ބްރައުނީ މީރުކޮށް ތައްޔާރު ކުރާނެ ރެސިޕީއެއް

ފުޑް

ފަސޭހަ ރެެސިޕީ: މިއޮތީ ބްރައުނީ މީރުވާ ގޮތުގެ ސިއްރު

ބްރައުނީ އަކީ ވަރަށް ގިނަ މީހުންގެ ފެވަރިޓް ފޮނި އެއްޗެއް؛ މިއީ ގިނަވެގެން އެންމެ 15 މިނެޓުން ތައްޔާރުކޮށްލެވޭނެ ރެސިޕީއެއް
18 އޭޕްރީލު 2023

ބްރައުނީ މީރުވާ ގޮތުގެ ސިއްރަކީ ކޮބާކަން އެނގޭ ހެއްޔެވެ؟ ކޮކޯ ޕައުޑަރާއި ދިޔާކޮށްފައިވާ ޗޮކުލެޓް އަދި ތެލުގެ ބަދަލުގައި ބަޓަރު ބޭނުން ކުރީމަ އެވެ.

އަދި މާގިނައިން ފުށް ނޭޅުން މުހިއްމެވެ. ފުށް އަޅާނީ ކިރޔާ ހުރިހާ އެއްޗެއް އެއްކޮށްލުމަށް ބޭނުންވާ ވަރަށެވެ.

ދެން އޮތް ސިއްރަކީ ބްރައުނީ ތައްޔާރު ކުރުމަށް ބޭނުން ކުރަންވީ ބްރައުން ޝުގާ އެވެ.

ބްރައުނީ މީރުކޮށް ތައްޔާރު ކުރާނެ ރެސިޕީއެއް

ފަޖީ އަދި ތެތްކޮށް ހުންނަން ބޭނުން ނަމަ ޑާކް ޗޮކްލެޓް އެތިކޮޅުތައް ބްރައުނީ އަށް އެޅުމަކީ ވެސް މީރުކޮށްލަދޭނެ ގޮތެވެ. ކުޑަކޮށް ދިޔާކޮށް ހުންނަން ބޭނުން ނަމަ، އަވަނުގައި ފިހަން ހޭދަ ކުރާ ވަގުތަށް ބަދަލު ގެންނާށެވެ.

ބްރައުނީ މީރުކޮށް ތައްޔާރު ކުރާނެ ރެސިޕީއެއް

މިއީ އެންމެ 15 މިނެޓުން ނުވަތަ އެއަށް ވުރެ މަދު އިރުކޮޅަކުން ތައްޔާރުކޮށްލެވޭނެ ރެސިޕީއެކެވެ. ބްރައުނީ ގިރަން ބޭނުން ކުރާނީ އެންމެ ބޯތައްޓެކެވެ. މާ ގިނަ އެއްޗެއް ދޮންނާކަށް ނުޖެހޭނެ އެވެ.

ބްރައުނީ މީރުކޮށް ތައްޔާރު ކުރާނެ ރެސިޕީއެއް

ބޭނުންވާ ތަކެތި

  • 200 ގްރާމް އަންސޯލްޓެޑް ބަޓާ

  • 200 ގްރާމް ޑާކް ޗޮކްލެޓް ޗިޕްސް

  • 1 ޖޯޑު ބްރައުން ޝުގާ

  • 3 ބިސް ކުޑަކޮށް ގިރާލާފައި

  • 1 ސައިސަމުސާ ވެނިލާ އެސެންސް

  • 1/2 ޖޯޑު އާދައިގެ ފުށް

  • 1/4 ޖޯޑު ކޮކޯ ޕައުޑާ

  • ކުޑަ ލޮނުކޮޅެއް

  • 180 ގްރާމްގެ ކާ ކަހަލަ ޑާކް ޗޮކްލެޓެއް ކޮށާލާފައި

ތައްޔާރުކުރާނެ ގޮތް

ބްރައުނީ މީރުކޮށް ތައްޔާރު ކުރާނެ ގޮތް

އަވަން 180 ޑިގްރީއަށް ހޫނުކުރަން ޖައްސާލާށެވެ.

20 ސެންޓިމީޓަރު ހުންނަ ޓްރޭއެއްގައި ބޭކިން ޕޭޕަރު އަޅާށެވެ.

ބަޓަރާއި ޗޮކްލެޓް ޗިޕްސް މައިކްރޯވޭވްއަށް ލާ ދިޔާކޮށްލާށެވެ. މައިކްރޮވޭވްއެއް ނެތް ނަމަ އުނދުން މަތީ މަޑުގިނީގައި ދިޔާކޮށްލާށެވެ. އަދި އެއަށް ފަހު ރަނގަޅަށް އެއްކޮށްލާށެވެ.

ހަކުރާއި ވެނިލާ އާއި ބަޓަރު ޗޮކްލެޓްގެ ތެރެއަށް އަޅާށެވެ. ބިސްތައް އަޅައި ރަނގަޅަށް އެއްކޮށްލާށެވެ.

ފުށާއި ކޮކޯ ޕައުޑަރު އަދި ލޮނުކޮޅު ލައިގެން ރަނގަޅަށް އެއްކޮށްލާށެވެ. އެއަށް ފަހު ޑާކް ޗޮކްލެޓް ކޮށާލާފައި އަޅައި އެއްކޮށްލާށެވެ.

ބްރައުނީ އެމީހަކު ބޭނުންވާ ވަރަކަށް ފިހެވިދާނެ

ބްރައުނީ ބޮޑަށް ދިޔާކޮށް ހުންނަން ބޭނުން ނަމަ ފިހާނީ 24 މިނެޓެވެ. އަށާވީސް މިނެޓުވަންދެން ފިހެފި ނަމަ ހުންނާނީ ފަޖީކޮށް ތެތްކޮށެވެ. އަދި 32 މިނެޓުވަންދެން ފިހެފި ނަމަ ކޭކު ގޮތެއް ބްރައުނީގައި ހުންނާނެ އެވެ.

ފިހުމަށް އެމީހަކު ބޭނުން ވަރެއް ހިޔާރު ކުރާށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް