'ކްލެވެންޓީ'ގެ ފިހާރަ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ފެޝަން

ދިވެހި ބްރޭންޑު 'ކްލެވެންޓީ'ގެ ފިހާރައެއް ހުޅުވައިފި

ދިވެހިންގެ ތެރޭގައި މަޝްހޫރު އަތުކުރީ ގަޑި ބްރޭންޑު 'ކްލެވެންޓީ'ގެ ފިހާރަ ހުންނަނީ މާފަންނު ހަނދުވަރީ ހިނގުމުގައި
30 ސެޕްޓެމްބަރު 2022
2

ދިވެހިންގެ ތެރޭގައި މަގުބޫލު އަތުކުރީ ގަޑި ބްރޭންޑު 'ކްލެވެންޓީ'ގެ ފުރަތަމަ ފިހާރަ ރޭ ހުޅުވައިފި އެވެ.

ހިތްގައިމު ޑިޒައިނަކަށް ފަރުމާކޮށްފައިވާ ކްލެވެންޓީގެ ފްލޭގްޝިޕް ފިހާރަ ހުޅުވައިދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދެވެ.

މި ހަފްލާގައި ކްލެވެންޓީގެ ފައުންޑަރު އިބްރާހިމް ޒިމާމް ބްރޭންޑާ ބެހޭ ގޮތުން ކުރު ތައާރަފެއް ރައީސްގެ ދެކަނބަލުންނަށް ދިނެވެ. މީގެ އިތުރުން، ފިހާރައިގައި ހުރި އުފެއްދުންތައް ދައްކާލައި އެ ތަކެއްޗާ ބެހޭ މައުލޫމާތު ވެސް ދިނެވެ.

  • 'ކްލެވެންޓީ' ބްރޭންޑުގެ ފިހާރައިގައި ހުރި ބައެއް އުފެއްދުންތައް. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

އަތުކުރީ ގަޑި ބްރޭންޑެއްގެ ގޮތުގައި 2018 ވަނަ އަހަރު ފެށި ވިޔަފާރި މިހާރު ސެންޓު، ހާރު އަދި އަތުގައި އަޅާ ގަހަނާ ވެސް ހިމެނޭ ގޮތަށް މިހާރު ވަނީ ފުޅާކޮށްފަ އެވެ. ރާއްޖޭގެ ފުރަތަމަ ޕްރީމިއަމް އަތުކުރި ގަޑި އުފައްދާ ބްރޭންޑުގެ ގޮތުގައި ތައާރަފުކުރި ކްލެވެންޓީ ފެށީ ކުޑަ ވިޔަފާރިއެއްގެ ގޮތުގަ އެވެ. އޭރު ނެރުނީ އެންމެ 50 ގަޑި އެވެ. ނަމަވެސް، މިހާރު ރާއްޖެ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ކްލެވްންޓީގެ އުފެއްދުންތައް ވިއްކަ އެވެ.

ގިނަ އަދަދެއްގެ ދިވެހި އަންހެނުންނަށް ކަމުދާ ކްލެވެންޓީ ފުރަތަމަ ވިދާލީ އެ މީހުންގެ ހިތްގައިމު ފެޝަން ފޮޓޯތަކުންނެވެ. 

  • 'ކްލެވެންޓީ' ބްރޭންޑުގެ ފިހާރަ ހުޅުވަން ބޭއްވި ހަފްލާގެ ތެރެއިން. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ކޮންމެ މުނާސަބަތަކާ ގުޅޭ ގޮތަށް ފަރުމާކޮށްފައިވާ އަތުކުރީ ގަޑިތަކުގެ އެކި ވައްތަރުގެ ޑިޒައިން ކަލެކްޝަން މިހާތަނަށް ކްލެވެންޓީން ނެރެފައިވެ އެވެ.

މީގެ އިތުރުން، ކްލެވެންޓީގެ ހަތަރު ވަނަ އަހަރީ ދުވަހާ ދިމާކޮށް ހާއްސަ ކަލެކްޝަނެއް މިދިޔަ ހަފްތާގައި ވަނީ ތައާރަފްކޮށްފަ އެވެ. 'އަމޯރް'ގެ ނަން ދީފައިވާ އެ ކަލެކްޝަނުގައި ހަ ސްޓައިލެއްގެ އަތުކުރީ ގަޑި ހިމެނެ އެވެ. މިއީ ކްލެވެންޓީގެ ފުރަތަމަ 'ލެދާ ސްޓްރެޕް' ވައްތަރެވެ. އަދި ސްޓްރެޕް ބަދަލުކޮށްލަން ބޭނުން ނަމަ ފަސޭހައިން ބަދަލު ކޮށްލެވޭ 'ކުއިކް-ރިލީސް' އޮޕްޝަން ވެސް ހިމެނެ އެވެ. 

  • 'ކްލެވެންޓީ' ބްރޭންޑުގެ ފިހާރައިގައި ހުރި ބައެއް އުފެއްދުންތައް. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
  • 'ކްލެވެންޓީ' ބްރޭންޑުގެ ފިހާރައިގައި ހުރި ބައެއް އުފެއްދުންތައް. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
  • 'ކްލެވެންޓީ' ބްރޭންޑުގެ ފިހާރައިގައި ހުރި ބައެއް އުފެއްދުންތައް. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
  • 'ކްލެވެންޓީ' ބްރޭންޑުގެ ފިހާރައިގައި ހުރި ބައެއް އުފެއްދުންތައް. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
  • 'ކްލެވެންޓީ' ބްރޭންޑުގެ ފިހާރައިގައި ހުރި ބައެއް އުފެއްދުންތައް. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
  • 'ކްލެވެންޓީ' ބްރޭންޑުގެ ފިހާރައިގައި ހުރި ބައެއް އުފެއްދުންތައް. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
  • 'ކްލެވެންޓީ' ބްރޭންޑުގެ ފިހާރައިގައި ހުރި ބައެއް އުފެއްދުންތައް. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
  • 'ކްލެވެންޓީ' ބްރޭންޑުގެ ފިހާރައިގައި ހުރި ބައެއް އުފެއްދުންތައް. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

މާފަންނު ހަނދުވަރީ ހިނގުމުގައި ހުންނަ ކްލެވެންޓީގެ ފްލޭގްޝިޕް ފިހާރަ އާންމުންނަށް ހުޅުވާލީ ރޭ 8 ޖެހި އިރު އެވެ. 

މި ފިހާރަ ހުޅުވާާފައި ހުންނާނީ:

  • ހޮނިހިރު ދުވަހުން ބުރާސްފަތި ދުވަހަށް - ހެނދުނު 10 އިން މެންދުރު 12އަށް، މެންދުރުފަހު 2 އިން އިރުއޮއްސެން އަދި ރޭގަނޑު 8 އިން 10އަށް

  • ހުކުރު ދުވަސް - ހަވީރު 4 އިން 6އަށް އަދި ރޭނގަޑު 8 އިން 11އަށް

ކޮމެންޓް (2)

އަހަންމަ

30 ސެޕްޓެމްބަރު 2022
ދިވެހި އުފެއްދުމަކަށް ކިޔަން އެންމެ އެކަށީގެންވަނީ ދިވެހި ނަމެއްކަމަށް ޤަބޫލުކުރެވެނީ..
7 6

ހިތަދޫ

30 ސެޕްޓެމްބަރު 2022
@އަހަންމަ ހަތަރު އުދަރެސް ފެނު ޖެހިފަ ތިއޮތީ... ދިވެހި އުފެއްދުމަކަށް ވީތީ އެހެންވީމާ ވިއްކަންވެސް ވާނީ އެކަނި ދިވެހިންނަށް ދޯ!؟
4 5

އިތުރު އާޓިކަލް

އިތުރު އާޓިކަލް