4 ޖޫން 2024: ހުސެއިން އިހްފާލް އަހްމަދު (އިއްފަ) އޭނާގެ އެންމެ ފަހުގެ މައުރަޒު 'ސެރެނިޓީ އޮފް ދި އައިލެންޑް ލައިފް' ނެޝަނަލް އާޓް ގެލެރީގައި ކުރިއަށްގެންދަނީ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

އާޓް

އާޓިސްޓު އިހްފާލްގެ މައުރަޒު 'ސެރެނިޓީ' ގައުމީ އާޓް ގެލެރީގައި ދައްކާލަނީ

މިއީ ހަމަހިމޭން އަދި ހިތްގައިމު ކުރެހުންތަކަކުން ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ސަގާފަތް ދެކިލަން ބޭނުންވާ މީހުންނަށް ޝައުގުވެރި މައުރަޒަކަށް ވާނެ

ރާއްޖޭގެ މަޝްހޫރު އާޓިސްޓުންގެ ތެރޭގައި ހިމެނޭ ހުސެއިން އިހްފާލް އަހްމަދު ނުވަތަ އާއްމުކޮށް މީހުން ދަންނަ ނަމުން ނަމަ 'އިއްފަ' ވަނީ އޭނާގެ އެންމެ ފަހުގެ މައުރަޒު 'ސެރެނިޓީ އޮފް ދި އައިލެންޑް ލައިފް' ގައުމީ އާޓް ގެލެރީގައި މިދިޔަ އަންގާރަ ދުވަހު ހުޅުވައިފަ އެވެ.

އިނގިރޭސި ބަހުން 'ސެރެނިޓީ'ގެ މާނަ އަކީ ހަމަހިމޭންކަމެވެ. އިހްފާލްގެ މައުރަޒުގައި ހިމެނޭ 25 ވަރަކަށް ކުރެހުމުން ދައްކުވައިދެނީ ރާއްޖޭގެ ހިތްގައިމު އަދި ހަމަހިމޭން މަންޒަރުތަކެވެ. 

4 ޖޫން 2024: ހުސެއިން އިހްފާލް އަހްމަދު (އިއްފަ)ގެ މައުރަޒު 'ސެރެނިޓީ އޮފް ދި އައިލެންޑް ލައިފް' ނެޝަނަލް އާޓް ގެލެރީގައި ކުރިއަށް ދަނީ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

"ރާއްޖޭގެ ރީތިކަމާއި އެއިން ލިބޭ ހިތްހަމަޖެހުމާ، މި ހުރިހާ ކަމެއް އަންނަން އޮތް ޖީލަށް ގެންގޮސްދިނުމަކީ ވަރަށް މުހިއްމު ކަމެއް. ރާއްޖޭގެ ސަގާފަތާއި ގުދުރަތީ ރީތިކަން ދަމަހައްޓަން މަސައްކަތް ކުރަން ވާނެ،" އިހްފާލް ބުންޏެވެ.

4 ޖޫން 2024: ހުސެއިން އިހްފާލް އަހްމަދު (އިއްފަ)ގެ މައުރަޒު 'ސެރެނިޓީ އޮފް ދި އައިލެންޑް ލައިފް' ނެޝަނަލް އާޓް ގެލެރީގައި ކުރިއަށް ދަނީ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
4 ޖޫން 2024: ހުސެއިން އިހްފާލް އަހްމަދު (އިއްފަ)ގެ މައުރަޒު 'ސެރެނިޓީ އޮފް ދި އައިލެންޑް ލައިފް' ނެޝަނަލް އާޓް ގެލެރީގައި ކުރިއަށް ދަނީ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
4 ޖޫން 2024: ހުސެއިން އިހްފާލް އަހްމަދު (އިއްފަ)ގެ މައުރަޒު 'ސެރެނިޓީ އޮފް ދި އައިލެންޑް ލައިފް' ނެޝަނަލް އާޓް ގެލެރީގައި ކުރިއަށް ދަނީ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ތެޔޮ ކުލައިން ތައްޔާރު ކޮށްފައިވާ މި ކުރެހުންތަކުގައި އިހްފާލް ރާއްޖޭގެ ކްލެސިކް އެކި މަންޒަރުތައް ދައްކާލައިފައިވަނީ މައިގަނޑު ދެ ޓެކްނީކްއެއް ބޭނުންކޮށްގެންނެވެ. މަސްވެރިން އަވަދިނެތި މަސް ބާނަމުންދާ މަންޒަރު ނުވަތަ ފަޅު ތެރޭގައި އޮންނަ ކުޑަ ދޯންޏެއްގެ މަންޒަރުން ފެށިގެން ކިރު ދޫނިތަކެއް އުދުހޭ މަންޒަރު ދައްކުވައިދީފައި ހުރީ ވަރަށް ހަމަހިމޭން މަންޒަރުތަކެއްގެ ގޮތުގަ އެވެ. 

މިއީ ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށް ހާއްސަކޮށް ކަމުދާނެ ކަހަލަ މަންޒަރުތަކެއްގެ ކުރެހުންތަކެކެވެ. ހަމަހިމޭން އަދި ހިތްގައިމު ކުރެހުންތަކަކުން ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ސަގާފަތް ދެކިލަން ބޭނުންވާ ކޮންމެ މީހަކު ވެސް 'ސެރެނިޓީ' މައުރަޒަށް ޒިޔާރަތް ކުރުން މުހިއްމެވެ.

4 ޖޫން 2024: ހުސެއިން އިހްފާލް އަހްމަދު (އިއްފަ)ގެ މައުރަޒު 'ސެރެނިޓީ އޮފް ދި އައިލެންޑް ލައިފް' ނެޝަނަލް އާޓް ގެލެރީގައި ކުރިއަށް ދަނީ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
4 ޖޫން 2024: ހުސެއިން އިހްފާލް އަހްމަދު (އިއްފަ)ގެ މައުރަޒު 'ސެރެނިޓީ އޮފް ދި އައިލެންޑް ލައިފް' ނެޝަނަލް އާޓް ގެލެރީގައި ކުރިއަށް ދަނީ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
4 ޖޫން 2024: ހުސެއިން އިހްފާލް އަހްމަދު (އިއްފަ)ގެ މައުރަޒު 'ސެރެނިޓީ އޮފް ދި އައިލެންޑް ލައިފް' ނެޝަނަލް އާޓް ގެލެރީގައި ކުރިއަށް ދަނީ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

އިހްފާލް މީގެ 24 އަހަރު ކުރިން ކުރަހާފައިވާ ތެޔޮ ކުލައިގެ ކުރެހުންތަކެއް ވެސް މި މައުރަޒުން ފެންނާނެ އެވެ. ދެން ހުރީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރެއިން ފެށިގެން މިހާތަނަށް އޭނާ ތައްޔާރު ކޮށްފައިވާ ކުރެހުންތަކެކެވެ.

4 ޖޫން 2024: ހުސެއިން އިހްފާލް އަހްމަދު (އިއްފަ)ގެ މައުރަޒު 'ސެރެނިޓީ އޮފް ދި އައިލެންޑް ލައިފް' ނެޝަނަލް އާޓް ގެލެރީގައި ކުރިއަށް ދަނީ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
4 ޖޫން 2024: ހުސެއިން އިހްފާލް އަހްމަދު (އިއްފަ)ގެ މައުރަޒު 'ސެރެނިޓީ އޮފް ދި އައިލެންޑް ލައިފް' ނެޝަނަލް އާޓް ގެލެރީގައި ކުރިއަށް ދަނީ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
4 ޖޫން 2024: ހުސެއިން އިހްފާލް އަހްމަދު (އިއްފަ)ގެ މައުރަޒު 'ސެރެނިޓީ އޮފް ދި އައިލެންޑް ލައިފް' ނެޝަނަލް އާޓް ގެލެރީގައި ކުރިއަށް ދަނީ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

'ސެރެނިޓީ' އަކީ އިހްފާލް ގައުމީ އާޓް ގެލެރީގައި މިހާތަނަށް ބާއްވާ ހަތަރުވަނަ އަމިއްލަ މައުރަޒެވެ. މީގެ ކުރިން އޭނާ ވަނީ އެކި މީޑިއަމް ބޭނުންކޮށްގެން ކުރެހުންތައް ދައްކާލައިފަ އެވެ. އޭނާ ކޮފީ ބޭނުންކޮށްގެން ތައްޔާރުކުރި ކުރެހުންތަކެއް މީގެ އަހަރުތަކެއް ކުރިން އާއްމުންގެ ތެރޭގައި މަގުބޫލުވި އެވެ. އަދި 2018ގައި ކަނޑުއަޑީގައި އިހްފާލް ބޭއްވި ކުރެހުމުގެ މައުރަޒަކީ އޭނާގެ އެންމެ މަގުބޫލު މަސައްކަތެވެ.

'ސެރެނިޓީ' މައުރަޒު ގައުމީ އާޓް ގެލެރީގައި މި މަހު 16ގެ ނިޔަލަށް ކުރިއަށްދާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް