ހިޓްސް ނައު މިހާރު މީޑިއާ ނެޓުން ފެންނާނެ

މީޑިއާނެޓް

އެންމެ މަޝްހޫރު ރިއަލިޓީ ޝޯތައް ފެންނާނެ 'ހިޓްސް ނައު' މީޑިއާނެޓަށް

"ހިޓްސް ނައު" އަކީ މި ވަގުތު އެންމެ ހިޓު ޝޯތަކާއި ޓީވީ އަދި މޯބައިލް ސްކްރީންތަކާއި ހިސާބަށް ގެނެސްދޭ ޗެނަލެއް
18 އޭޕްރީލު 2024

ޒަމާނުއްސުރެން ދިވެހިންނަކީ ޓީވީއިން ދައްކާ ތަފާތު އެކި ޕްރޮގްރާމުތަކާއި ގާތް ގުޅުމެއް ބާއްވަމުން އަންނަ ބައެކެވެ. ހިންދީ މަޝްހޫރު ޑްރާމާތަކާއި ދުނިޔޭގެ ބޮޑެތި ކުޅިވަރު މުބާރާތްތަކާއި ފިލްމުތައް އަދި މިއުޒިކީ ޕްރޮގްރާމްތައް ވެސް މީގެ ތެރޭގައި ހިމެނެ އެވެ. މި ޕްރޮގްރާމްތައް ދިވެހިންނާއި ހަމައަށް ގެނެސްދިނުމުގައި އެންމެ ގާތް އެކުވެރިޔަކީ މީޑިއާނެޓެވެ.

މީޑިއާނެޓުން ދެމުންގެންދާ ހިދުމަތުގައި ހިމެނޭ ކޮންޓެންޓް އިތުރަށް މުއްސަނދި ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އަނެއްކާ ވެސް އިތުރު ޗެނަލެއް ވަނީ ތައާރަފު ކޮށްފަ އެވެ.

ދުނިޔޭގެ އެންމެ މަޝްހޫރު ރިއަލިޓީ ޝޯތަކާއި އެންމެ ފަހުގެ ޝޯތައް ގެނެސްދޭ "ހިޓްސް ނައު" ޗެނަލް މިހާރު ވަނީ މީޑިއާނެޓުގެ ޗެނަލް ލައިން އަޕަށް އިތުރުވެފަ އެވެ.

"ހިޓްސް ނައު" އަކީ މި ވަގުތު އެންމެ ހިޓު ޝޯތަކާއި ޓީވީ އަދި މޯބައިލް ސްކްރީންތަކާއި ހިސާބަށް ގެނެސްދޭ ޗެނަލެކެވެ. މިޗެނަލްގެ އެންމެ ފާހަގަކުރެވެނީ ޕްރޮގްރާމް އެމެރިކާގައި އެއާ ކުރާތާ 24 ގަޑިއިރާއި 48 ގަޑިއިރާ ދެމެދު ދިވެހިންނަށް ވެސް މިހާރު ބަލާލެވޭތީ އެވެ.

ލައިވް ޝޯވް ބަލާލުމަށް އެއް ހަފްތާ މަޑު ކުރާކަށް ދެން ނުޖެހޭނެ އެވެ. އަދި ސޯޝަލް މީޑިއާ އިން އެޕިސޯޑުތަކުގައި ވާ ގޮތް ސްޕޮއިލްވުން ވެސް މަދުވެގެންދާނެ އެވެ. މި ޗެނަލް ހާއްސަވާ އަނެއްކަމަކީ ދުނިޔޭގެ އެންމެ ބޮޑު މުނިފޫހިފިލުވުމުގެ ލައިވް އިވެންޓްތައް ވެސް މި ޗެނަލް މެދުވެރިކޮށް ލައިވް ކޮށް ޓީވީ އަދި މޯބައިލް ސްކްރީންތަކުން ބަލާލެވުމެވެ.

"ހިޓްސް ނައު" ޗެނަލް މެދުވެރިކޮށް ބަލާލެވޭނެ ޝޯތަކުގެ ތެރޭގައި؛

  • އެމެރިކަން އައިޑަލް 

  • ބްރިޓިއަންސް ގޮޓް ޓެލެންޓު

  • ސަވައިވާ 

  • ހޫ ވޯންޓްސް ޓު ބީ އަ މިލިއަނާ

  • ޓޮޕް ޝެފް

  • ސެލެބްރިޓީ ފެމެލީ ފިއުޑް

  • ޗިކާގޯ ޕީޑީ

  • ގޯލްޑްބާގްސް

މީޑިއާނެޓަކީ މުނިފޫހިފިލުވުމުގެ ދުނިޔެ ދިވެހިންނާ ހަމައަށް ގެނެސްދިނުމުގައި ފާއިތުވި 18 އަހަރު އެންމެ ގާތް އެކުވެރިއެއް ގޮތުގައި މަސައްކަތްކުރަމުން އަންނަ ފަރާތެވެ.

ދިވެހި، ހިންދީ އިނގިރޭސި އަދި އެހެނިހެން ބަސްތަކުގެ ޝޯވްތަކުގެ އިތުރުން ކުޅިވަރުގެ ތަފާތު އެކި ރަހަތަކުގެ ކޮންޓެންޓް ގެނެސްދޭ ޗެނަލްތައް މީޑިއާނެޓުންދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ޓީވީ އަދި މޯބައިލް ސްރީންތަކާއި ހިސާބަށް ގެނެސްދެމުންނެވެ.

"ހިޓްސް ނައު" ޗެނަލާއެކު މީޑިއާނެޓުގެ ހިދުމަތުން ދޫކުރާ ކޮންޓެންޓް އިތުރަށް މުއްސަނދިވެގެންދާނެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް