އޮގަސްޓް 27ގައި އޮލިމްޕަހުގައި އަޅުވާ ފިލްމް 'ކަމަނާ'ގެ ޕޯސްޓަރެއް

ދިވެހި ފިލްމު

ފިލްމު 'ކަމަނާ'ގެ ޓްރެއިލާ ދައްކާލައިފި

ގެވެށި އަނިޔާގެ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ 'ކަމަނާ'ގެ ޓިކެޓް ހޮނިހިރު ދުވަހުން ފެށިގެން އޮލިމްޕަހުން ލިބޭނެ
24 ޖުލައި 2024
1

ގެވެށި އަނިޔާގެ ހަގީގީ ހާދިސާއަކަށް ބިނާކޮށް އުފައްދައި އަންނަ އޯގަސްޓް މަހު އޮލިމްޕަހުގައި އެޅުވުމަށް ހަމަޖެހިފައިވާ ފިލްމް 'ކަމަނާ'ގެ ޓްރެއިލާ މިހާރު ބަލާލެވޭނެ އެވެ.

މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް އަލީ ޝާނީޒް ޕްރޮޑިއުސްކޮށް ހުސެއިން މުނައްވަރު ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ލީޑް ތަރިންނަކީ މަރިޔަމް އަައްޒަ އާއި ޔޫސުފް ޝަފީއު (ޔޫއްޕެ) އަދި އައިމިނަތު ރަޝްފާ (އާޝާ) އެވެ.

ޓްރެއިލާގެ މަންޒަރުތައް ބަލާލުމުން، ފިލްމުގެ ތަރިން ރަނގަޅު އެކްޓިންއެއް ދައްކާފައިވާކަން ފާހަގަކުރެވެ އެވެ. 

މި ފިލްމް ކުޅުމަށް އަައްޒަ ވަނީ އޭނާގެ ހަށިގަނޑަށް ބޮޑު ބަދަލެއް ގެނެސްފަ އެވެ. 

ކިޑް ޕްރޮޑަކްޝަން އާއި ސެޓާން ސްޓޫޑިއޯ ގުޅިގެން ގެނެސްދޭ މި ފިލްމްގެ ޓިކެޓް އަންނަ ހޮނިހިރު ދުވަހުން ފެށިގެން އޮލިމްޕަހުން ވިއްކާނެ އެވެ.

ކޮމެންޓް (1)

މީމަ

24 ޖުލައި 2024
ހަގީގީ ހާދިސާއެއް ވިއްޔާ ކޮންމެހެންވެސް ބަލަން ސަޅިވާނެ.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް