
އޮސްޓްރޭލިއާގެ ސިޑްނީގައި ބޭއްވި އެއްވުމެއްގައި ކުޑަކުއްޖަކު ފަލަސްތީނުގެ ދިދަ ހިފައިގެން.
ފަލަސްތީނާ އެއްބައިވުމަށް މިއަދު ލާންވީ ފެހި ކުލަ
ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ ގަތުުލުއާއްމާ ދެކޮޅަށް އަޑުއުފުލައި އެ ލޭއޮހޮރުވުން ކުށްވެރިކޮށް އަދި ފަލަސްތީނުގެ ރައްޔިތުންނާ އެކު ތިބިކަން ދެއްކުމަށް ފެހި ކުލައިގެ ހެދުން ލާ ކެމްޕޭނެއް ފަށައިފި އެވެ.
މިއަދަކީ ތާރީހީ ގޮތުން ފަލަސްތީނަށް މުހިއްމު ދުވަހެކެވެ. އެއީ ޔާސިރު އަރަފާތު ޕީއެލްއޯގެ ޗެއާމަންކަމުގައި 1988 ވަނަ އަހަރު ފަލަސްތީނަކީ މިނިވަން ދައުލަތެެއްގެ ގޮތުގައި އިއުލާން ކުރެއްވި ދުވަހެވެ.

އެހެންކަމުން 15 ނޮވެމްބަރުގައި، ފަލަސްތީނުގެ ދިދައިގައި ހިމެނޭ ފެހި ކުލަ ލުމަށް، ސޯޝަލް މީޑިއާ ބޭނުންކުރާ މީހުން ވަނީ ބައިނަލްއަގުވާމީ ކެމްޕޭނެއް ފަށާފަ އެވެ. މި ކެމްޕޭންގެ ޝުއޫރުތައް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި މިހާރު އަންނަނީ ފާޅުކުރަމުންނެވެ.
ދިވެހިން ވެސް ފެހި ކުލަ ލައިގެން މި ދުވަސް ފާހަގަކުރުމަށް ސޯޝަލް މީޑިއާގައި ބައެއް މީހުން ވަނީ ގޮވާލައިފަ އެވެ.
Please tell everyone you know to be there in front of People's Majilis, tomorrow at 10am wearing green!
— Nishwan Abbas (@NishwanAbbas) November 14, 2023
🟢🟢🟢🟢🟢🟢🟢🟢🟢🟢🟢🟢🟢pic.twitter.com/dDaBhFR1Nd
@ray_ratchavit 🌿 November 15th: Wear green, stand united! Join the worldwide campaign for Palestine's recognition and peace. Show solidarity, advocate for independence. Let's make a powerful statement together. It's gonna be a sea of green, a massive green wave. We are ALL FOR PALESTINE! #WearGreen #WearGreenForPalestine #GlobalSolidarity #GlobalUnity ♬ original sound - Ray Ratchavit
ފަލަސްތީނުގެ ދިދައިގައި ހިމެނޭ ފެހި ކުލައިން ރަމްޒުކޮށްދޭ ކަމަށް ބުނަނީ، ފަލަސްތީނުގެ ފެހިކަން ގަދަ އާރޯ ބިންތަކެވެ. ފަލަސްތީނަށް ހިތްވަރުދީ އެއްބައިވަންތަކަން ހާމަކުރުމަށް މިއަދު ފެހި ކުލަ ލުމާ ގުޅޭ ގޮތުން ސޯޝަލް މީޑިއާ ޕޯސްޓްތަކުގައި ބައެއް މީހުން ބުނިގޮތުގައި ފެހި ކުލައިން ރަމްޒުކޮށްދެނީ ފަލަސްތީނަށް އެދޭ ސުލްހަ މަސަލަސްކަމެވެ. އަދި ފަލަސްތީނުގެ ބިމުގެ އަރޯކަމާއި ފާގަތިކަން އެނބުރި އަންނާނެ ކަމުގެ އުއްމީދެވެ.
ދުނިޔޭގެ ގިނަ މުސްލިމު ގައުމުތަކުގެ އިތުރުން ހުޅަނގުގެ ގައުމުތަކުގައި ވެސް މި ކެމްޕޭން ޕްރޮމޯޓް ކުރާތަން މިހާރު ސޯޝަލް މީޑިއާ އިން ފެނެ އެެވެ.
އިޒްރޭލުން ހިންގަމުންދާ ގަތުލުއާއްމު ހުއްޓާލުމަށް ގޮވާލައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސިލްސިލާކޮށް މާ ސިންގާ އެއްވުންތައް ވެސް ދަނީ ކުރިއަށެވެ.
ކޮމެންޓް (2)
ޔާސިރު
އަކްރަމް