އެކްޓްރެސް މާގޯ ރޮބީ 30 ވަނަ ސްކްރީން އެކްޓާޒް ގިލްޑް އެވޯޑްސް ހަފްލާގައި

ފެޝަން

ސެގް އެވޯޑް ހަފްލާގެ ރަތް ދޫލަ މަތިން ތަރިންގެ ފެޝަން

އެކި ޒާތުގެ ޒަމާނީ ހެދުންތަކުން ފެށިގެން އިހުގެ ހިތްގައިމު ޑިޒައިންތައް ތަރިން ދައްކާލި
26 ފެބްރުއަރީ 2024

ލޮސް އެންޖެލިސްގައި ހޮނިހިރު ދުވަހުގެ ރޭ ބޭއްވި 30 ވަނަ އަހަރީ ސްކްރީން އެކްޓާސް ގިލްޑް (ސެގް) އެވޯޑްސްގެ ރަތް ދޫލަ މަތިން ހޮލީވުޑްގެ ބޮޑެތި ތަރިން އެމީހުންގެ ހިތްގައިމު ފެޝަނާ އެކު ފެނުނެވެ. 

އެންމެ ބޮޑު އެވޯޑް ހަފްލާ އޮސްކާޒްއަށް މިހާރު އޮތީ މަދު ދުވަސްކޮޅެކެވެ. ސްކްރީން އެކްޓާސް ގިލްޑް އެވޯޑް ހަފްލާ އަކީ އޮސްކާޒްގެ ކުރިން ބާއްވާ އެންމެ ފަހު އެވޯޑް ހަފްލާ އެވެ. 

ފިލްމީ ދާއިރާގެ އެންމެ ބޮޑެތި ތަރިން ތައްޔާރު ކުރާ ސްޓައިލިސްޓުންނާއި މޭކަޕް އާޓިސްޓުން އަންނަނީ އަވަދިނެތި ތަރިން އެވޯޑް ހަފްލާތަކަށް ތައްޔާރު ކުރަމުންނެވެ.

ފުރަތަމަ ފަހަރަށް ނެޓްފްލިކްސް އިން ވަގުތުން ސްޓްރީމް ކުރި މިފަހަރުގެ ސެގް އެވޯޑް ހަފްލާގައި ގިނަ ތަރިންގެ ފެޝަން ވަރަށް ޗާލެވެ. ރަތް ދޫލަ މަތިން މާގޯ ރޮބީ، ޖެރެމީ އެލެން ވައިޓް، އަލީ ވޮންގް، ކިލިއަން މާފީ، އެމާ ސްޓޯން، ރަޔަން ގޮސްލިން އަދި ޕެޑްރޯ ޕަސްކަލް ފަދަ ބޮޑެތި ތަރިން ފެނުނެވެ. އަދި ފާހަގަކޮށްލެވޭ ގިނަ ހެދުންތަކެއް ވެސް ފެނިގެން ދިޔަ އެވެ.

އެކި ޒާތުގެ ޒަމާނީ ހެދުންތަކުން ފެށިގެން އިހުގެ ހިތްގައިމު ޑިޒައިންތައް ތަރިން ދައްކާލި އެވެ. މަޑު ކުލަތަކާއި ގަދަ ކުލަތަކުގެ ހެދުން ވެސް ފާހަގަވި އެވެ. ވިދާލީ އަންހެން ތަރިންގެ ފެޝަން އެކަންޏެއް ނޫނެވެ. ފިރިހެން ތަރިން ވެސް ވަރަށް ހިތްގައިމު ކުލަތަކުން ޒަމާނީ ފިރިހެންވަންތަ ސޫޓު ލައިގެން ތިއްބާ ފެނުނެވެ.

އެންމެ ހިތްގައިމު ހެދުން ލައިގެން ތިބި އަންހެން ތަރިންގެ ތެރެއިން އެންމެ ފުރަތަމަ ފާހަގަ ކޮށްލަން ބޭނުންވަނީ އެކްޓްރެސް ކެރީ މަލިގަން އެވެ. އޭނާގެ މަޑު ރަން ކުލައިގެ ދިގު ހެދުން ފަރުމާކޮށްފައިވަނީ އަރްމާނީ ޕްރީވޭ އިންނެވެ. އެއީ ޖޯޖިއޯ އަރްމާނީގެ 'އޯޓް ކުޗުއާ' ބްރޭންޑެކެވެ.

އެކްޓްރެސް ކެރީ މަލިގަން ސެގް އެވޯޑް ހަފްލާގައި

ކެރީ މަލިގަން ހަފްލާގައި ދިން އިންޓަވިއުއެއްގައި ބުނިގޮތުގައި މިއީ އެންމެ ފަހު ވަގުތު ނެގި ހެދުމެކެވެ. ކެރީގެ މި ހިތްގައިމު ހެދުން ހީވަނީ އޭނާގެ ގައިގައި އޮޅާލައިފައި އޮތް މަޑު ރިހި ކުލައިގެ ފެންފޮދެއް ހެނެވެ.

ދެން ފާހަގަ ކޮށްލަން ބޭނުންވަނީ އެކްޓްރެސް ޑެވައިން ޖޯއި ރެންޑޮލްފްގެ މަޑު ކްރީމް ހެދުމެވެ. އޭނާގެ އިސްކޮޅާއި ރޫފައާ ގުޅޭ ގޮތަށް ފަރުމާކޮށްފައިވާ އެ ހެދުމަކީ މިކަހަލަ ހަފްލާއަކާ ގުޅޭ ސްޓައިލެކެވެ. އަދި އެއީ އޭނާއާ އެއް ބައްޓަމެއްގެ މީހުންނަށް ހިތްގައިމުކޮށް ހެދުން ފަރުމާ ކޮށް ސްޓައިލް ކޮށްލެވޭނެކަން ދައްކައިދޭ މިސާލެއް ވެސް މެ އެވެ.

އެކްޓްރެސް ޑެވައިން ޖޯއި ރެންޑޮލްފް
އެކްޓްރެސް އެމާ ސްޓޯން ލައިގެން ހުރި ރިހި ދިގު ހެދުން
އެކްޓްރެސް މާގޯ ރޮބީގެ ސްކިއަޕަރެއްލީ ބްރޭންޑުގެ ހެދުން
އެކްޓްރެސް ބްރީ ލާސަން ލައިގެން ހުރީ ވަސަޗޭ ބްރޭންޑުގެ ހެދުމެއް
އެކްޓްރެސް ޕެނެލޮޕީ ކްރޫޒް ލައިގެން ހުރި އޯފް ޝޯލްޑާ ހެދުން
މެޑީ ޒީގްްލާ ލައިގެން ހުރީ އެލެގްޒެންޑާ މެކްކުއީންގެ ވިންޓެޖު ހެދުމެއް
އެކްޓްރެސް އެލިޒަބެތު ޑެބިކީ ލައިގެން ހުރީ ޖޯޖިއޯ އަރްމާނީ ބްރޭންޑުގެ ހެދުމެއް
އެކްޓްރެސް އިސާ ރެއި
އެކްޓްރެސް ރޭޗަލް ބްރޮސްނަހަން
އެކްޓްރެސް އަރިއާނާ ގްރީންބްލަޓް

ފިރިހެން ތަރިންގެ ތެރެއިން ޕެޑްރޯ ޕެސްކަލްގެ ސާދާ އަދި ޒަމާނީ ހެދުން ވަރަށް ތަފާތެވެ. ސޫޓެއް ލުމުގެ ބަދަލުގައި އޭނާ ހުރީ ހިތްގައިމު ގޮތަކަށް ސްޓައިލް ކޮށްފައިވާ ހުދު ގަމީހަކާއި ކަޅު ފަޓުލޫނެއްގަ އެވެ. މި ސްޓައިލް އޭނާގެ ސިފަ އާއި ރޫފައާ ވަރަށް ގުޅެ އެވެ.

އެކްޓަރު ޕެޑްރޯ ޕެސްކަލް

'އޮޕެންހައިމާ'ގެ ބަތަލް ކިލިއަން މާފީ އަކީ މިފަހަރު އެންމެ ރީތިކޮށް ހެދުން އެޅި ތަރިންގެ ތެރެއިން އެކަކެވެ. 'ޕިންސްޓްރައިޕް' ސޫޓެއް މިކަހަލަ ހަފްލާއަކަށް ލާނެ ގޮތް އޭނާ ދައްކައިދިނެވެ. އޭނާގެ ގަދަ ނޫ ކުލައިގެ ސޫޓާ އެކު ގުޅުވާފައި ހުރީ ހުދު ގަމީހަކާއި ޓައިއެކެވެ.

އެކްޓަރު ކިލިއަން މާފީ

'ދަ ބެއާ'ގެ ތަރި އަދި ކެލްވިން ކްލެއިންގެ އެންމެ ފަހުގެ އިޝްތިހާރުން ފެނުނު ޖެރެމީ އެލެން ވައިޓްގެ ސޫޓު އޭނާއާ ވަރަށް ގުޅެ އެވެ. އޭނާގެ ހަންގަނޑާއި ލޮލުގެ ކުލަ އަދި އިސްތަށިގަނޑާ ގުޅުވާލައިގެން ބޭނުންކޮށްފައިވަނީ އޯފް ވައިޓް ކުލައިގެ ސޫޓެކެވެ. އަދި އެތެރޭން ހުދު ގަމީހެއް ލައި މޭގައި ޖަހާ ދައްޗެއް ވަރަށް ސާދާކޮށް ގުޅުވާލައިފައި ހުއްޓެވެ. 

ދެ ވައްތަރެއްގެ ހުދު ކުލައެއް ހިތްގައިމު ގޮތަކަށް ގުޅުވާލެވޭނެކަން އޭނާގެ މި ލުކް އިން ދައްކުވާދިނެވެ.

އެކްޓަރު ޖެރެމީ އެލެން ވައިޓް
އެކްޓަރު ޓައިލާ ޖޭމްސް ވިލިއަމްސް
އެކްޓަރު ކޮލްމަން ޑޮމިންގޯ

އިތުރު އާޓިކަލް

އިތުރު އާޓިކަލް