އާޓިސްޓު ލަޔާލްގެ ފުރަތަމަ މައުރަޒު 'އެކެއް' ގައުމީ އާޓް ގެލެރީގައި ދައްކާލަނީ (ފޮޓޯ/ ހުސައިން ސުނޭން)

އާޓް

ލަޔާލް ގަލަމުން ކުރަހާފައިވާ ކުރެހުންތައް ގައުމީ އާޓް ގެލެރީގައި ދައްކާލަނީ

މިއީ ބޯލްޕޮއިންޓު ގަލަން ބޭނުންކޮށްގެން ރާއްޖޭގެ ސަގާފަތާއި ތާރީހުގެ އެކި ކަންތައްތައް ދައްކުވައިދޭ މައުރަޒެއް
28 ނޮވެމްބަރު 2023

މަރިޔަމް ލަޔާލް ނުވަތަ އެންމެން ދަަންނަ ނަމުން ނަމަ 'ލައިލީ' ވަނީ ބޯލްޕޮއިންޓު ގަލަމުން ކުރަހާފައިވާ އޭނާގެ ކުރެހުންތަކަށް ސޯޝަލް މީޑިއާގައި މަގުބޫލުކަން  ހޯދާފަ އެވެ. ލައިލީގެ ފުރަތަމަ ބޮޑު އަމިއްލަ މައުރަޒު 'އެކެއް' އާއްމުންނަށް ހުޅުވާލީ މި މަހު 21ގައި ގައުމީ އާޓް ގެލެރީގަ އެވެ.

ކުރެހުންތެރިޔާ ލަޔާލްގެ ބޯލް ޕޮއިންޓު ކުރެހުންތަކެއް މައުރަޒުގައި ދައްކާލަނީ (ދައުރު ފޮޓޯ/ހުސައިން ސުނޭން)
'އެކެއް' އަކީ ލަޔާލްގެ ފުރަތަމަ ބޮޑު އަމިއްލަ މައުރަޒު (ދައުރު ފޮޓޯ/ހުސައިން ސުނޭން)

އުމުރުން 17 އަހަރުގައި ފުރަތަމަ ފަހަރަށް ބޯލްޕޮއިންޓު ގަލަން ބޭނުންކޮށްގެން ކުރަހަން ފެށި ލައިލީގެ އުފެއްދުންތަކުގައި ހިމެނެނީ ރާއްޖޭގެ ސަގާފަތާއި ތާރީހީ އެކި ތަކެއްޗެވެ. ކުރީގައި ދިވެހިން އާއްމުކޮށް ބޭނުންކުރި ފާނޫޒާއި 1951ގައި ނެރުނު 100 ރުފިޔާގެ ނޫޓު ވަނީ އޭނާގެ ހުނަރުން ދައްކާލައިފަ އެވެ.

ލަޔާލްގެ ކުރެހުންތަކުން ދައްކައިދެނީ ރާއްޖޭގެ ސަގާފީ ތަކެއްޗާއި ދިވެހިންގެ އާދަކާދަ (ދައުރު ފޮޓޯ/ހުސައިން ސުނޭން)
ދިވެހިންނާ ގުޅުން ހުރި އެތަކެއް ކުރެހުން 'އެކެއް' މައުރަޒުގައި ހިމެނޭ (ދައުރު ފޮޓޯ/ހުސައިން ސުނޭން)
'އެކެއް' އަކީ ލަޔާލްގެ ފުރަތަމަ ބޮޑު އަމިއްލަ މައުރަޒު (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ބޮޑު ރަސްމިއްޔާތަކުން ހުޅުވި 'އެކެއް' މައުރަޒުގައި ދައްކާލަނީ ދިވެހިންގެ ދިރިއުޅުމުގެ އާދަކާދައިގެ ރީތިކަމާއި، އަޅުގަނޑުމެންގެ ތާރީޚީ އާސާރީ ތަކެއްޗާއި، ދިވެހިވަންތަކަމަށް ނުފޫޒު ކުރާ އެކި އެއްޗިއްސެވެ. ކަޅު ކުލައިގެ ބޯލް ޕޮއިންޓު ގަލަން ބޭނުންކޮށްގެން އޭނާ ވަނީ އިހުގެ ބަނޑަހަގެ، މިހާރު އުވިފައިވާ ދިގުލާރި ނުވަތަ އިހު ޒަމާނުގައި ދިވެހިން ބޭނުންކޮށް އުޅުނު ފަހާ ފޮށި އަދި އިސްތިރި ފަދަ ތަކެތި ކުރަހައިފަ އެވެ.

'އެކެއް' މައުރަޒުގެ ކުރެހުންތައް ބަލަނީ: މިއީ ރީތި ކުރެހުންތަކެއް ދައްކައިދޭ މައުރަޒެއް (ދައުރު ފޮޓޯ/ހުސައިން ސުނޭން)
'އެކެއް' މައުރަޒު އާއްމުންނަށް ހުޅުވާލީ 21 ނޮވެމްބަރުގައި (ދައުރު ފޮޓޯ/ހުސައިން ސުނޭން)
(ދައުރު ފޮޓޯ/ހުސައިން ސުނޭން)

"އަޅުގަނޑު ބޮޑުވީ ޒަމާންވީ ތަކެތި ހިމާޔަތްކުރުމަށް ހާއްސަ އަހައްމިއްޔަތެއް ދޭ އާއިލާއަކާ އެކު. އެހެންވީމާ، މި މައުރަޒުގައި އަޅުގަނޑު ދައްކާލަން ހިޔާރުކުރީ ދިވެހި ސަގާފަތް ރަމްޒުކޮށްދޭ ތަފާތު އާސާރީ ތަކެތި. މި މައުރަޒު ފުރިހަމައަށް ބާއްވަން އަޅުގަނޑުގެ އާއިލާގެ ފަރާތުން އެހީތެރިކަމާއި ހިތްވަރު ވަރަށް ބޮޑަށް ލިބުނު،" ލަޔާލް ބުންޏެވެ.

ލައިލީގެ ކުރެހުންތައް ފުރިހަމަވެފައި ރީތި (ދައުރު ފޮޓޯ/ހުސައިން ސުނޭން)
އާޓިސްޓު ލަޔާލްގެ އޭނާގެ ފުރަތަމަ މައުރަޒު 'އެކެއް' ހުޅުވައިދެމުން ވާހަކަ ދައްކަނީ (ދައުރު ފޮޓޯ/ހުސައިން ސުނޭން)
މައުރަޒުގައި ދިވެހި ސަގާފީ އާދަކާދަތައް ދައްކުވައިދޭ ކަންކަމުގެ ކުރެހުންތައް ހުރި (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ލަޔާލްގެ ހުނަރު ދައްކައިދޭން ބޭނުންކުރަނީ ބޯލް ޕޮއިންޓު ގަލަމެވެ. ކުރެހުންތެރިއެއްގެ ގޮތުގައި ލައިލީއަށް އެންމެ ކަމުދިޔަ އެއް މީޑިއަމްއަކީ ބޯލް ޕޮއިންޓު ގަލަން ކަމަށް އޭނާ ބުންޏެވެ. އޭނާ ގަބޫލުކުރާ ގޮތުގައި އޭނާގެ ފަންނުވެރި ހުނަރާއި ދައްކައިދޭން ބޭނުންވާ ތަސްވީރުތައް، ތަފްސީލާ އެކު ކުރަހަން އޭނާއަށް އެންމެ ކަމުދަނީ ބޯލް ޕޮއިންޓު ގަލަމެވެ. އެއީ އަމިއްލަ ހިތްހަމަޖެހުމެއް ވެސް ލިބޭ ކަމެއް ކަމަށް ބުންޏެވެ. އެގޮތުން އޭނާ ބޭނުންކޮށް، ދެލި ހުސްވެފައި ހުރި އޮރެންޖު ކުލައިގެ ބޯލް ޕޮއިންޓު ގަލަންތައް ވަރަށް ފަރުވާތެރިކަމާ އެކު ފްރޭމުކޮށް މައުރަޒުގައި ދައްކާ ވެސް ލި އެވެ.

މައުރަޒު ހުޅުވައިދެއްވީ އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް (ދައުރު ފޮޓޯ/ހުސައިން ސުނައިން)
މިނިސްޓަ އޮފް ދިވެހި ލޭންގުއެޖް، ކަލްޗާ އެންޑް ހެރިޓޭޖު އާދަމް ނަސީރު ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/ހުސައިން ސުނޭން)
ކުރީގެ ރައީސް ނަޝީދު، 'އެކެއް' މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަނީ (ދައުރު ފޮޓޯ/ހުސައިން ސުނޭން)

'އެކެއް' މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި އެވެ. އެގޮތުން މައުރަޒު ހުޅުވުމުގައި އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް އާއި މިނިސްޓަ އޮފް ދިވެހި ލޭންގުއެޖް، ކަލްޗާ އެންޑް ހެރިޓޭޖު އާދަމް ނަސީރު އިބްރާހިމް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގަތެވެ. މީގެ އިތުރުން ނޭޝަނަލް ސެންޓާ ފޮ ދަ އާޓްސްގެ އިސް ވެރިންނާއި ރާއްޖޭގެ ފުންނާބު އުސް އާޓިސްޓުން ވެސް ރަސްމިއްޔާތުގައި ބައިވެރިވި އެވެ.

އިހުގެ ލާރި ފޮތި ކުރަހާފައި (ދައުރު ފޮޓޯ/ހުސައިން ސުނޭން)
ލަޔާލްގެ ފުރަތަމަ މައުރަޒު 'އެކެއް' ގައުމީ އާޓް ގެލެރީގައި ދައްކާލަނީ (ދައުރު ފޮޓޯ/ހުސައިން ސުނޭން)
މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވި (ދައުރު ފޮޓޯ/ހުސައިން ސުނޭން)
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން މިނިސްޓަ އޮފް ދިވެހި ލޭންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖް އާދަމް ނަސީރު މައުރަޒުގައި (ދައުރު ފޮޓޯ/ހުސައިން ސުނޭން)

'އެކެއް' ގައުމީ އާޓް ގެލެރީގައި ކުރިއަށްދާނީ 1 ޑިސެމްބަރުގެ ނިޔަލަށެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް