އިންޑިއާ މީހަކު ކޮޓަން ކެންޑީ ހަދާ ޕެކްކުރަނީ

ކެންސަރު

އިންޑިއާގައި ކޮޓަން ކެންޑީ ވިއްކުން މަނާކުރަނީ، ސަބަބަކީ ކެންސަރު ޖައްސާ ކެމިކަލެއް ފެނުން

ޓެމިލް ނާޑޫ ސްޓޭޓުގައި މިހާރު ވަނީ ކޮޓަން ކެންޑީ ވިއްކުން މަނާކޮށްފައި. ވެރިރަށް ދިއްލީ އާއި އެހެން ބައެއް ސްޓޭޓްތަކުން އަންނަނީ މަނާކުރަން ވިސްނަމުން
23 ފެބްރުއަރީ 2024

ކުރާނެ ކަމެއް ނެތެވެ. ކޮންމެ އެއްޗަކާ މެދު ވެސް މި އޮތީ ޝައްކުގެ ނަޒަރަކުން ބަލަން ޖެހިފަ އެވެ.

ކޮޓަން ކެންޑީ ނުވަތަ 'ކަފަ މެޓާ' ނުރައްކަލަކަށް ވެއްޖެކަން އިންޑިއާގެ ބައެއް ސްޓޭޓްތަކުން ނިންމައި، މަނާ ވެސް ކުރަން ފެށީ އެވެ. ކޮޓަން ކެންޑީ ވިއްކުން ފުރަތަމަ މަނާކޮށް، އެކަން ތަންފީޒުކުރަން ފެށީ ޓެމިލް ނާޑޫ ސްޓޭޓްގައި މިދިއަ ހަފުތާގަ އެވެ.

މައްސަލައަކީ އެ ސްޓޭޓްގައި ވިއްކަމުން ދިޔަ ކޮޓަން ކެންޑީތަކެއް ޓެސްޓްކުރި އިރު ކެންސަރު ޖައްސާ މާއްދާއެއް ކަމަށްވާ ރޮޑަމައިން-ބީ ފެނުމެވެ. 

މި މަހު ކުރީކޮޅު އިންޑިއާގެ އެހެން ސަރަހައްދެއް ކަމަށްވާ ފަންޑްޗަރީގައި ވެސް ކޮޓަން ކެންޑީ މަނާކުރި އެވެ. އެހެން ސްޓޭޓްތަކުން މިހާރު ވަނީ ޓެސްޓްތައް ހަދަން ފަށައިފަ އެވެ.

ޓެމިލް ނާޑޫގެ ވެރިރަށް ޗެންނާއީ (ކުރީގެ މެޑްރާސް)ގެ ކާނާގެ ރައްކާތެރިކަމާ ބެހޭ އެންމެ އިސް ވެރިޔާ އެސް. ސަތީޝް ކުރާމު، އިންޑިއަން އެކްސްޕްރެސް ނޫހަށް ވިދާޅުވީ ކޮޓަން ކެންޑީގައި ހިމެނޭ ބައެއް މާއްދާތަކުގެ ސަބަބުން ކެންސަރަށް މަގުފަހިވެދާނެ ކަމަށެވެ. އޭގެ އިތުރުން ހަށިގަނޑުގެ ހުރިހާ ގުނަވަނަކަށް ވެސް ނުރައްކާ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިއަ ހަފުތާގައި އޭނާގެ ޓީމުން ވަނީ އަތިރިމަތީގައި ކޮޓަން ކެންޑީ ވިއްކަމުން ދިޔަ މީހުން ހިފަހައްޓައިފަ އެވެ. ކުމާރު ވިދާޅުވީ އެ ސިޓިގައި ވިއްކާ ކޮޓަން ކެންޑީ ހަދަނީ ވެސް އެ ވިއްކާ މީހުން ކަމަށެވެ. އެއީ ރަޖިސްޓްރީކޮށްފައި ހުންނަ ފެކްޓަރީތަކުގައި ތައްޔާރުކުރާ އެއްޗެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮޓަން ކެންޑީތަކެއް ހިފައިގެން ބަޔަކު ދަނީ: މިއީ ކުޑަކުދިންގެ މެދުގައި މަޝްހޫރު އެއްޗެއް

އޭގެ ދެތިން ދުވަސް ފަހުން ކޮޓަން ކެންޑީ ވިއްކުން މަނާކުރީ ކުމާރުގެ ޓީމުން ޓެސްޓްކުރި ސާމްޕަލްތަކުގައި ރޮޑަމައިން-ބީ ހުރެގެންނެވެ. މިއީ ފޮއްޗާއި ޒީނަތްތެރިވާން ބޭނުންކުރާ އެއްޗެހީގައި ބޭނުންކުރާ ކެމިކަލްއެކެވެ. އެ ބޭނުންކުރުމުން ފިޔާތޮށި ކުލަ ނުކުމެ އެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި މިއީ ކެންސަރު ޖައްސާ ކެމިކަލްއެކެވެ. އެހެންވެ ޔޫރަޕާއި އެމެރިކާގެ ކެލިފޯނިއާގައި ވަނީ އެއްވެސް ކާނާއެއްގައި އެ ބޭނުންކުރުން މަނާކޮށްފަ އެވެ.

އިންޑިއާގެ ވެރިރަށް ދިއްލީގައި ވެސް ކޮޓަން ކެންޑީ މަނާކުރުމުގެ ވިސްނުން ކަމާ ބެހޭ އިދާރާތަކުން ގެންގުޅޭކަމަށް މި ހަފުތާގެ ކުރީކޮޅު ރިޕޯޓްކުރި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް