ފަސޭހަ ރެސިޕީ: ޗޮކޮލެޓް ސްޕރިންކަލްސް ކޭކް

ރެސިޕީ

ފަސޭހަ ރެސިޕީ: ޗޮކޮލެޓް ސްޕްރިންކަލްސް ކޭކު

6 އޭޕްރީލު 2024

ބޭނުންވާ ތަކެތި

  • 2 ބިސް 

  • ¾ ޖޯޑު ހަކުރު 

  • ½ ޖޯޑު ތެޔޮ 

  • 1 ޖޯޑު ފުށް (ފުރާނާފައި) 

  • 1 މޭޒުމަތީ ސަމުސާ ބޭކިން ޕައުޑަރު

  • 4 މޭޒުމަތީ ސަމުސާ ކޮކޯ ޕައުޑަރު

  • 2 އިނގިލިން ހިފޭވަރުގެ ލޮނުކޮޅެއް 

  • 1 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް 

  • 4 މޭޒުމަތީ ސަމުސާ ކިރު 

  • 100ގ ޗޮކްލެޓް ޗިޕްސް 

  • 50ގ ޗޮކްލެޓް ސްޕްރިންކަލްސް 

ބޭނުންވާ ތަކެތި (ޗޮކްލެޓް ސިރަޕް)

  • 200ގ ޗޮކޮލެޓް ހޫނުކޮށް ދިޔާކޮށްފައި (ބޭނުން ވައްތަރެއްގެ) 

  • 2 މޭޒުމަތީ ސަމުސާ ކޮކޯ ޕައުޑަރު

  • 1 މޭޒުމަތީ ސަމުސާ ކޯން ފްލާ

  • 1 ޖޯޑު ހަކުރު 

  • 1 ޖޯޑު ކިރު 

ތައްޔާރުކުރާނެ ގޮތް

ޗޮކޮލެޓް ސިރަޕް ހެދުމަށްޓަކައި ހޯދި ހުރިހާ އެއްޗެއް އެއްކޮށްލާށެވެ. އަދި ކުޑަ ތެއްޔެއްގައި މަޑު ގިނީގައި 8-10 މިނެޓް ވަންދެން ކައްކާލާށެވެ. 

އިލެކްޓްރިކް މިކްސަރަކުން ބިސް ރަނގަޅަށް ގިރާލާށެވެ. އެއަށް ފަހު މަދު އެތިކޮޅަކުން ހަކުރު އަޅަމުން ގިރަމުން ގެންދާށެވެ. ކްރީމް ވަންދެން އެއްކުރުމަށް ފަހު އޭގެ ތެރެއަށް ތެޔޮ އަޅާށެވެ. ދެ މިނެޓް ވަރު އެއްކޮށްލުމަށް ފަހު ލޮނުކޮޅާއި ވެނިލާ އެސެންސް އަޅާފައި ސަމުސަލުން އެއްކޮށްލާށެވެ. ދެން ކިރުކޮޅު އަޅާލުމަށް ފަހު ސަމުސަލުން މަޑުމަޑުން ގިރާލާށެވެ.

ވަކި ބޯތައްޓެއްގައި ފުށާއި ބޭކިން ޕައުޑަރާއި ކޮކޯ ޕައުޑަރު ރަނގަޅަށް އެއްކޮށްލާށެވެ. އެއަށް ފަހު ކުރިން މިކްސްކުރި އެއްޗަށް އަޅައި އެއްކޮށްލާށެވެ. އަދި ޗޮކްލެޓް ޗިޕްކޮޅު އަޅާފައި އެއްކޮށްލާށެވެ. ޓްރޭއަކަށް އަޅާލުމަށް ފަހު ދެން އަވަނުގައި 25 ނުވަތަ 30 މިނެޓް ވަންދެން 170 ޑިގްރީގައި ފިހެލާށެވެ. 

ކޭކް ފިހެވުމުން ކޭކްގެ އެކި ހިސާބުގައި ލޯވަޅު އެޅުމަށް އުލެއް ހަރާލާށެވެ. އެއަށް ފަހު އޭގެ މައްޗަށް ސިރަޕް އަޅާފައި ކޭކްގެ މައްޗަށް ސްޕްރިންކަލްސް އަޅާށެވެ. އަދި ފްރިޖުގައި 2-3 ގަޑިއިރު ބަހައްޓާށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް