ޖޯން އަބްރަހަމް

ވެބް ސީރީޒްތަކުގައި މަސައްކަތްކުރާކަށް ޖޯން ބޭނުމެއް ނުވޭ

ފްލޮޕް ފިލްމުތަކަކަށް ފަހު ބޮޑު ބަސް ބުނެ މާ ބޮޑާވެގަނެގެން އުޅެނީ ކަމަށް އިންޓަނެޓުގައި ފާޑުކިޔާމީހުން ބުނެފައިވޭ
25 ޖޫން 2022

ވެބް ސީރީޒްތަކުގައި މަސައްކަތް ކުރަން ބޭނުން ނުވާ ކަމަށާއި އެކަމުން މާބޮޑު އާމްދަނީއެއް ނުލިބޭނެ ކަމަށް ބުނެ ޖޯން އަބްރަހަމް ވާހަކަ ދައްކައިފި އެވެ.

އޭނާގެ އެންމެ ފަހުގެ ފިލްމު 'އެޓޭކް' އަށް ބޮކްސް އޮފީހުގައި އެއްވެސް ކާމިޔާބީއެއް ނުލިބެ އެވެ. ނަމަވެސް ޖޯން ބުނީ 299 ރުޕީސް ނޫނީ 499 ރުފީސްގެ ފީ އަކަށް ވެބް ސީރީޒްތަކުގައި މަސައްކަތް ކުރަން ބޭނުން ނުވާ ކަމަށެވެ. އަދި އޭނާ އަކީ ބޮޑް ސްކްރީން ތަރިއެއް ކަމަށާއި ދެމިހުންނާނީ އެގޮތަށް ކަމަށް ވެސް ބުންޏެވެ.

"އަހަރެން ބޭނުމެއް ނުވޭ އަހަރެންގެ ފިލްމެއް ބަލަން އޮވެފައި މެދުތެރެއިން ޓެބްލެޓު ބާއްވާފައި ފާޚާނާ އަށް މީހުން ދާކަށް. އަނެއްކޮޅުން 499 ރުޕީސް ނޫނީ 299 ރުޕީސްގެ ފީއަކަށް އަހަރެން މަސައްކަތެއް ނުކުރާނަން،" ޖޯން ބުންޏެވެ.

ޖޯންގެ މިވާހަކަތަކާ ގުޅިގެން އޭނާ އަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ. 'އެޓޭކް' އަދި 'ސަތިޔަމޭވަޖޭތޭ' ފަދަ ފްލޮޕް ފިލްމުތަކަށްފަހު ބޮޑު ބަސް ބުނެ މާ ބޮޑާވެގަނެގެން އުޅެނީ ކަމަށް އިންޓަނެޓުގައި ފާޑުކިޔާމީހުން ބުނެފައިވެ އެވެ.

ޖޯންގެ ރަނގަޅު ފިލްމެއް ތިއޭޓަރަށް ނާންނަތާ ލައްކަ ޒަމާން ވެއްޖެ ކަމަށާއި މިހާރު ބޮލީވުޑުގެ ކާމިޔާބު އެތައް ތަރިންނެއް ވެބް ސީރީޒްތަކާއި އޯޓީޓީ ފިލްމުތަކުން ފެންނަ ކަމަށް ބުނެ ޖޯން އަށް ފާޑުކިޔާފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް