ބާރްތީ އާއި ހާރްޝް އަށް ކުއްޖަކު ލިބުނުކަން އިއުލާނުކޮށް ހާރްޝް އިންސްޓަގްރާމުގައި ޕޯސްޓުކުރި ފޮޓޯ

ބާރްތީއަށް ފިރިހެން ކުއްޖެއް ލިބިއްޖެ

ދަރިފުޅު ލިބުނުކަން އިއުލާންކުރީ ބާރްތީ ބަލިވެއިން އިރު ދެމަފިރިން އެކުގައި ނެގި ފޮޓޯއަކުން
5 އޭޕްރީލު 2022

އިންޑިއާގެ ކޮމީޑިއަން އަދި ޓީވީ ތަރި ބާރްތީ ސިންގް އަށް ފިރިހެން ކުއްޖަކު ލިބިއްޖެ އެވެ.

ބާރްތީ އާއި ފިރިމީހާ ހާރްޝް ލިމްބާޗިއާ އަށް އެ ދެމަފިރިންގެ އަލަތު ދަރިފުޅު ލިބުނީ މިދިޔަ އާދިއްތަ ދުވަހު އެވެ.

ދަރިފުޅު ލިބުނުކަން އިއުލާނުކޮށް ހާރްޝް ވަނީ އެ ދެ މީހުންގެ މެޓާނިޓީ ފޮޓޯ ޝޫޓްގެ ފޮޓޯއެއް އިންސްޓަގްރާމުކޮށްފަ އެވެ. އެއާއެކު ބޮލީވުޑްގެ އެކުވެރިންނާއި ސެލެބްރިޓީން އަދި ފޭނުން ވަނީ ބާރްތީގެ ދެމަފިރިންނަށް މަރުހަބާ ކިޔައި މެސެޖުތައް ފޮނުވާން ފަށައިފަ އެވެ.

ބާރްތީ ބަލިވެއިންކަން އިއުލާންކުރީ ޑިސެމްބަރު މަހު އެވެ.

ބާރްތީ އަންހެން ކުއްޖަކު ވިހައިފި ކަމަށް ބުނެ މީގެ ދެތިން ހަފްތާ ކުރިން ހަބަރުތައް ފެތުރުނެވެ. އެކަމަކު އިންސްޓަގްރާމު ލައިވްއެއްގައި ބާރްތީ ވަނީ އެކަން ދޮގުކޮށްފަ އެވެ. އޭނާ އޭރު ބުނީ ވިހާ ދުވަސް ވަރަށް ކައިރިވެފައިވާ ކަމަށެވެ.

ބާރްތީ އާއި ހާރްޝް ދިމާވީ ކޮމެޑީ ސާކަސްގެ ސެޓުންނެވެ. އެ ދެ މީހުން ކައިވެނި ކުރީ 2017 ވަނަ އަަހަރު ގޯއާގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް