ރޯބޯމޭން ދަ މޫވީ އުފެއްދުމުގެ އެއްބަސްވުމެއް ބަދަލުކުރަނީ

ރޮބޯމޭންއަށް ފިލްމެއް، ނަމަކީ 'ރޮބޯމޭން ދަ މޫވީ'

ދިވެހި ކެރެކްޓާ ރޮބޯމޭންގެ މި ފިލްމު މި އަހަރު ފަހުކޮޅު ސިނަމާތަކަށް ގެންނަން މީޑިއާނެޓް އާއި އޯކޭޒްއިންކް ވަނީ މަސައްކަތް ފަށާފައި

ރޮބޯމޭންގެ ކެރެކްޓާއަށް ބިނާކޮށް 'ރޮބޯމަން ދަ މޫވީ' ނަމުގައި ފިލްމެއް ހަދަން މީޑިއާ ނެޓް ވީޑިއޯ ކްލަބް އާއި ޕްރޮޑަކްޝަން ހައުސް، އޯކޭސްއިންކް ގުޅިއްޖެ އެވެ.

ދިވެހި ކެރެކްޓާ ރޮބޯމޭންއަކީ މީގެ އަށް އަހަރު ކުރިން ކުޑަކުދިންގެ ހަފްލާތަކުން އާއްމުންނަށް ފެންނަން ފެށި ގޮތަށް މިހާރު އެންމެ މަގުބޫލް ކެރެކްޓާ އެވެ. އެކަމަކު ރޮބޯމޭންގެ މޫނުމަތި އަޅައިގެން ހަރަކާތްތެރިވާ އަސްލު ފަންނާނަކީ ކާކު ކަމެއް ނޭނގެ އެވެ.

ރޮބޯމޭން ރާއްޖެއިން ބޭރުގައި: މިއީ ރާއްޖޭގައި އުފެދުނު ވަރުގަދަ ކެރެކްޓާއެއް

ކުޑަކުދިންގެ ޕާޓީތަކާއި އިވެންޓްތަކުގައި ނެށުމާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ރޮބޯމޭން ގެނެސްދޭ އިރު، އޭނާ އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އެކަމަކު ކުދިންގެ ލޯ ހުއްޓުވާލައި ޝައުގުވެރިކަން ދަމައިގަނެ އެވެ. އޭނާގެ މި ހުނަރު ދައްކާލަން ރާއްޖޭގެ އެކި ރަށްރަށަށް ވެސް ދަތުރުކުރެ އެވެ.

ކުޑަކުދިންނަށާއި މުޅި އާއިލާއަށް އެކީގައި ބަލައިލެވޭ ފީޗާ މި ފިލްމުގެ މަސައްކަތް މިހާރު ފަށާފައިވާ އިރު މި އަހަރު ފަހުކޮޅު ސިނަމާތަކަށް އަންނާނެ ކަމަށް ލަފާކުރެވެ އެވެ.

މި ފިލްމު އުފެއްދުމުގައި ބައިވެރިވާ އޯކޭޒްއިންކްއަކީ މުނިފޫހިފިލުވުމުގެ ދާއިރާގައި މަޝްހޫރު އެތައް ހުށައެޅުމެއް ގެނެސްދިން މުހައްމަދު މުންތަސިރު (މުންކޮ)ގެ ސްޓޫޑިއޯ އެވެ. ފިލްމުގެ އެއް ޑައިރެކްޓަރަކީ ވެސް އޭނާ އެވެ. މުންތަސިރުގެ އިތުރުން އަނެއް ޑައިރެކްޓަރަކީ އިބްރާހިމް ވިސާމް (ކަނޑި) އެވެ. ފިލްމުގެ ސްކްރީންޕްލޭ ލިއުނީ މަހުދީ އަހުމަދެވެ.

ރޮބޯމޭންއަކީ ދިވެހި ބްރޭންޑެކެވެ. އެކަމަކު ރާއްޖޭގެ ތޮށިން ބޭރަށް އޭނާގެ ހުނަރު ގެންގޮސް ޔޫރަޕުގެ ގައުމުތަކަށް ވެސް ދަތުރުކުރި އެވެ.

ރޮބޯމޭން ޔޫރަޕަށް ކުރި ދަތުރެއްގައި

ރޮބޯމޭން ވަނީ އުފެއްދުންތެރި އީޖާދީ މަސައްކަތުގެ ދާއިރާއިން މިދިއަ އަހަރުގެ ގައުމީ އިނާމު ވެސް ހާސިލްކޮށްފަ އެވެ. އެކަމަކު އެ އިނާމު ބަލާ ވެސް އޭނާ ނުދެ އެވެ. މިއީ ކާކުކަން އާންމުންނަށް ނޭނގޭ މީހަކަށް ގައުމީ އިނާމު ލިބުނު ފުރަތަމަ ފަހަރު ވެސް މެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް