މޯލްޑިވްސް ހާފް މެރެތަން: ކަނޑުގެ ދިރުމުގެ ހިމާޔަތުގައި ނަމޫނާއެއް
ކަނޑުގެ ދިރުންތަކުގެ ތެރެއިން ފެހުރިއްސަށް ގިނަ ބައެއްގެ ލޯތްބާއި ސަމާލުކަން ލިބެ އެވެ. ފެހުރިއްސެއްގެ ފޮޓޯއެއް ޖަހާފައި ހުންނަ އެއްޗެހި ހިނގަ އެވެ. އެ ކަމުދެ އެވެ. އެ ބޭނުންވެ އެވެ.
މޫވް މޯލްޑިވްސް އާއި އައިރަނާސް އިން ގުޅިގެން ބާއްވާ މޯލްޑިވްސް ހާފް މެރެތަންގެ މެޑަލް ޑިޒައިންކޮށްފައި ވަނީ ފެހުރިއްސެއްގެ ތަސްވީރު ހިމަނައިގެންނެވެ.
އައިރަނާސްގެ ފައުންޑާ އަދި މޯލްޑިވްސް ހާފް މެރެތަންގެ ރޭސް ޑިރެކްޓަރު ހުސެން ސުޖާއު ބުނާ ގޮތުގައި މޯލްޑިވްސް ހާފް މެރެތަންގެ ތީމްގައި ފެހުރިއްސެއް ހިމެނުމުގެ ފަހަތުގައި އޮތް ސަބަބަކީ، މޫވް މޯލްޑިވްސް އާއި އައިރަނާސްއިން އިންތިޒާމް ކުރާ ހުރިހާ އިވެންޓެއްގައި 'މުޖުތަމައުއަށް އަނބުރާ ދިނުމު'ގެ ރޫހެވެ.
"ރޭހުގެ ތީމަކީ ވޭލް ޝާކް. އިވެންޓްގެ ސައިޒާއި އިވެންޓަށް ކޮންޓްރިބިއުޝަނަށް ލިބޭ ވަރެއް ބަލާފައި އެކަން ކުރަނީ،" އޭނާ ބުންޏެވެ.
ރާއްޖޭގެ ފަރުތަކާއި ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމަށް އާންމުން ހޭލުންތެރިކޮށް އެ މަސައްކަތަށް ކޮންމެވެސް ވަރެއްގެ އެހީތެރިކަމެއް ދިނުމަކީ، މޯލްޑިވްސް ހާފް މެރެތަންގެ އެއް މަގުސަދެވެ.
ޖުމްލަ 10 އިވެންޓެއް ހިމެނޭ މޯލްޑިވްސް ހާފް މެރެތަންގެ ރެޖިސްޓްރޭޝަން ފީގެ %5 ދެނީ އިންޓަނޭޝަނަލް އެންޖީއޯއެއް ކަމަށްވާ މޯލްޑިވްސް ވޭލް ޝާކް ޕްރޮގްރާމަށެވެ.
"މި އަހަރު ވެސް އަމާޒަކީ 15،000ރ. އަށް ވުރެ ބޮޑު އަދަދެއް މި އެންޖީއޯއަށް ޑޮނޭޓް ކުރުން،" ސުޖާއު ބުންޏެވެ.
ރޭހުގައި މިފަދަ މަގުސަދުތައް ހިމެނުމުން އޭގައި ބައިވެރިވާން އެތައް ބަޔަކު ޝައުގުވެރިވެ އެވެ. އެގޮތުން ކަނޑުގެ ދިރުންތަކުގެ ހިމާޔަތުގައި އުޅޭ މީހުންގެ ފަރާތުން ކޮންމެވެސް އެހީތެރިކަމެއް ވެދިނުމުގެ ބޭނުމުގައި ވެސް މޯލްޑިވްސް ހާފް މެރެތަންގައި ބައިވެރިވެ އެވެ.
މީގެ އިތުރުން ރާއްޖޭގެ ފަރުތަކާއި ފެހުރިހި ކަހަލަ ކަނޑުގެ ދިރުންތައް ހިމާޔަތް ކުރުމަށް ކޮންމެ އަހަރަކު ވެސް ޕެނެލް ޑިސްކަޝަނެއް، މޯލްޑިވްސް ހާފް މެރެތަންގައި އޮވެ އެވެ. މި އަހަރު ވެސް އެކަން ކުރިއަށް ދާނެ އެވެ.
އަންނަ ހުކުރުދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކްގައި ފެށުމާއި ނިންމުން އޮންނަ ރޭހުގައި 1،600 ބައިވެރިން ދުވާނެ އެވެ.
ކޮމެންޓް (1)
މީމަ