ފާތިމަތު ރަޝްފާ (އާޝާ)

ފިލްމީ ފަންނާނުންނާ އެކު އޮލިމްޕަހަށް 'ތަރިންގެ ރޭ' އަންނަނީ

ދިވެހި ފިލްމީ ދާއިރާގައި ވިދަމުން އަންނަ ގިނަ ބަޔެއްގެ ހުށަހެޅުންތައް އޮލިމްޕަހުގެ ސްޓޭޖުން ފެނިގެންދާނެ މި ޝޯގެ ޓިކެޓް އަންނަނީ ވިއްކަމުން
24 ޖުލައި 2024
1

ދިވެހި ފިލްމީ ތަރިންގެ ޝޯއެއް މާދަމާ ރޭ އޮލިމްޕަހުގެ ސްޓޭޖްގައި ބާއްވަން ހަމަޖައްސައިފި އެވެ.

ތަޖުރިބާކާރު ޑައިރެކްޓަރު ފާތިމަތު ނަހުލާގެ އިސްނެގުމަކަށް ބާއްވާ ޝޯއިން ފެނިގެން ދާނީ ރާއްޖޭގެ ފިލްމީ ދާއިރާގައި މިހާރު ވިދަމުން އަންނަ ތަރިންނެވެ. މި އަހަރުގެ އީދު ޝޯތަކުގައި އެ މީހުން ރަށްރަށުގައި ބޭއްވި ޝޯތަކުގެ ހުށަހެޅުންތަކާއި އާ އައިޓަމްތައް ވެސް މި ޝޯއިން ފެނިގެންދާނެ އެވެ.

އޮލިމްޕަހުގައި ބާއްވާ ޝޯ 'ތަރިންގެ ރޭ'ގެ ޕޯސްޓަރެއް

މި ޝޯގައި އާމިނަތު ރަޝްފާ (އާޝާ) އާއި އިސްމާއިލް ޖުމެއިހް (ޖުމާ)ގެ ހުށަހެޅުމެއް ފެނިގެންދާނެ އެވެ. މިފަހުން އާޝާ ކުޅެފައިވާ އެންމެ މަޝްހޫރު ދެ ލަވަ ކަމުގައިވާ 'ތޫފާނީ އިޝްގް' އާއި 'ޝާހީ ލޮލުގައި' އެއްކޮށްލައިގެން ހޭވައްލާ ބޮޑުބެރު ގްރޫޕާ އެކު ހުށަހަޅައިދޭ ޕާފޯމަންސެއް އޭގެ ތެރޭގައި ހިމެނެ އެވެ. މީގެ އިތުރުން، 'ގުނަމުން މިދާ' ލަވަ ވެސް ތަފާތު ގޮތަކަށް ފެނިގެންދާނެ އެވެ.

މީ އިޝްގް ޕްރިމިއާ ތެރެއިން އާޝާ އަދި ޖުމާ

މި ޝޯގެ ޓިކެޓްތައް މިހާރު ގިނަ އަދަދަކަށް ވިކިފައިވާ ކަމަށް ޝޯ އިންތިޒާމު ކުރާ އޮފިޝަލަކު ބުންޏެވެ. ޓިކެޓުގެ އަގަކީ 300 ރުފިޔާ އާއި 200 ރުފިޔާ އެވެ.

އެންމެ ފަހުން ފިލްމީ ތަރިންގެ މިފަދަ ހުށަހެޅުންތަކެއް މާލެއިން ފެނުނީ 2012ގައި ބޭއްވި 'ސްޓާސް ނައިޓް' ޝޯއިންނެވެ.

ކޮމެންޓް (1)

މީމަ

24 ޖުލައި 2024
ފިލްމީ ވާހަކަ ގެނެސްދޭތީ، އައިޝާ އީމާން ވެސް ވާނީ ފިލްމީ ތަރިޔަކަށް.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް