ތާޕްސީ ޕަންނޫ

ތާޕްސީ ޕަންނޫ

'ޑަންކީ' އިން ފުރުސަތު ލިބުނީ ހުނަރު ހުރީމާ: ތާޕްސީ

ތާޕްސީ ބުނީ ޝާހުއާ އެއް ފްރޭމަކުން ފެންނަން ފުރުސަތު ލިބުމަކީ ފަހުރެއް ކަމަށް
3 ޖުލައި 2022

ޝާހު ރުކް ހާން އާއެކު 'ޑަންކީ' ގައި މަސައްކަތް ކުރަން ފުރުސަތު ލިބުނީ އޭނާގެ ހުނަރު ހުރީމާ ކަމަށް ތާޕްސީ ޕަންނޫ ބުނެފި އެވެ.

ރާޖުކުމާރު ހިރާނީ ޑައިރެކްޓު ކުރާ އެ ފިލްމުން ޖާގައެއް ލިބުމުން ތާޕްސީ ހުރީ ވަރަށް އުފަލުންނެވެ. އޭނާ ބުނީ، މިއީ އޭނާ މިހާތަނަށް މަސައްކަތް ކުރާ އެންމެ ބޮޑު ފިލްމަށް ވާނެ ކަމަށެވެ.

އަންނަ އަހަރު ސްކްރީނަށް އަންނަ 'ޑަންކީ' އިން ފުރުސަތު ލިބުނީ އޭނާ އަކީ ވަކި މީހަކަށް ވުމުން ނޫން ކަމަށާއި އެއީ ހުނަރަށް ބަލާފައި ލިބުނު ފުރުސަތެއް ކަމަށް ތާޕްސީ ބުންޏެވެ. އެ ފުރުސަތު ލިބުމުން ވަރަށް އުފަލުން ހުރިކަން ފާހަގަކޮށް ތާޕްސީ ބުނީ، ޝާހު އާއެކު މަސައްކަތެއް ކޮށްލަން ލިބުމަކީ ކުޑަ ކަމެއް ނޫން ކަމަށެވެ.

"މި ފުރުސަތު ލިބުނީ މީހަކު އަހަރެން ރެކޮމެންޑު ކޮށްގެންނެއް ނޫން. މީހަކު ކުރި ކޯލަކަށް ވެސް ނޫން. އަހަރެންގެ މަސައްކަތްތައް ބަލައި އެ ކަމުގޮސްގެން މި ފުރުސަތު އަހަންނަށް ހުށަހެޅީ،" އޭނާ ބުންޏެވެ.

"އަހަރަންނަށް އަދިވެސް ގަބޫލެއް ނުކުރެވޭ. އަހަރެން ބޮޑުވީ ޝާހުގެ ފިލްމުތައް ބަލަމުން. އަހަރެންނަށް ހިންދީ ފިލްމު އެނގުނީ ވެސް ޝާހުގެ ފިލްމުތަކާ ހުރެ. ޝާހުއާ އެކު ފްރޭމު ޝެއާ ކުރުމަކީ ގަބޫލުކުރަން އުނދަގޫ ކަމެއް. މިކަން އެންމެ ފުރިހަމައަށް ކުރެވޭތޯ ބަލާނަން،" ތާޕްސީ ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް