އަލީ ރަމީޒު (ފޮޓޯ/އަލީ ރަމީޒުގެ ފޭސްބުކް ޕޭޖު)
އަލީ ރަމީޒުގެ ޓަޗް އަދިވެސް އެބަހުރި
ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ ރަމީޒު މިއަދު މެންދުރުފަހު ފޭސްބުކްގައި ޕޯސްޓްކުރީ އޭނާ މަދަހައެއް ކިޔާލާ ވީޑިއޯކޮޅެކެވެ. ވީޑިއޯއާ އެކު އޭނާ ލިޔެފައިވަނީ މިހެންނެވެ: "އަދިވެސް ޓަޗް ހުރިތޯ ބަލާލީ" އެވެެ.
ފޭސްބުކްގައި 138،000 ފޮލޮވަރުން ތިބި އަލީ ރަމީޒު އޭނާގެ ހިތްގައިމު އަޑުން ކިޔާލި 'ތިޔައޭ ރަސޫލަކީ' އަކީ މަދަހަ ސަނާގެ ތެރެއިން ދިވެހިން ފަރިތަވެފައިވާ މަދަހަ އެކެވެ. އަލީ ރަމީޒް 2000 ވަނަ އަހަރު ނެރުނު 'ވިނަވި' އަލްބަމްގައި ހިމެނޭ މި މަދަހައިގެ ޅެން ހަދާފައިވަނީ އާދަމް ހަލީމް އަދުނާން އެވެ.
މިހާރު ލަވަޔާއި މިއުޒިކާ ދުރުގައި އުޅޭ އަލީ ރަމީޒު މި ވިޑީއޯކޮޅު ޝާއިއުކުރުމާ އެކު ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެތައް ހާސް ބަޔަކު ވީޑިއޯ ބަލައި ތައުރީފުގެ ބަސްތައް އޭނާއަށް އޮއްސާލި އެވެ.
"مشاء الله! ކުރިން ވެސް މިހާރު ވެސް ތިވަރުގެ ރަން އަޑެއް އަދި މި ރާއްޖޭގައި އުފެދިފައެއް ނެތް. ރާއްޖޭގެ ރަން އަޑުގެ ވެރިޔާ،" އެކަކު ލިޔުނެވެ.
އަނެކަކު ގައިން ހީބިހި ނަގައިގެން ގޮސްފައިވާ ކަމަށް ކޮމެންޓް ކުރި އެވެ. އެހެން މީހަކު ލިޔެފައިވަނި ހަނދާނަށް އަންނަނީ 2000-2001 ވަނަ އަހަރުގެ ރޯދަމަސް ކަމުގަ އެވެ.
އިތުރު މީހަކު އުއްމީދާ އެކު ބުނީ މިފަދަ އިތުރު މަދަހަތަކެއް އަލީ ރަމީޒްގެ އަޑުން އިވޭނެ ކަމަށް އިންތިޒާރުކުރާ ވާހަކަ އެވެ.
މި އެންމެންނަށް އުފާވެރި ހަބަރެއް ދެމުން އަލީ ރަމިޒު ބުނިގޮތުގައި މި މަދަހައިގެ ސުޓޫޑިއޯ ރެކޯޑް ވާޝަން ވަރަށް އަވަހަށް ރެކޯޑް ކޮށްފައި ނެރޭނެ އެވެ.
އަލީ ރަމީޒް މިއުޒިކާ ދުރުވި ކަމުގައިވިޔަސް އަދިވެސް އޭނާ އަކީ ދިވެހިންގެ ތެރެއިން ގިނަ ބަޔަކަށް އެންމެ ކަމުދާ ލަވަކިޔުންތެރިޔާ އެވެ. ހާއްސަކޮށް އޭނާގެ ލޯބީގެ ލަވަތައް މީހުންނަށް ކަމުދެ އެވެ.
އޭނާ މިހާރު އާއްމުނަށް ބޮޑަށް ފެންނަނީ ދީނީ ޕްރޮގްރާމްތައް ހުށެހެޅުމާއި ދީނީ ގޮތުން މީހުން ހޭލުންތެރިކުރުމުގެ މަސައްކަތުގައި އުޅޭ ތަނެވެ.
ނަމަވެސް އަލީ ރަމީޒުގެ ލަވަކިޔުމުގެ "ޓަޗް" އަދިވެސް ނުގެއްލެ އެވެ. ދިވެހިން ތިބީ އޭނާގެ އަޑު އަހާ ހިތުންނެވެ.
ކޮމެންޓް (5)
ބީލް77
ާައަލިބެ
ޑިމޮކްރަސި
ތުކި
ސިރާޖު