އިޝްތިހާރު

މިސް ޔުނިވާސްގެ ތާޖު މިފަހަރު ލިބުނީ މިސް ނިކަރާގުއާއަށް

ލިވިން

މިސް ޔުނިވާސްގެ ތާޖު މިސް ނިކަރާގުއާއަށް

މި އަހަރުގެ މިސް ޔުނިވާސް މުބާރާތް ތާރީހުގެ ތެރެއަށް ތަފާތު ސަބަބުތަކާ ހެދި ވަނީ ވަދެގެން ގޮސްފައި
19 ނޮވެމްބަރު 2023

މިސް ޔުނިވާސް 2023ގެ ތާޖު މިސް ނިކަރާގުއާ ޝެއިނިސް ޕަލަސިއޯސްއަށް ދީފި އެވެ.

މި އަހަރުގެ ފުރަތަމަ ރަނާރަޕްކަން ލިބުނީ ތައިލޭންޑްގެ އެންޓޯނިއާ ޕޯސްލިޑް އަށެވެ. ދެވަނަ ރަނާރަޕް އަކީ އޮސްޓްރޭލިއާގެ މޮރާޔާ ވިލަސަން އެވެ.

މި އަހަރުގެ މިސް ޔުނީވާސްގެ ތާޖު ހޯދުމަށް 84 ގައުމަކުން ވާދަކޮށްފައިވެ އެވެ.

މިސް ޔުނިވާސްގެ ތާޖު ހޯދި މިސް ނިކަރާގުއާ ޝެއިނިސް ޕަލަސިއޯސް، (ވ) އަދި ފައިނަލިސްޓުން ކަމަށްވާ މިސް އޮސްޓްރޭލިއާ މޮރާޔާ ވިލްސަން (މ) އަދި މިސް ތައިލެންޑް އެންޓޯނިއާ ޕޯސިލްޑް ޕޯޒް

އެލް ސެލްވެޑޯގެ ވެރިރަށް ސޭން ސެލްވެޑޯގައި އިއްޔެ ބޭއްވި މި ރަސްމިއްޔާތުގެ ކުރިން، 20 ގައުމެއް ވަނީ ޝޯޓްލިސްޓް ވެފަ އެވެ. އެއަށް ފަހު ސުވިމިން ސޫޓް ރައުންޑުން 10 ބައިވެރިން އަލުން ޝޯޓްލިސްޓް ކުރި އެވެ. ދެން ކުރިއަށް ގެންދިޔައީ އީވްނިން ވެއާ ރައުންޑެވެ.

މިސް ޔުނިވާސްގެ ތާޖު މިފަހަރު ހޯދީ މިސް ނިކަރާގުއާގެ ޝެއިނިން ޕަލާސިއޯސް

މިއީ މި މުބާރާތް ބޭއްވި 72 ވަނަ އަަހަރެވެ. މި އަހަރުގެ މިސް ޔުނިވާސް އެހެން އަަހަރުތަކާ ތަފާތެވެ. އެގޮތުން ޕްލައިސް ސައިޒްގެ ބައިވެރިޔަކު ވަނީ މި މުބާރާތުގައި ފުރަތަމަ ފަހަރަށް ސެމީ ފައިނަލްއާ ހިސާބަށް ގޮސްފަ އެވެ. އެއީ މިސް ނޭޕާލްގެ ގޮތުގައި މުބާރާތުގައި ވާދަކުރި ޖޭން ދިޕިކާ ގެރެޓް އެވެ.

މިސް ޔުނިވާސްގައި މިފަހަރު ވާދަ ކުރި މިސް ނޭޕާލް އަކީ މި މުބާރާތުގައި ސެމީ ފައިނަލާ ހިސާބަށް ދިޔަ ޕްލަސް ސައިޒްގެ ފުރަތަމަ ބައިވެރިޔާ

ސުވިމިން ސޫޓް ރައުންޑްގައި މިސް ޕާކިސްތާން އެރީކާ ރޮބިން ވާދަ ކުރީ ބުރްކިނީއެއް ލައިގެންނެވެ. އޭނާ އަކީ ކްރިސްޓިއަނެކެވެ.

މިސް ޔުނިވާސް މުބާރާތުގައި ބައިވެރިވި ޕާކިސްތާނުގެ އެރީކާ ރޮބިން

މިސް ޔުނިވާސްގެ ތާރީހުގެ ތެރެއިން ހާއްސަ ޖާގައެއް ހޯދި އަނެއް ބައިވެރިޔަކީ މިސް ކޮލޮމްބިއާ ކެމީލާ އަވޭލާ އެވެ. އޭނާއަކީ ކައިވެނިކޮށް ދަރިޔަކު ހުންނަ މީހަކަށް މިސް ޔުނިވާސްގެ ޝަރަފުވެރި ވަަނައެއް ލިބުނު ފުރަތަމަ ބައިވެރިޔާ އެވެ. އޭނާ ހޯދީ މުބާރާތުން ފަސްވަނަ އެވެ.

މިސް ޔުނިވާސް 2023 ގައި ވާދަ ކުރި މިސް ކޮލޮމްބިއާ

 ކެމީލާގެ އިތުރުން، މި މުބާރާތުގައި ވާދަކުރި މިސް ގުއާޓަމާލާ އަކީ ވެސް މައެކެވެ.

މިސް ޔުނިވާސްގެ ގަދަ ދިހައިގައި ހިމެނުނު އެތީނިއާ ޕެރޭޒްއަކީ ސްޕެއިނުން ނެރުނު ކަޅު ނަސްލަށް ނިސްބަތްވާ މީހެކެވެ.

މިސް ޔުނިވާސް 2023 ގައި ވާދަ ކުރި މިސް ސްޕެއިން އެންތިއާ ޕެރޭޒް 

މިއަހަރުގެ ޖަޖިން ޕެނެލްގައި މޮޑެލް ހަލީމާ އާޑެން އާއި ޓިކްޓޮކް އިންފުލުއެންސަރުން އަދި ކުރީގެ މިސް ޔުނިވާސްކަން ހޯދާފައިވާ މީހުން ހިމެނެ އެވެ.

އިޝްތިހާރު

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް