ގްރޭންޑް ޕާކު ކޮއްދިއްޕަރު ރިސޯޓު

ރިސޯޓުތައް

ކޮއްދިއްޕަރު ރިސޯޓުން ކުރިއަށް އޮތް ބަންދަށް ހާއްސަ އޮފާއެއް

މި އޮފާގެ ދަށުން ރިސޯޓަށް ހެނދުނު ގޮސް ރޭގަނޑު އާދެވޭނެ؛ ހިދުމަތްތަކުން ޑިސްކައުންޓު ލިބޭނެ
26 ސެޕްޓެމްބަރު 2023

ކުރިއަށް މިއޮތީ ދިގު ބަންދެކެވެ. ޗުއްޓީ ދުވަސްތަކާ އެކު ހަފްތާ ބަންދު އެއްކޮށް ހަތަރު، ފަސް ދުވަހެއްގެ ޗުއްޓީ އެބަ ލިބެ އެވެ.

މި ކުރު ޗުއްޓީގައި މާލޭގެ ބައިބޯކަމާއި ކާރޫ ބާރު ބޮޑުކަމުން އެއްފަރާތަކަށް ޖެހިލައި ހިތްހަމަޖައްސާލަން ކުރު ޗުއްޓީ އަކަށް ދާން ބޭނުން މީހުންނަށް އެންމެ ރަނގަޅު އެއް ފުރުސަތު މި ދެނީ ގްރޭންޑް ޕާކު ކޮއްދިއްޕަރު ރިސޯޓުންނެވެ.

ދިވެހިންނަށާއި ރާއްޖޭގައި މަސައްކަތްކުރާ ވޯކް ޕާމިޓް ހޯލްޑަރުންނަށް އަމާޒުކޮށް، އެ ރިސޯޓުން ކުރިއަށްގެންދާ މި ޕްރޮމޯޝަނުގެ ދަށުން އެ ރިސޯޓުން ދޭ ހިދުމަތްތަކުން ޑިސްކައުންޓުތައް ލިބޭނެ އެވެ.

  • މި އޮފާގެ ދަށުން ރިސޯޓަށް ހެނދުނު ގޮސް ރޭގަނޑު އާދެވޭނެ

ގްރޭންޑް ޕާކް ކޮއްދިޕަރުގެ 'ޑޭ ވިޒިޓް ޕެކޭޖު'ގެ ދަށުން، ރިސޯޓުގެ ގޮނޑުދޮށުގައި މޫދަށް އެރެލާ ހިތްހަމަޖެހޭ ވަގުތު ކޮޅެއް ހޭދަކުރުމުގެ ފުރުސަތު އޮންނާނެ އެވެ. މީގެ އިތުރުން، މި ޕެކޭޖުގައި ހިމެނޭ އިތުރު ކަންތަކުގެ ތެރޭގައި:

  • އެއާޕޯޓުން ރިސޯޓަށް އަދި އެނބުރި އެއާޕޯޓަށް ހިލޭ ދަތުރުކޮށްދޭނެ

  • ޕޫލަށް އެރެވޭނެ

  • ކެއުން

  • ވޯޓާސްޕޯޓްސް

  • ސްޕާ

މި ރިސޯޓު އޮންނަނީ މާލޭން ފުރައިގެން 20 ވަރަކަށް މިނެޓުން ސްޕީޑް ލޯންޗުގައި ދެވޭ ސަރަހައްދެއްގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް