ލަސްވިޔަސްގެ ރީތި މަންޒަރެއް

ލަސްވިޔަސްގެ ފަހު ދެ ޝޯ މިރެ އާއި މާދަމާ ރޭ

ޑައިރެކްޓަރު މުހައްމަދު ނިޔާޒް (ޓެޑްރީ)ގެ ފިލްމު އޮލިމްޕަހުގައި އަޅުވާފައި އޮންނަތާ މިހާރު ދެ މަސް ވެއްޖެ

ޑައިރެކްޓަރު މުހައްމަދު ނިޔާޒު (ޓެޑްރީ)ގެ ފިލްމު 'ލަސްވިޔަސް' ވަދާއީ ދެ ޝޯ އޮލިމްޕަހުގައި މިރެ އާއި މާދަމާ ރޭ ދައްކާނެ އެވެ.

މިދިޔަ 12 އޭޕްރީލްގައި ޕްރިމިއާކުރި ލަސްވިޔަސްއަކީ މިފަހުގެ ތާރީހެއްގައި އޮލިމްޕަހުގައި އެންމެ ގިނަ ދުވަސް ވަންދެން އަޅުވާފައިވާ އޮތް ފިލްމެވެ.

ފިލްމުގެ މައިގަނޑު ރޯލް ކުޅެފައިވަނީ ވާޝިޔާ މުހައްމަދު އާއި އަހުމަދު އީސާ އެވެ. އިތުރު ތަރިންގެ ތެރޭގައި ޒޯޔާ ހަސަން، މައިޝާ އާދަމް (ތާތި)، އަހުމަދު އިފްނާޒް ފިރާގު، އައިމިނަތު ޝުހާ ފަދަ އަރަމުން އަންނަ ތަރިން ވެސް ފިލްމުން ފެނެ އެވެ. 

ލަސްވިޔަސްގެ ތިން ޕްރޮޑިއުސަރުން ކަމަށް ވާ މައްލާ އަހުމަދު ނާސިރު (ކ) މުހައްމަދު ނިޔާޒު އަދި އިބްރާހިމް ރަޝީދު، ފިލްމު ޕްރިމިއަ ކުރުމުގެ ހަފުލާގައި

މީގެ އިތުރުން ދިވެހި ސިނެމާގެ ކުރީގެ ވިދުން ގަދަ ތަރިން ކަމަށްވާ ރީކޯ މޫސާ މަނިކާއި ފައުޒިއްޔާ ހަސަން ވެސް ފިލްމުގައި ބައިތަކެއް ކުޅުނެވެ. މިއީ ފައުޒިއްޔާ މަރުވުމުގެ ކުރިން ކުޅުނު އެންމެ ފަހު ފިލްމު ވެސް މެ އެވެ.

ފިލްމުގައި ދައްކައިދެނީ ފުން އިހްސާސްތަކެކެވެ. ލޯބި، ކައިވެނި، ވިހެއުމަށް ފަހު ކުރިމަތިވާ ޑިޕްރެޝަން، ކައިވެނި ރޫޅުމުން ދަރިންނަށް ކުރާ އަސަރު، ކެންސަރު މިހެން ގޮސް އެތައް ކަމެއް 'ލަސްވިޔަސް'ގެ ވާހަކާގައި ހިމެނެ އެވެ.

ކޮމެންޓް (2)

ދާނަ

13 ޖޫން 2024
އައިޝާ އީމާން، ކޮންމެހެންވެސް ދާންވާނެ. ރެޑީގަ ހުންނައްޗޭ.
0 0

ދިވެހި ކުއްޖެއް

13 ޖޫން 2024
"ފައުޒިއްޔާ މަރުވުމުގެ" މިހެންނުލިޔެ، "ފައުޒިއްޔާ ނިޔާވުން" ލިޔެލިނަމަ މާބޮޑަށް ރަނގަޅުވާނެ ކަމަށްފެނޭ.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް