މޭގަން ރައިސް ޓިކްޓޮކް ލައިވްއެއްގައި ޝަހާދަތް ކިޔާ އިސްލާމް ވަނީ

ލިވިން

ޓިކްޓޮކް ލައިވެއްގައި މޭގަން އިސްލާމްވެއްޖެ

އެމެރިކާގެ ޒުވާނެއް ކަމަށްވާ މޭގަން ގުރުއާން ތަރުޖަމާ ކިޔަން ފެށީ، ފަލަސްތީނުގެ ރައްޔިތުންގެ އީމާންތެރިކަން ވަރުގަދަކަން ފެނިގެން
11 ނޮވެމްބަރު 2023

އެމެރިކާގެ ޓިކްޓޮކްގެ މަޝްހޫރު ޝަހުސިއްޔަތެއް ކަމަށްވާ މޭގަން ރައިސް، ޓިކްޓޮކް ލައިވެއްގައި ޝަހާދަތް ކިޔައި އިސްލާމްދީން ގަބޫލްކޮށްފި އެވެ.  

މޭގަން އިސްލާމް ދީނަށް ވަންނަން މަގުފަހިވީ އިޒްރޭލްގެ ހަމަލާތަކުގައި ބޮޑެތި އަނިޔާތަކާއި ބޭއިންސާފު ތަހައްމަލްކުރަމުން އަންނަ ފަލަސްތީން ރައްޔިތުންގެ ވަރުގަދަ އީމާންތެރިކަމެވެ. އެމެރިކާގެ ޗިކާގޯގައި ދިރިއުޅޭ މޭގަން މިދިޔަ އޮކްޓޯބަރު މަހު ފަހު ކޮޅުން ފެށިގެން އަންނަނީ ގުރުއާން ތަރުޖަމާ ކިޔަމުންނެވެ.

މޭގަންއަކީ މީގެ ކުރިން އެއްވެސް ދީނެއް ގަބޫލުކުރި މީހެއް ނޫނެވެ.

"އަހަރެން މިހިރީ ފަލަސްތީނުގެ މީހުންގެ އީމާންތެރިކަން ފެނި ހައިރާންވެފައި. މި ގަތުލުއާއްމުގައި ހުރިހާ އެއްޗެއް ގެއްލި ގޮސްފައިވާ އިރު ވެސް އެމީހުންގެ އީމާންތެރިކަން ބައްޔެއް ނުވޭ،" މޭގަން އޭރު ބުންޏެވެ.

އޭނާ އެހެން ބުނާ އެކު ކޮމެންޓްތައް އޮއްސާލީ އޭގެ ސިއްރަކީ އިސްލާމް ދީން ކަމަށް ބުނެ އެވެ. އަދި ގުރުއާން ތަރުޖަމާ ކިޔަން ހިތްވަރު ދިނެވެ.

މިއާ އެކު 'ވޯލްޑް ރެލިޖަން' ނަމުގައި ބުކްކްލަބެއް ހެދި އެވެ. ގުރުރާން ތަރުޖަމާ ކިޔަމުން، ގުރުއާނުން ދޭހަވީ އެއްޗެއް އޭނާގެ އިހްސާސްތަކާއި ޝުއޫރުތައް ބަރާބަރަށް ޓިކްޓޮކްގައި ހިއްސާކުރި އެވެ. އޭނާ އުފެއްދި ބުކްކްލަބަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެތައް ބަޔަކު ވަނެވެ.

@megan_b_rice No wonder he’s always salty and in people’s business. It’s your own fault, sir. #thequran #islam ♬ original sound - Megan Rice

ގުރުއާންގެ ސޫރަތްތައް ކިޔަމުންދިޔަ ވަރަކަށް ޓިކްޓޮކްގައި އޭނާ އައީ ވަކިވަކިން ވީޑިއޯ ވެސް ހަދަމުންނެވެ.

މޭގަންގެ ޓިކްޓޮކަށް ވަރަށް ގިނަ މީހުންގެ ސަމާލުކަން ހުއްޓުނެވެ. ހަޔާތުގައި އަަލަށް ގުރުއާން ތަރުޖަމާއެއް ކިޔާލުމުން ކުރެވުނު އިހްސާސްތަކާއި ގުރުއާނާ މެދު ދެކޭ ގޮތް ބަލަން ބޭނުންވި އެވެ.

@rosesofsabr Megan Rice reverts to Islam alhamdulillah 😭🥳🇵🇸 #fyp #meganrice #islam #muslim ♬ original sound - Roses of Sabr 🥀

އެންމެ ފަހުން އޭނާއަށް ވާސިލްވެވުނީ އިސްލާމް ދީނަށެވެ. އިސްލާމްވެ މިހާރު ބުރުގާ ވެސް އަޅައިފި އެވެ.  

ޓިކްޓޮކްގައި މޭގަންއަށް ދުނިޔޭގެ ހުރިހާ ކަންކޮޅުތަކުން މުސްލިމުން އަންނަނީ މަރުހަބާގެ މެސެޖު ފޮނުވަމުންނެވެ. އޭނާ ޝަހާދަތް ކީ ލައިވްގައި ގިނަ ބަޔަކު ބައިވެރިވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް