އާޓް

ފޮޓޯ ގެލެރީ - އަފްޒަލް ޝާފިއުގެ 'ނަފްސް'

19 ޑިސެމްބަރު 2023
އަފްޒަލްގެ އެންމެ ފަހުގެ މައުރަޒުން ދައްކައިދެނީ ހަލަބޮލިކަމާއި ނުތަނަވަސްކަމުގެ ތެރޭގައި ހަމަޖެހުމާއި އެއްބައިވަންތަކަން ހޯދުމުގެ ދަތުރެއް

ގައުމީ އާޓް ގެލެރީގައި މި މަހު 11 އިން ފެށިގެން ހުޅުވާލާފައިވާ 'ނަފްސް' އަކީ މަޝްހޫރު އާޓިސްޓު އަފްޒަލް (އަފޫ) ޝާފިއުގެ 56 ވަނަ އަމިއްލަ މައުރަޒެވެ.

އަފްޒަލް މިފަހަރު ދައްކާލަނީ 2020 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް އޭނާ ކޮށްފައިވާ މަސައްކަތްތަކެވެ. މި މައުރަޒުގެ އާޓްވޯކްތަކުގައި އަލިއަޅުވާލަނީ ނަފްސާނީ ދުޅަހެޔޮކަމަށެވެ.

އަފްޒަލް ސިފަކުރާގޮތުގައި 'ނަފްސް' އަކީ އަޅުގަނޑުމެންގެ ސިކުނޑި އާއި ހިޔާލުތަކާއި އަމަލުތަކަށް ބަލައި، ވިސްނުމާއި އެއްބައިވަންތަކަމާއި ނުތަނަވަސްކަމުގެ ތެރޭގައި، އަޅުގަނޑުމެންގެ ނަފްސާއި ވިސްނުމާއި އަމަލުތައް ދެނެގަތުމެވެ. މި މައުރަޒުގައި ދައްކާލާ ކުރެހުންތަކާއި ސްކަލްޕްޗާތަކަކީ މި ކަންތައްތަކަށް އަލިއަޅުވާލާ އުފެއްދުންތަކެކެވެ.

އަފްޒަލް މި މައުރަޒު ތައްޔާރުކޮށްފައިވަނީ ބެލުންތެރިންނަށް ވަރަށް ތަފާތު ތަޖުރިބާއެއް ގެނެސްދޭ ގޮތަށެވެ. 

މައުރަޒު ފުރިހަމައަށް ބަލައި ތަޖުރިބާ ކޮށްލަން، މައުރަޒާ ގުޅުވައިގެން ހާއްސަ މިއުޒިކެއް ވަނީ ހިމަނާފަ އެވެ. އަރްމޭނިއާއަށް ނިސްބަތްވާ މިއުޒިޝަނެއް ކަމަށްވާ ޕްރޮފެސާ ގެވޯގް ޑަބަގްޔަންގެ ކޮމްޕޮޒިޝަނެއް މައުރަޒުގައި ކުޅެމުން ދާނެ އެވެ.

މީގެ އިތުރުން، އަފްޒަލް ތައްޔާރުކޮށްފައިވާ ސްކަލްޕްޗާތައް ފޯނުން ސްކޭން ކޮށްލުމުން ތުރީޑީކޮށް އެނިމޭޓުވެ އެވެ. އަފްޒަލް ބުނިގޮތުގައި ތުރީޑީ އެނިމޭޝަނެއް ނެރެން އެހީތެރިވެދިނީ 'އެންގޮން'ގެ އަލީ ފާރިއު މުހައްމަދު އާއި އިސްމާއިލް އިބާން ޝަރީފް އެވެ.

'ނަފްސް' މައުރަޒު ގައުމީ އާޓް ގެލެރީގައި އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.

އަފްޒަލް ޝާފިއުގެ 'ނަފްސް' މައުރަޒު (ދައުރު ފޮޓޯ/ހުސައިން ސުނޭން)

އަފްޒަލް ޝާފިއު (ވ) 'ނަފްސް' މައުރަޒުގައި އޭނާގެ އަނބިމީހާ އަދި ކުރެހުންތެރިޔާ މަރިޔަމް ހަލީމްއާ އެކު (ދައުރު ފޮޓޯ/ހުސައިން ސުނޭން)
އަފްޒަލް ޝާފިއުގެ 'ނަފްސް' މައުރަޒު (ދައުރު ފޮޓޯ/ހުސައިން ސުނޭން)
އަފްޒަލް ޝާފިއު އޭނާގެ 'ނަފްސް' މައުރަޒުގައި (ދައުރު ފޮޓޯ/ހުސައިން ސުނޭން)

އަފްޒަލް ޝާފިއު (ކ) އޭނާގެ 'ނަފްސް' މައުރަޒުގައި (ދައުރު ފޮޓޯ/ހުސައިން ސުނޭން)
އަފްޒަލް ޝާފިއު އޭނާގެ 'ނަފްސް' މައުރަޒާ ބެހޭގޮތުން ވާހަކަދައްކަނީ (ދައުރު ފޮޓޯ/ހުސައިން ސުނޭން)

އަފްޒަލް ޝާފިއު 'ނަފްސް' މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގެ ބައިވެރިން (ދައުރު ފޮޓޯ/ހުސައިން ސުނޭން)

އިތުރު އާޓިކަލް

އިތުރު އާޓިކަލް