ހީނާ ހާން

ބޮލީވުޑް

އިންޑިއާ ޕެވީލިއަން އަށް ދައުވަތު ނުދިނުމުން ހީނާ ދެރަވެފައި

ހީނާ ބުނީ އޯޑިއަންސް އިން ޖާގައެއް ދިން ނަމަވެސް ރަނގަޅުވީސް ކަމަށް
21 މޭ 2022

ކާން ފިލްމު ފެސްޓިވަލުގައި ހުރި އިންޑިއާގެ ޕެވިލިއަން އަށް ދައުވަތު ދީފައި ނުވާތީ ހީނާ ހާން ހިތާމަ ފާޅުކޮށްފި އެވެ.

ހީނާ އަކީ ޓީވީ ސީރީޒްތަކުން މަގުބޫލުކަން ހޯދި ފަންނާނެކެވެ. ކާން ފެސްޓިވަލުން 2019 އިން ފެށިގެން ގަވައިދުން ފެންނަ ހީނާ މި ފަހަރު އެ ފެސްޓިވަލަށް ގޮސްފައިވަނީ އޭނާގެ ފިލްމު 'ކަންޓްރީ އޮފް ބްލައިންޑު'ގެ ޕޯސްޓަރު ލޯންޗުކުރުމަށެވެ.

އިންޓަވިއުއެއްގައި ހީނާ ބުނީ އިންޑަސްޓްރީގައި މަސައްކަތްކުރާ އެހެން މީހުންނާ ހަސަދަވެރި ކަމެއް ނެތް ކަމަށާއި ނަމަވެސް އިންޑިއާ ޕެވިލިއަން އަށް ދާން އޭނާ އަށް ދައުވަތު ނުލިބުމުން ދެރަވާ ކަމަށެވެ. އެ ތަނަށް ދަނީ ހަމައެކަނި ފިލްމީ ތަރިން ނޫންކަން ފާހަގަކޮށް ހީނާ ބުނީ މިއުޒީޝަނުން ވެސް އެ ޕެވީލިއަން އަށް ދިޔަ ކަމަށެވެ.

"އޯޑިއަންސް އިން ޖާގައެއް ދިން ނަމަވެސް އެންމެ ރަނގަޅު،" 'ޔޭ ރިޝްތާ ކިޔާ ކެހެލާތާހޭ' އިން މަގުބޫލުކަން ހޯދި ފަންނާނު ބުންޏެވެ.

"އަހަރެން ފަހުރުރުވެރިވޭ އަހަރެންގެ ގައުމު އެހާ ފުރިހަމަކޮށް ތަމްސީލުވާތީ،" އޭނާ ބުންޏެވެ.

ނަމަވެސް ހީނާ ވަނީ އިންޑިއާގެ މުނިފޫހިފިލުވުމުގެ ދާއިރާގައި އޮންނަ ތަފާތުކުރުންތައް ފާހަގަކޮށްފަ އެވެ. ހާއްސަކޮށް ޓީވީ އިން ތައާރަފުވާ ތަރިންނަށް އެއްވެސް އިހުތިރާމެއް ނުކުރާ ކަމަށާއި ދުނިޔޭގެ އެހެން ސަރަހައްދަކުން އެފަދަ ތަފާތުކުރުންތައް ނުފެންނަ ކަމަށް އޭނާ ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް