ޖޯޖީނާ ދުނިޔޭގެ ފުރަތަމަ މަތީ ފަންތީގެ ލެޝާ އެއާލައިން ބިއޯންޑްގައި ކުރި ދަތުރުގެ ފޮޓޯއެއް.

ރޮނާލްޑޯގެ ލޯބިވެރިޔާ ޖޯޖީނާ ބިއޯންޑްގައި ހިނިތުންވެފައި ރާއްޖެއަށް

ދިވެހި ސިމްޑީ ކުންފުންޏާއި ދުބާއީގެ އެރޭބިސް ކުންފުނިން އުފައްދާފައިވާ ބިއޯންޑަކީ ދުނިޔޭގެ އެންމެ ފުރަތަމަ މަތީ ފަންތީގެ ލެޝާ އެއާލައިން
24 ޖެނުއަރީ 2024

މަޝްހޫރު ފުޓުބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ލޯބިވެރިޔާ ޖޯޖީނާ ރޮޑްރިގޭޒް، ރާއްޖެއަށް ނިސްބަތްވާ ދުނިޔޭގެ ފުރަތަމަ މަތީ ފަންތީގެ ލެޝާ އެއާލައިން ބިއޯންޑްގައި ރާއްޖެއަށް ދަތުރު ފަށައިފި އެވެ.

ވީ ކިހިނެއް؟ - ރޭގެ ވަގުތެއްގައި ޖޯޖީނާ ވަނީ ބިއޯންޑްގެ ފްލައިޓެއްގައި ނަގާފައިވާ ވީޑިއޯ އާއި ފޮޓޯތަކެއް އޭނާގެ އަމިއްލަ އެކައުންޓުން ހިއްސާކޮށް، އެ އެއާލައިނަށް ޝުކުރު އަދާކޮށްފަ އެވެ. އަދި ބިއޯންޑުން ވަނީ 'އެންޖޯއީ މޯލްޑިވްސް' ޖަހައި އެ ޕޯސްޓު ހިއްސާކޮށްފަ އެވެ.

މި ދަތުރުގައި ޖޯޖީނާއާ އެކު ރޮނާލްޑޯ އާއި އާއިލާއިން ބައިވެރިވާ ކަމެއް އަދި އެނގިފައެއް ނުވެ އެވެ.

ޖޯޖީނާ ދުނިޔޭގެ ފުރަތަމަ މަތީ ފަންތީގެ ލެޝާ އެއާލައިން ބިއޯންޑްގައި ކުރި ދަތުރުގެ ފޮޓޯއެއް.
ޖޯޖީނާ ދުނިޔޭގެ ފުރަތަމަ މަތީ ފަންތީގެ ލެޝާ އެއާލައިން ބިއޯންޑްގައި ކުރި ދަތުރުގެ ފޮޓޯއެއް.

ބިއޯންޑް

  • ބިއޯންޑަކީ ރާއްޖޭގެ ސިމްޑީ ކުންފުންޏާއި ދުބާއީގެ އެރޭބިސް ކުންފުނި ގުޅިގެން އުފައްދާފައިވާ ދުނިޔޭގެ ފުރަތަމަ މަތީ ފަންތީގެ ލެޝާ އެއާލައިން

  • މިދިޔަ ނޮވެމްބަރުން ފެށިގެން އެ އެއާލައިނުން އަންނަނީ ސައުދީ އަރަބިއްޔާގެ ރިޔާދު، ޖަރުމަނުގެ މިއުނިކް އަދި ސްވިޓްޒަލެންޑްގެ ޒިއުރިކް އާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ކުރަމުން

  • އަންނަ ޖުލައި މަހުގެ ތެރޭގައި އިޓަލީގެ މިލާން އާއި ޔޫއޭއީގެ ދުބާއީއަށް ވެސް ބިއޯންޑުން ދަތުރުކުރަން ފަށާނެ؛ މި ދެ މަންޒިލަށް ވެސް ބިއޯންޑްގެ ވެބްސައިޓް މެދުވެރިކޮށް މިހާރު ބުކިން ހެދޭނެ

  • ބިއޯންޑުގެ ދަތުރުތަކުގައި ބޭނުންކުރަނީ އެއާބަސް އޭ319 މަރުކާގެ ބޯޓެއް؛ ޖުމްލަ 44 މީހުންނަށް ތިބެވޭ ގޮތަށް ގޮނޑިތައް އަތުރާލާފައި ވާއިރު، މިއީ އެންމެ މަތީ ފެންވަރުގެ ސީޓުތަކާ އެކު ހިދުމަތް ދޭ ބޯޓެއް

އިތުރު އާޓިކަލް

އިތުރު އާޓިކަލް