ތާޖުުއްދީން ސްކޫލްގެ ދަރިވަރުންތަކެއް އެސެމްބްލީގައި (ފޮޓޯ/ ތާޖުއްސީން ސްކޫލް ފޭސްބުކް)

ލިވިން

ސްކޫލަށް ދާން ފަސްޖެހިދާނެ، އެކަމަށް ހައްލު އެބަހުރި

ދިރާސި އާ އަހަރަށް މިއަދު ސުކޫލްގެ ކިޔެވުން ފެށުނުއިރު ބައެއް ދަރިވަރުން އުފަލުން ސްކޫލަށް ދާ އިރު، އަނެއްބައި ދަރިވަރުންގެ ފަަސްޖެހުމެއް ހުރެދާނެ

އާ ފަންސުރާއި ދަބަހާއި ބޫޓު ހޯދައިގެން އެތައް ކުދިންނެއް މިއަދު އަލުން އަނބުރާ ސްކޫލަށް ނުކުންނާނެ އެވެ. ބައެއް ދަރިވަރުންނަށް މިއީ އުފާވެރި ދުވަަހަކަށް ވެދާނެ އެވެ. އަނެއް ބައި ދަރިވަރުންނަށް ސްކޫލް ފެށޭ ދުވަހު، އާ ސްކޫލަކަށް، ނުވަތަ އާ ކްލާހަކަށް ގޮސް ޓީޗަރުންނާ ބައްދަލުކުރަން ކޮންމެވެސް ވަރެއްގެ ހާސްކަމެއް ކުރިމަތިވެ އެވެ.

ސްކޫލަށް ދާ ދެ ދަރިވަރަކު ޔުނީފޯމު އަޅައިގެން މަގުމަތީގައި މަޑުކޮށްލައިގެން

ދަރިވަރުން ސްކޫލަށް ދާން ތައްޔާރުކުރުމަށް ބެލެނިވެރިން ކުރަން ޖެހޭ މުހިންމު ހަމައެކަނި ކަމަކީ ސްކޫލަށް ބޭނުންވާ ތަކެތި ހޯދާ ދަރިފުޅު ސްކޫލަށް ފޮނުވުމެއް ވެސް ނޫނެވެ. ސްކޫލަށް ދާށާއި އުނގެނުމަށް، ތަފާތު އެކި ކަހަލަ ކުދިން އުޅޭ މާހައުލެއްގައި އަހަރުގެ ބޮޑު ބައެއް އަދި އެކުދިންގެ ހަޔާތުގެ ކޮންމެ ދުވަހެއްގެ ބޮޑު ބައެއް ހޭދަކުރަން، ނަފުސާނީ ގޮޮތުން ވެެސް ތަައްޔާރުކުރަން ޖެހެ އެވެ.

ކުދިކުދި ކަންކަމުން ވެސް އެކުދިންނަށް ބޭނުންވާ ސަޕޯޓާއި ހިތްވަރު ދެވިދާނެ އެވެ.

1. ކަންބޮޑުވުންތައް އަޑުއެހުން

ދަރިފުޅު ސްކޫލަށް ދިއުމަށް ބިރުގަނެ ފަސްޖެހޭ ނަމަ އެއީ ވަރަށް އާދައިގެ ކަމަކަށް ހަދާ، ހުރިހާ ކަމެއް ރަނގަޅުވާނެއޭ ފަސޭހައިން ބުނެވިދާނެ އެވެ. ނަމަވެސް މިއަށް ވުރެ ރަނގަޅު ގޮތަކީ އެކުދިންގެ އެ ކަންބޮޑުވުންތައް އަޑުއަހާ، އެކުދިން ސްކޫލް ރޫޓިން ހަމައަކަށް އެޅެންދެން ކައިރީގައި ހުންނާނެކަމުގެ ޔަގީންކަމާއި ހިތްވަރު ދިނުމެވެ.

ދަރިފުޅުގެ ކަންބޮޑުވުންތައް އަޑުއެހުން މުހިއްމު

2. ކަންބޮޑުވާކަމަކީ ކޮބާތޯ އޮޅުންފިލުވުން

ދަރިފުޅު ސްކޫލަށް ދާން ބޭނުންނުވާ ބައިވަރު ސަބަބު ހުރެދާނެ އެވެ. ސްކޫލްގެ މާހައުުލުން ކުރިމަތިވާ ކޮންމެވެސް ނެގެޓިވް ކަމަކާ ހެދި ސްކޫލަށް ދާން ބޭނުން ނުވުމަކީ އެކަށީގެންވާ ކަމެކެވެ. މިސާލަކަށް ގަނާކުރުން، ޓީޗަރެއްގެ ސަބަބުން ދާން ޖެހިލުވުން، ކްލާސް ކުދިންނާ އޮންނަ ގުޅުން ރަނގަޅު ނުވުން އަދި  ކިޔެވުމަށް އޮންނަ ޕްރެޝަރުގެ ސަބަބުން ދަރިފުޅު ސްކޫލަށް ދާ ހިތް ނުވެދާނެ އެވެ.

ހދ. އަތޮޅު އެޑިއުކޭޝަން ސެންޓަރުގެ ދަރިވަރެއް (ފޮޓޯ/ މުހައްމަދު މަތީން)

ދަރިފުޅުގެ ކިބައިގައި ނިއުރޯޑިވެލޮޕްމަންޓް މަައްސަލަތައް ހުންނަ ނަމަ ސްކޫލަަށް ދާން ބޭނުން ނުވުމަކީ އެކަށީގެންވާ ކަމެކެވެ. މިސާލަކަށް އޯޓިޒަމް، އެޓެންޝަން ޑެފިސިޓް ހައިޕާ އެކްޓިވިޓީ ޑިސްއޯޑާ ނުވަތަ ޑިސްލެކްސިއާގެ ސަބަބުން ސްކޫލް މާހައުލަކީ ކުދިންނަށް އުނދަގޫ މާހައުލަކަށް ވެއެވެ. މީގެ އިތުރުން ނަފްސާނީ މައްސަލަތައް ކަމުގައިވާ އެންޒައިޓީއާ ހެދި ކުދިން ސްކޫލަށް ދާން ދެކޮޅުހެދުމަކީ ވެެސް އެކަށީގެންވާ ކަމެކެވެ. އަނެއްބައި ކުދިންނަކީ މައިންބަފައިންނާ  ނުވަަަތަ ގެއާ ދުރުގައި ގިނަ ވަގުތު ހޭދަކުރުމަށް އުނދަގޫވާ ކުދިންނެވެ.

އެހެންކަމުން ދަރިފުޅު ސްކޫލަށް ދާން ބޭނުން ނުވާ އަސްލު ސަބަބު ހޯދާ ދެނަގަތުން މުހިއްމެވެ. އެކަން ހޯދިއްޖެ ނަމަ މި މައްސަލަ ހައްލުކުރަން ދަރިފުޅާ ވާހަކަ ދައްކަން ފަސޭހަވެ އެވެ.

3. ސްކޫލަށް ދާން ފުރަތަމަ ޖެހިލުންވުން އޯކޭ

ސްކޫލަށް ދާން ދަރިފުޅު ޖެހިލުންވެ ބިރުގަންނަ ނަމަ މިކަމުގައި ތިމާ އާއި ދަރިފުޅު ލަދުގަތުމަކީ ވެސް މެދުވެރިވެދާނެ ކަމެކެވެ. އެކަމަކު މިއީ ހާސްވާންވީ ކަމެއް ނޫނެވެ. ކުޑަކުދިންނެކޭ އެއްގޮތަށް ބޮޑެތި ކުދިން ވެސް ސްކޫލަށް ދާން ޖެހިލުންވެދާނެ އެވެ.

މިއީ ބަލިކަށި ކަމެއް ނުވަތަ ފިނޑި ކަމެއް ވެސް ނޫނެވެ. ސްކޫލް މާހައުލަށް ދަރިފުޅު ހޭނުމަށް ވަގުތު ނަގާފާނެ އެވެ. އެހެންކަމުން ފުރަތަމަ ޖެހިލުން ވުމަކީ މަައްސަލައެއް ނޫނެވެ. ދަރިފުޅު ބިރުގަނެ، ޖެހިލުންވުމުން އެކަން ބަލައިގަނެ، އެ އިހްސާސްތައް ދެނެގަންނަ ނަމަ، ބޭނުންވާ ކަހަލަ ސަޕޯޓާއި އިތުބާރު ކުއްޖާއަށް ލިބެ އެވެ. ދަރިފުޅަށް ވިލުންވެރިވާން ދަސްވެ އެވެ.

ހަގު ކުދިންނެކޭ އެއްވަރަށް ދޮށީ އުމުރުގެ ކުދިން ވެސް ސްކޫލަށް ދާން ޖެހިލުން ވެދާނެ (ދައުރު ފޮޓޯ/އިބްރާހިމް އިފާޒް)

4. ސްޓެޕްތަކަށް ބަހާލުން

އަލަށް ސްކޫލަށް ދާ ކުއްޖެއް ނަމަ، އަދި ސްކޫލަށް ދާން ޖެހިލުންވާ ނަމަ، ސްޓެޕްތަކަށް ބަހާލައިގެން ކަަންކަން ކުރިއަށް ގެންދެވިދާނެ އެވެ. މިހާރުވެސް، ގިނަ ސްކޫލްތަކުގެ ސެޝަންތައް އޮތީ އާއްމުކޮށް އޮންނަ ވަރަށް ވުރެ ކުރުކޮށެވެ. ދަރިފުޅު ސްކޫލަށް ދާން ޖެހިލުންވާ ނަމަ، އެއަށް ވުރެ ކުޑަ ވަގުތު ކޮޅަކަށް ގެންދާށެެވެ. އެންމެންނާ އެއްކޮށް ބައްދަލުވެ، ރަހުމަތްތެރިވާން ދަރިފުޅަށް އުނދަގޫ ވެދާނެ އެވެ. އެކަން ވެސް ދަންނާށެވެ. ވަގުތު ދީގެން، މަޑުމަޑުން ދަރިފުޅު ސްކޫލަށް ހާނުވަމުން ގެންދާށެވެ.

5. ނިދަން ފޯކަސްކުރޭ

ނިދުމަކީ ދަރިފުޅުގެ މޫޑާއި އެކެޑެމިކް ޕާފޯމަންސަށް މުހިއްމު އެއްޗެކެވެ. ބަންދު ތެރޭ ލަހުން ނިދުން އާދައަކަށް ވެފައި އޮވެދާނެ އެވެ. އެކަމަކު ސްކޫލް ފެށެން ގާތްވާ ވަރަކަށް މި އާދަ ބަދަލުކުރަން ޖެހެ އެވެ.  ސްކޫލް ހުޅުވެން އޮންނަ ހަފްތާ އާއި ހުޅުވޭ ދުވަހު، އެހެން ހުރިހާ ރެއަކަށް ވުރެ އަވަހަށް ނިދަން އަރަން ދަރިފުޅަށް ހަނދާންކޮށްދޭށެވެ. ފުރާވަރުގެ އުމުރުގެ ކުދިންނަށް އެކުދިން ނިދާ ގަޑި ލަސްކޮށް ހެދިޔަސް، އެއީ ވެސް ނުވަ ގަޑި އިރުގެ ނިދި ބޭނުންވާނެ ކުދިންނެވެ. އެހެންކަމުން އަވަހަށް އޮށޯތުމަކީ ސްކޫލަށް ދާން ތައްޔާރުވުމަށް ކުރެވިދާނެ ކަމެކެވެ.

6. އަމިއްލަ މޫޑަށް ފޯކަސް ކުރޭ

ދަރިންނަށް އިވޭ ހިސާބުގައި ބެލެނިވެރިން ވެސް ދައްކަންވީ ސްކޫލާ ގުޅޭ ގޮތުން ޕޮޒިޓިވް ވާހަކަ (ދައުރު ފޮޓޯ/އިބްރާހިމް އިފާޒް)

މައިންބަފައިންގެ މޫޑުގެ ސަބަބުން ނުވަތަ ކަމަކާ މެދު ދެކޭ ގޮތަކުން އެ އަސަރު ދަރިންނަށް ވަރަށް ފަސޭހައިން ކުރެ އެވެ. ސްކޫލާ ގުޅޭ ގޮތުން ނެގެޓިވް ވާހަކަ ދެއްކުމާ ދުރުވާށެވެ. ސްކޫލާ ގުޅޭ ގޮތުން ދަރިފުޅަށް އަޑުއިވޭ ގޮތަށް ނެގެޓިވް ވާހަކަ ނުދައްކާށެވެ. އަވަހަށް ހޭލަން ޖެހުން، ފޮތުގައި ގަނޑު ލެއްވުން އަދި އާ އަހަރަކަށް ވާ ތައްޔާރިތަކާ މެެދު ދެކެވޭ ވާހަކަތަކާ ގުޅުވައިގެން ނެގެޓިވް އެއްެޗެެއް ނުބުނާށެވެ. އަދި ނެގެޓިވްކޮށް ވާހަކަ ދެއްކޭ ނަމަ ގޭގައި ހުންނަ އެހެން ހަރު މީހެއް ގާތު ސްކުލާ ގުޅޭ ޕޮޒިޓިވް ވާހަކަ ދެއްކުމުގެ ޒިންމާ ހަވާލުކުރާށެވެ.

7. ސްކޫލާ ގުޅޭ ޕޮޒިޓިވް ހިޔާލުތަކެއް

ސްކޫލާ ގުޅޭ ގޮތުން އުފާވެރި ނަޒަރަކުން ދުށުން މުހިއްމު (ދައުރު ފޮޓޯ/ ހުސެން ސުނައިން)

ކަންކަމާ މެދު ނުރުހުމުގެ ލޮލުން ބެލުމުގެ ބަދަލުގައި އުފާވެރި ލޮލަކުން ދުނިޔެ ބަލަން ދަރިފުޅަށް ދަސްކޮށްދެނީ މައިންބަފައިންނެވެ. ކޮންމެ ރެއަކު ނިދަން ދިއުމުގެ ކުރިން ކުރިއަށް އޮތް ދުވަހަކާ މެދު ކުރާ ތިން އުއްމީދެއް ލިޔާށެވެ. ރައްޓެހިންނާ ބައްދަލުކުރުން، ސްކޫލް ނިންމާފައި ކުރާނެ ކޮންމެވެސް ކަމެއް ޕްލޭން ކުރުން، ނުވަތަ އެކީގައި ބޭރަށް ގޮސް އެއްޗެއް ކާލަން ޕްލޭން ހަދާށެވެ. މިފަދަ ޕްލޭން ހަދާ ނަމަ، ސްކޫލާ މެދު ހުރި ނުތަނަވަސް ކަންތައް މެނެޖޭކުރުމަށް ފަސޭހަވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް