ޖަވާންއަކީ ސިނަމާތަކުގައި ވެސް ކާމިޔާބު ފިލްމެއް

ބޮލީވުޑް

ނެޓްފްލިކްސްގައި ޝާހު ރުކްގެ ޖަވާންއަށް ވަރަށް ބޮޑު ތަރުހީބެއް

ރާއްޖޭގައި ވެސް މި ވަގުތު 1 ވަނާގައި އޮތީ ޖަވާން. ނެޓްފްލިކްސްގައި މި ފިލްމު ދައްކަން ފެށީ އިތުރު މަންޒަރުތަކާ އެކު ދިގުކޮށްލައިގެން
10 ނޮވެމްބަރު 2023

ޝާހު ރުކް ހާންގެ ޖަވާން، 2 ނޮވެމްބަރުގައި، ނެޓްފްލިކްސްގައި ދައްކަން ފެށުމާ އެކު މިހާރު ވެސް 15 މިލިއަން ގަޑިއިރު ބަލައިފި އެވެ.

މީގެ ތެރެއިން 5.9 މިލިއަން ގަޑިއިރުގެ ވިއުސް ލިބުނީ ނެޓްފްލިކްސްގައި ދައްކަން ފެށި ހަފްތާބަންދުގަ އެވެ.

ގްލޯބަލް ބޮކްސް އޮފީހުގައި ވެސް ކާމިޔާބު މި ފިލްމަށް ސިނަމާތަކުގައި ދައްކައިގެން 110 ކްރޯޑް ރުޕީސް ލިބުނެވެ.

ޖަވާންގައި ޝާހު ރުކް ވަރަށް ތަފާތު ސިފަތަކުގައި ފެނޭ

ނެޓްފިލްކްސް ވާޝާންގައި ތިއޭޓަރުގައި ދެއްކި ފިލްމަށް ވުރެ ގިނަ މަންޒަރުތައް ހިމެނެ އެވެ. ސިނަމާތަކުގައި އެޅުވި ފިލްމުން އެ މަންޒަރުތައް އުނިކުރީ މާ ގިދުވާތީ އެވެ. ނެޓްފިލްކްސް ވާޝަންގައި ދެ ގަޑިއިރާއި 50 މިނެޓުު ހޭދަވެ އެވެ.

ނެޓްފިލްކްސްގައި ޖަވާންއަށް ލިބެމުން އަންނަނީ ވަރަށް ބޮޑު ތަރުހީބެކެވެ. އެގޮތުން 18 ގައުމެއްގެ ގަދަ 10 ގައި ފިލްމު ހިމެނެ އެވެ. އެގޮތުން ރާއްޖޭގެ އިތުރުން އިންޑިއާ، ސްރީ ލަންކާ، ޔޫއޭއީގައި ވެސް އެއްވަނައަށް ބަލަމުން އަންނަނީ ޖަވާން އެވެ. 

ޝާހު ރުކް ހާންއާ އެކު ނަޔަންތަރާ ވެސް މުހިންމު ބައެއް ކުޅޭ

 ފިލްމު ބިނާވެފައިވަނީ ސަރުކާރުގައި ހިންގާ ކޮރަޕްޝަން އާއި އެކަމުން ރައްޔިތުންނަށް ތަހައްމަލް ކުރަން ޖެހޭ އަނިޔާވެރިކަމުގެ މައްޗަށެވެ. 

ފިލްމުގައި ޝާހު ފެންނަނީ ޑަބަލް ރޯލުންނެވެ. ބައްޕަ އާއި ދަރިފުޅެވެ.

ޝާހު ރުކް ދެ ރޯލަކުން ފެނޭ

ޝާހު ރުކްގެ ރެޑް ޗިލީ އެންޓަޓެއިންމެންޓްގެ ބެނާގެ ދަށުން އޭނާގެ އަންހެނުން ގޯރީ ހާން ޕްރޮޑިއުސްކުރި މި އެކްޝަން ފިލްމުގެ ޑައިރެކްޓަރަކީ އެޓްލީ ކުމާރެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް