'ލަސްވިޔަސް'ގެ ތިން ވަނަ ޓްެރެއިލާ އަސަރުން ފުރިފައި

12 އެޕްރީލްގައި އަޅުވާ ފިލްމާ ދިރިއުޅުމާ ކިހާ ބޮޑަށް ގުޅިފައިވާކަން ތިން ވަނަ ޓްރައިލާ އިން އެނގޭ
2 އޭޕްރީލު 2024
2

މުހައްމަދު ނިޔާޒު (ޓެޑްރީ) ގެ ފިލްމް 'ލަސްވިޔަސް'ގެ ތިން ވަނަ ޓްރެއިލާ ރޭ ނެރެފި އެވެ.

މިއީ މި މަހު 12 ވަނަ ދުވަހު އޮލިމްޕަހުގައި ޕްރިމިއާކުރާ ފިލްމްގެ އެންމެ ފަހު ޓްރެއިލާ ވެސް މެ އެވެ.

މި ޓްރެއިލާއިން ފެންނަނީ އަސަރުގަދަ މަންޒަރުތަކެކެވެ. ޓްރެއިލާ ފެށިގެން އަންނަނީ ލަވަކިޔުންތެރިޔާ ޝިއުޒްގެ އަޑުން ކިޔާފައިވާ 'ލޯބިވާ ދަރިފުޅާ' ލަވައިގެ ތެރެއިންނެވެ.

ލަސްވިޔަސްގައި ބަލިކުއްޖެގެ ބައި ޒޯޔާ ކުޅެފައި ވަނީ ވަރަށް މޮޅަށް

ދެން ދައްކާލަނީ ހޮސްޕިޓަލެއްގެ އެނދުގައި މަރިޔަމް ޒޯޔާ އޮންނަ ތަނެވެ. ފިލްމުގެ ބަތަލު އަހުމަދު އީސާ (އާނަންދު) އެތަނަށް ވަދެ، ޒޯޔާ ފެނި ހުއްޓުން އަރަ އެވެ. ދަރިފުޅު ފެނުމާ އެކު އަތުގައި އޮންނަ ދަބަސް އަތުން ވީއްލިގެން ވެއްޓެ އެވެ. 

ފިލްމުގައި ކެންސަރު ބަލީގެ ކުއްޖެއްގެ ގޮތުގައި ފެންނަ ޒޯޔާ ބުނަނީ ކިތަންމެ ލަސްވިޔަސް ބައްޕައާ ދިމާވީމާ ކިހާ އުފާވެރި ހެއްޔެވެ. 

އޭނާ ބައްޕަ ގާތުގައި ބުނެލަނީ 'ބައްޕާ އައި ނޯ ވަޓްސް ހެޕެނިން ޓު މީ،" މިހެންނެވެ. 

ޒޯޔާ ކައިރީގައި ބަތަލް އާއި ބަތަލާ އިށީނދެލައިގެން

ކައިވެންޏަކަށް ދިއުމުގެ ކުރިންނާއި ޒަވާޖީ ހަޔާތުގައި ލޯބިވެރިންގެ މެދުގައި ހިނގާ އެތައް ކަމެއްގެ މައްޗަށް ބިނާކޮށްފައިވާ 'ލަސްވިޔަސް'ގެ މި ޓްރެއިލާގައި އަހުމަދު އީސަ އާއި ބަތަލާ ވާޝިޔާ މުހައްމަދުގެ އުފާވެރި މަންޒަރުތަކެއް ވެސް ހިމެނެ އެވެ. އެގޮތުން ވެޑިން ސީންއަކާއި އަލަށް ދަރިއެއް ލިބިގެން އެ ދަރިފުޅާ މެދު ކުރާ ފޮނި އުއްމީދުގެ ބައިތައް ވެސް ފެނެ އެވެ. އެ ދަރިފުޅަށް އިޝާރަތްކޮށްލާފައި ވާޝިޔާއަށް އަހުމަދު ބުނެލަނީ އަދި ކިރިޔާ ހަޔާތް ފެށުނީ ކަމަށެވެ.

ފިލްމުގައި އެކުވެރިއެއްގެ ގޮތުގައި އުޅޭ އިބްރާހިމް ޖިހާދު (ޖިމީ) ބުނެލަނީ ކައިވެނި ރޫޅުމުން ދަރިންނަށް ކުރާ ހިތާމަ އާއި ހިތްދަތިކަން އެއީ ދުވަހަކު ވެސް ނިމޭނެ އެއްޗެއް ނޫން ކަމަށެވެ. 

ޖިމީ އާއި އަހުމަދު އީސާ މުހިންމު ވާހަކައެއްގައި

މި ޓްރެއިލާ ބަލައިލުމުން ފިލްމުގައި ހިމެނޭ އިހްސާސްތައް ފުންކަން ވަޒަންކޮށްލެވެ އެވެ. ޓްރެއިލާ ނިމެނީ މުހައްމަދު އަބްދުލް ގަނީ (ތޭރަވާ) ކިޔާފައިވާ ލަވަޔަކުންނެވެ.

ލަސްވިޔަސްގެ ފަހު ޓްރެއިލާގެ ބައެއް މަންޒަރުތައް

މިއީ މީގެ30 އަހަރު ކުރިން ހެދި 'ދެރިޔާ'އަށް ފަހު ނިޔާޒު ޑައިރެކްޓްކުރި ފުރަތަމަ ފީޗާ ފިލްމެވެ. އޭނާ ކުރިން ބުނި ގޮތުގައި 'ލަސްވިޔަސް'ގެ ސަބަބުން އަނެއްކާވެސް ދިވެހި ފިލްމަށް ބޮޑު އޯޑިއަންސެއް އޮތްކަން އެނގޭނެ އެވެ. 

ފިލްމް އަޅުވަން ދެން މާ ގިނަ ދުވަހެއް ނެތެވެ. ވަގުތު މިއޮތީ ކުޑަތަންވެފަ އެވެ. ފިލްމުގެ ޓިކެޓް ލިބޭނީ އޮލިމްޕަހުންނާއި ލަސްވިޔަސް.ކޮމް އިންނެވެ.

ކޮމެންޓް (2)

ޙަސަނާ

2 އޭޕްރީލު 2024
ދައުރުން ހާދަ ޕްރޮމޯޝަނެކޭ މިޖައްސަނީ
1 0

ހިތްޗަސް ދިރުވާލާ

3 އޭޕްރީލު 2024
@ޙަސަނާ ޢޮފިޝަލް މީޑިއާ ޕާޓުނަރުން ދައުރު އަދާކުރީމަ ދައުރު ގޯސްވީތަ؟
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް