ފަސޭހަ ރެސިޕީ: ޕޮޓޭޓޯ ރޯލްސް

ރެސިޕީ

ފަސޭހަ ރެސިޕީ: ޕޮޓޭޓޯ ރޯލްސް

5 އޭޕްރީލު 2024

ބޭނުންވާ ތަކެތި

  • 3 އަލުވި (ބޯކޮށް ފޮތިކޮށްފައި) 

  • 1 ފިޔާ (ކުދިކޮށް ކޮށާފައި) 

  • 1 ބެލް ޕެޕާ (ރަތް، ކުދިކޮށް ކޮށާފައި) 

  • 3 މޭޒުމަތީ ސަމުސާ ތެޔޮ 

  • 100ގ ޗީޒް (ގާނާފައި) 

  • 1 މޭޒުމަތީ ސަމުސާ ގްރީން އަނިއަން 

  • ރަހަލާ ވަރަށް ލޮނު 

  • ރަހަލާ ވަރަށް އަސޭމިރުސް 

  • 5 ބިސް 

  • ½ ސައިސަމުސާ ހަކުރު 

  • 500ml ކިރު 

  • 250ގ ފުށް 

  • ފާރޮށި ކުނޑި 

  • ފެން 

ތައްޔާރުކުރާނެ ގޮތް

އަލުވިތައް މަޑުވަންދެން ފެނު ކައްކާލާށެވެ. އެއަށް ފަހު އަލުވިތައް މޭޝް ކޮށްލާށެވެ. ތަވާއެއްގައި ތެޔޮ ފޮދެއް ހޫނުކޮށްލާށެވެ. އަދި ފިޔާކޮޅު މީރުކޮށްލާށެވެ. ފިޔާކޮޅު ރަތްވުމުން ބެލް ޕެޕާ އަޅާފައި ތިން މިނެޓް ވަންދެން ކައްކާލާށެވެ. އެއަށް ފަހު މޭޝްކުރި އަލުވި ތެރެއަށް މީރުކުރި އެއްޗަހި އަޅާލާށެވެ. އަދި ޗީޒް އާއި ގްރީން އަނިއަން ވެސް އަޅާށެވެ. އަސޭމިރުހާއި ލޮނު އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ.

އެހެން ބޯތައްޓެއްގައި ދެ ބިހާއި ހަކުރު އެއްކޮށްލާށެވެ. އަދި އޭގެތެރެއަށް ފުށާއި ކިރު އަޅާފައި އެއްކޮށްލާށެވެ. އަދި  މޭޒުމަތީ ސަމުސަލެއްގެ ތެޔޮ އަޅާފައި އަނެއްކާވެސް އެއްކޮށްލާށެވެ.

ތަވާއެއްގައި ތެޔޮ ފޮދެއް ހޫނުކޮށްލުމަށް ފަހު މިކްސްކުރި ކިރު ތަށިން ފޮޅި ފިހެލާށެވެ. ކޮންމެ ފޮޅިއަކަށް އަލުވި މިކްސްއިން 3-4 ސަމުސާހާ އަލުވި ލާފައި ބިސް ކީމިޔާ ހަދާހެން ބައްދާލާށެވެ.

ތައްޓެއްގައި ތިން ބިހާއި ދެ ސަމުސާ ފުށް އެއްކޮށްލާށެވެ. އަދި ރޯލްސްތައް އެއަށް ލާފައި ފާރޮށި ކުނޑި އުނގުޅާށެވެ. އަދި ތެޔޮ ފޮދެއްގައި ފްރައި ކޮށްލާށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް