ދިވެހި ފިލްމް 'ކަމަނާ'ގެ ކާސްޓް

ދިވެހި ފިލްމު

ގެވެށި އަނިޔާގެ ހަގީގީ ހާދިސާއަކަށް ބިނާކޮށް 'ކަމަނާ' 27 އޮގަސްޓުގައި

ފިލްމުގެ ލީޑް ތަރިންގެ ގޮތުގައި ފެނިގެންދާނީ ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި މަރިޔަމް އައްޒަ

ގެވެށި އަނިޔާގެ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ހަދާ ފިލްމު 'ކަމަނާ'ގެ ނަން ލޯންޗްކޮށް، ރިލީޒްކުރާ ތާރީހު އިއުލާން ކޮށްފި އެވެ.

ކިޑް ޕްރޮޑަކްޝަން އާއި ސެޓާން ސްޓޫޑިއޯ ގުޅިގެން، އަންނަ 27 އޯގަސްޓްގައި އޮލިމްޕަހުގައި އަޅުވާ މި ފިލްމުގެ ލީޑް ތަރިންނަކީ ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި މަރިޔަމް އައްޒަ އެވެ.

ފިލްމުން ފެނިގެންދާނީ ހއ. މޮޅަދޫގައި އުފަލުން ދިރިއުޅެމުން އައި ދެމަފިރިއެއް ކަމުގައިވާ ރިމްޝާ އާއި ހައިދަރަށް ދަރިޔަކު ލިބުމަށް ފަހު ރިމްޝާގެ ދިރިއުޅުން ބަދަލުވެގެންދާ ގޮތެވެ.

މި ފިލްމުގެ ޕްރޮޑިއުސަރުންނަކީ ޝާނީޒް އަލީ އާއި ހުސެއިން މުނައްވަރު އެވެ.

ފިލްމުގައި އައްޒަ ފެނިގެންދާނީ ތަފާތު ގޮތަކަށެވެ. ރިމްޝާގެ ބައި ގެނެސްދިނުމަށް އައްޒަ ވަނީ އޭނާގެ ހަށިގަނޑަށް ބޮޑު ބަދަލެއް ގެނެސްފަ އެވެ.

މިއީ ޔޫސުފް ޝަފީއު އާއި އައްޒަ އެކީގައި ފެންނާނެ ފުރަތަމަ ފިލްމެވެ.

'ކަމަނާ'ގެ ޓައިޓްލް ލޯންޗް ކުރި ވީޑިއޯ
'ކަމަނާ'ގެ ބައެއް ކާސްޓުން

އިތުރު ތަރިންގެ ގޮތުގައި މުހައްމަދު ރަޝީދު (ދަރާ)، މުހައްމަދު މަނިކު، ނަތާޝާ ޖަލީލް އަދި އާމިނަތު ރަޝްފާ (އާޝާ) ފެނިގެންދާނެ އެވެ.

ރިޝްފާ އަބްދުލް ސަމަދުގެ ވާހަކައަކަށް ފިލްމުގެ ސްކްރީންޕްލޭ ލިޔެފައިވަނީ މަހުދީ އަހުމަދު އެވެ.

ކޮމެންޓް (1)

އެކުއްޖާ

29 މޭ 2024
ނޯ ލައިކް.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް