އީދަށް ޕާޝިއަން ލަވް ކޭކެއް ހަދާބަލަ، މީރުވާނެ
މެދުއިރުމަތި އަހަރެމެންނަށް ހާއްސަ އެވެ. މެދުއިރުމަތީ ރަހަތައް އަހަރުމެންގެ ތެރޭގައި މަގުބޫލެވެ. ޕާޝިއަން ލަވް ކޭކަކީ މެދުއިރުމަތީގެ މީރު ރަަހައެކެވެ.
މި ކޭކުގެ ފަހަތުގައި ފޯކުލޯރެއް ވެސް އޮވެ އެވެ. ބުނެވޭ ގޮތުގައި މިއީ ފާރިސީ (އީރާން) އަންހެނަކު އަމީރެއް ދެކެ ލޯބިވެގެން އޭނާގެ ހިތް އަތުލަަން ތައްޔާރުކުރި ހާއްސަ ކޭކެެވެ. މިކަން ނިމުނު ގޮތެއް ތުންތުން މަތިން އައި ވާހަކައިން ސާފެއް ނޫނެވެ. ބައެއް މީހުން ބުނާ ގޮތުގައި އަމީރު އާއި އަންހެން ކުއްޖާ ލޯބިން ގުޅެނީ އެވެ. އަނެއް ބަޔަކު ބުނާ ގޮތުގައި، އަމީރު އަންހެން މީހާ ދެކެ ލޯތްބެއް ނުވި އެވެ. އެކަމަކު މުޅި ކޭކް އޭނާއަށް ކާން ލިބުނެވެ.
މިއީ މި ކޭކަށް ޕާޝިއަން ލަވް ކޭކް ކިޔޭ ސަބަބެވެ. އެކަމަކު މި ކޭކުން ތިމާ ލޯބިވާ މީހާގެ ހިތް އަތުލެވިދާނެ ކަމުގެ ޔަގީންކަމެއް ނެތެވެ. ކަން އެހެން އޮތަސް އީދު ދުވަހު ކާލަން މިއީ ހަމަ މަރެކެވެ.
ޕާޝިއަން ލަވް ކޭކް
ޕާޝިއަން ލަވް ކޭކް ހަދަނީ ސެމޮލިނާ އާއި އާމަންޑް މީލް ބޭނުންކޮށްގެންނެވެ. އޭގައި ހަވާދުގެ ބާވަތްތައް ކަމުގައިވާ ކާފޫރުތޮޅި އާއި ތަކޫވަށް (ނަޓްމެގް) ރަހަ ވެސް ހިމެނެ އެވެ. އޮރެންޖުން ސިޓްރަސް ރަހަ ގެެނެސްދޭ އިރު މީރު ހުތްފޮނި ރަހައަކާއި ކޭކަށް އަޅާ ސިރަޕުގައި ލުނބޯރަހައެއް ވެސް ހުރެ އެވެ.
ގިނަ މީހުން ބުނާ ގޮތުގައި މި ކޭކު ހަދާ އިރު އެމީހުންގެ އެންމެ ގަޔަވާ ކަމަކީ އަވަނުން ކޭކް ނެގުމާ އެކު އެއަށް ސިރަޕު އެޅުމެވެ. މިގޮތަށް ސިރަޕް އެޅުމުން ފޮނިކަމަކާއި ތެތްކަމެއް ގެނެ އެވެ.
ޕާޝިއަލް ލަވް ކޭކް ރެސިޕީ
ބޭނުންވާ ތަކެތި
-
2 ޖޯޑު އާމަންޑް މީލް (200 ގްރާމް)
-
1 އަދި 1/2 ޖޯޑު ސެމޮލިނާ (165 ގްރާމް)
-
1 މޭޒުމަތީ ސަމްސާ ބޭކިން ޕައުޑަރު
-
1/2 ސައިސަމްސާ ނަޓްމެގް
-
1.5 މޭޒުމަތީ ސަމްސާ މުގުރު ކާފުރު ތޮޅި
-
120 ގްރާމް އަންސޮލްޓަޑް ބަޓާ
-
150 ގްރާމް ބްރައުން ޝުގާ
-
150 ގްރާމް ވައިޓް ޝުގާ
-
2 ބިސް
-
250 ގްރާމްގް ޕްލެއިން ޔޯގަޓް
-
އެއް އޮރެންޖުގެ ޒެސްޓް
-
50 ގްރާމްގެ ޕިސްޓާޗިއޯ ކޮށާފައި
ސިރަޕް ހެދުމަށް
-
1/3 ޖޯޑުގެ ލުނބޯ ހުތް
-
1/3 ޖޯޑުގެ ހަކުރު
-
1 ސައިސަމްސާ ރޯސްވޯޓާ
ތައްޔާރު ކުރާނެ ގޮތް
ސިރަޕް ތައްޔާރު ކުރާނެ ގޮތް
ސިރަޕް ހަދަން ބޭނުންވާ ހުރިހާ އެއްޗެއް މެދު މިންވަރެއްގެ ގިންޏެއްގައި ހުޅުބަހައްޓައިގެން ކައްކާނީ އެވެ. މަޑުމަޑުން ކެކެން ފެށީމާ ހަކުރު ގިރޭނެ އެވެ. ދެ މިނެޓުވަންދެން މިގޮތަށް ހޫނުކުރާށެވެ. ކޭކުގެ މައްޗަށް އެޅުމުގެ ކުރިން އަލުން ހޫނުކޮށްލާށެވެ.
ހަދަންވީ ގޮތް:
-
1-
އަވަން 180 ޑިގްރީއަށް ޕްރީހީޓް ކުރަން ޖައްސާށެވެ. އަދި 22 ސެންޓިމީޓަރުގެ ކޭކް ޓްރޭއެއްގައި ބަޓަރު ހާކައިމ ކޭކު ފިހަން ތައްޔާރު ކުރާށެވެ.
-
2-
ބޯތައްޓެއްގައި އާމަންޑްމީލް، ސެމޮލިނާ، ބޭކިން ޕައުޑަރު، ނަޓްމެގް އަދި ކާފުރު ތޮޅި އެއްކޮށްލާށެވެ.
-
3-
ބަޓަރާއި ހަކުރު މިކްސަރެއް ބޭނުންކޮށްގެން ރަނގަޅަށް އެއްކޮށްލާށެވެ. އެއްވުމުން، ބިސް އޭގެ ތެރެއަށް އަޅާ އޮމާންކޮށް ހުންނަ ވަރަށް އެއްކުރާށެވެ. އެއަށް ފަހު، ޔޯގަޓާއި އޮރެންޖް ޒެސްޓް އަޅާށެވެ.
-
4-
މި މިކްސްގެ ތެރެއަށް ކުރިން އެއްކުރި ހިކި ބާވަތްތައް އަޅާ ރަނގަޅަށް އެއްކުރާށެވެ.
-
5-
ޓްރޭއަށް ކޭކް ފިހަން ކޭކް ބެޓާ އަޅާށެވެ. މައްޗަށް ޕިސްޓާޗިއޯ އަޅާށެވެ.
-
6-
50 މިނެޓުގެ ވަންދެން ކޭކް ފިހާށެވެ. ފިހެވުމުން ކޭކަށް ބާބެކިއު ސްޓިކްއެއް ހެރުމުން އެނގޭނެ އެވެ.
-
7-
ބާބެކިއު ސްޓިކްއަކުން ކޭކުގައި 30-40 ލޯވަޅު އަޅާށެވެ. އެއަށް ފަހު ކޭކުގެ މައްޗަށް ސިރަޕްގަނޑު އަޅާށެވެ. ކޭކު ފޯކުރަން ގަޑިއެއްހާ އިރު ބެހެއްޓުމަށް ފަހު ކާނީ އެވެ. ރީތިކޮށްލަން ބޭނުން ނަމަ ފިނިފެންމަލުގެ ފިޔަ އަތުރާލެވިދާނެ އެވެ.
ކޮމެންޓް (1)
އަހްމަދީނިޖާދު