ޖޯން އަބްރަހަމް

ޖޯން އަބްރަހަމް

ޖޯން ލީޑުން ފެންނާނެ 'ތެހެރާން'ގެ ފަސްޓު ލުކް ދައްކާލައިފި

ޖޯން ބުނެފައިވަނީ 'ތެހެރާން' އަކީ ޖިއޯ ޕޮލިޓިކް ފިލްމެއް ކަމަށާއި ފިލްމުގެ މަންޒަރުތައް އީރާނުގައި ވެސް ނަގާނެ ކަމަށް
12 ޖުލައި 2022

ޖޯން އަބްރަހަމްގެ ކުރިއަށް އޮތް ފިލްމު 'ތެހެރާން'ގެ ފަސްޓް ލުކް ދައްކާލައި ފިލްމުގެ މަސައްކަތް ފަށައިފި އެވެ.

'ބަދްލާޕޫރް'، 'ސްޓްރީ'، އަދި 'މިމީ' ފަދަ ފިލްމުތައް އުފައްދާފައިވާ މެޑޮކް ފިލްމްސް އިން ޕްރޮޑިއުސް ކުރާ އެ ފިލްމަކީ އެކްޝަން ތްރިލާއެކެވެ.

ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާ  އެ ފިލްމުގެ ފަސްޓް ލުކް އާއެކު ފިލްމާ މެދު ކުރެވޭ އުއްމީދު ބޮޑުވެފައިވާ ކަމަށް ވެ އެވެ. އަރުން ގޯޕާލަން ޑައިރެކްޓު ކުރާ 'ތެހެރާން' ގެނެސްދެނީ މެޑޮކް ފިލްމްސް އާއި ބޭކް މައި ކޭކް ފިލްމްސް ގުޅިގެންނެވެ.

ޖޯން ބުނެފައިވަނީ 'ތެހެރާން' އަކީ ޖިއޯ ޕޮލިޓިކް ފިލްމެއް ކަމަށާއި ފިލްމުގެ މަންޒަރުތައް އީރާނުގައި ވެސް ނަގާނެ ކަމަށެވެ. އަދި އޭނާގެ މަންމަގެ އާއިލާގެ ގިނަ ބަޔަކު އީރާނުގައި އުޅޭ ކަމަށާއި ފިލްމުގެ މަސައްކަތަށް ދާއިރު މަންމަ ގެންދަން ބޭނުންވާ ކަމަށް ވެސް ޖޯން ބުންޏެވެ.

ޖޯން އެންމެ ފަހުން ފެނުނީ ލަކްޝަޔާ ރާޖް އާނަންދުގެ ފިލްމު 'އެޓޭކް' އިންނެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް