ކައިލީ ޖެނާ

ކިމް ކާޑޭޝިއަން

ކައިލީ އުޅެނީ ފިރިހެން ދަރިފުޅަށް ކިޔާނެ ނަމެއް ނޭނގިގެން

ދަރިފުޅުގެ ނަމަކީ ވުލްފް ވެބްސްޓާ ކަމަށް ކައިލީ ފުރަތަމަ ބުނި ނަމަވެސް، އެއީ މިހާރު ދަރިފުޅަށް ކިޔާ ނަން ނޫން ކަމަށް ފަހުން އޭނާ ބުނި
17 އޭޕްރީލު 2022

ކައިލީ ޖެނާ އުޅެނީ ހަގު ދަރިފުޅަށް ކިޔާނެ ނަމެއް ނޭނގިގެން ކަމަށް ދައްތަ ކިމް ކާޑޭޝިއަން ބުނެފި އެވެ.

ކައިލީ އެންމެ ފުރަތަމަ ބުނީ ދަރިފުޅުގެ ނަމަކީ ވުލްފް ވެބްސްޓާ ކަމަށެވެ. އެކަމަކު ފަހުން އޭނާ ބުނީ އެއީ ދަރިފުޅަށް ކިޔަން އެންމެ އެކަށީގެންވާ ނަމަށް ނުވާތީ، އެއީ މިހާރު ދަރިފުޅަށް ކިޔާ ނަން ނޫން ކަމަށެވެ.

'ކެލީ އެންޑް ރަޔަން' ޝޯގައި ވާހަކަ ދައްކަމުން ކައިލީގެ އެއްބަނޑު ދައްތަ ކިމް ބުނީ ދަރިފުޅަށް ކިޔާނެ ނަމެއް ކައިލީ އެބަ ގެންގުޅޭ ކަމަށާއި އެކަމަކު އެއީ އެންމެ އެކަށީގެންވާ ނަންކަން ޔަގީން ނުވާތީ ސީދާ އެ ނަން އަދި ކިޔަން ބޭނުން ނުވަނީ ކަމަށެވެ.

ކިމް ބުނީ ދަރިއަކަށް ނަން ކިޔުމަކީ ދިރިއުޅުމުގައި ކުރިމަތިވާ އެންމެ އުނދަގޫ އެއް ކަންތައް ކަމަށެވެ. ކިމްގެ ހަތަރު ކުދިން ތިބޭއިރު އެކުދިންނަށް ނަން ކިޔުމަށް ވެސް ގިނަ ވިސްނުންތަކެއް ވިސްނަން ޖެހުނު ކަމަށް އޭނާ ބުންޏެވެ.

ކައިލީގެ އަންހެން ދަރިފުޅަށް ކިޔަނީ ސްޓޯމީ އެވެ. އޭނާ އަށް ދެވަނަ ދަރިއެއް ލިބުނީ މިދިޔަ ފެބްރުއަރީ 2ގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް