮރިޖިނަލް އުފެއްދުންތައް ވެސް މި ފިހާރައިން ލިބެން ހުންނާނެ ކަމަށް ހަސަން ވިދާޅުވި އެވެ. އޭގެ ތެރޭގައި އަވިއައިނާއި ނަންބަރު އައިނު ހެދުމަށް ބޭނުން ކުރާ ބްރޭންޑެޑް ފްރޭމް ހިމެނެ އެވެ.

ޖުވެލް ހަބް މިދިޔަ ހުކުރު ދުވަހުގެ ރޭ ރަސްމީކޮށް ހުޅުވަނީ (ފޮޓޯ/ޖުވެލް ހަބް)

މީގެ އިތުރުން، ކަސްޓަމަރުން ބޭނުންވާ ގޮތަށް އެކި ޑިޒައިންތަކަށް ކައިވެނި އަނގޮޓި އާއި އެންގޭޖްމެންޓް އަނގޮޓި އަދި ކަރުގައި އަޅާ ފަށާއި ކަންފަތުގައިލާ ތަފާތު ވައްތަރުގެ ގަހަނާ ޖުވެލް ހަބްއިން ތައްޔާރުކޮށްދެ އެވެ. އެ މީހަކު ބޭނުންވާ ނަމެއް ވެސް ގަހަނާގައި ޖަހައިދެ އެވެ.

ޖުވެލް ހަބް އިން މަޝްހޫރު ބްރޭންޑުތަކުގެ އޮރިޖިނަލް އުފެއްދުންތައް ލިބެން ހުރޭ (ފޮޓޯ/ޖުވެލް ހަބް)

ހަސަން ވިދާޅުވިގޮތުގައި ކައިރި މުސްތަގުބަލެއްގައި ދުނިޔޭގެ މަޝްހޫރު އިތުރު ބްރޭންޑުތައް މި ފިހާރައަށް ތައާރަފު ކުރާނެ އެވެ.

ޖުވެލް ހަބްއިން އެކި ވައްތަރުގެ އަދި އެކި ފެންވަރުގެ ގަހަނާ ވިއްކާ (ފޮޓޯ/ޖުވެލް ހަބް)

ހިތްގައިމު ޑިޒައިނަކަށް ހަދާފައިވާ ޖުވެލް ހަބް ހުޅުވުމުގެ ރަސްމިއްޔާތުގައި ކުންފުނީގެ ވެރިންނާއި ރާއްޖޭގެ ބައެއް ސޯޝަލް މީޑިއާ އިންފްލުއެންސަރުން ބައިވެރިވި އެވެ.

ފިހާރައިގައި 

ޖުވެލް ހަބް ހުންނަނީ އޯކިޑްމަގާއި ޗާނދަނީމަގު ގުޅޭ ކަންމަތީގައި ޗަމްޕާ ބިލްޑިންގެ ގްރައުންޑް ފްލޯގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް