ދިވެހި ޖާދޫގަރު މުހައްމަދު ޝަރީފް (ވ) އާއި ސްެެރީ ލަންކާގެ ދެ ޖާދޫގަރަކު ފޮޓޯއަކަށް ހުއްޓިގެން.

ހުނަރުވެރިކަން

ޖާދޫ ހެދުމުގެ ބައިނަލްއަގްވާމީ ފެސްޓިވަލެއް ރާއްޖޭގައި ބާއްވަނީ

ދިވެހި ޖާދޫގަރުންގެ ޖަމިއްޔާ ވެސް ފުރަތަމަ ފަހަރަށް ވަނީ ރަޖިސްޓްރީކޮށްފައި
12 އޮކްޓޯބަރު 2023

ޖާދޫ ހެދުމުގެ ބައިނަލްއަގްވާމީ ފެސްޓިވަލެއް އަންނަ ޑިސެމްބަރު މަހު ރާއްޖޭގައި ބާއްވަން ނިންމައި އެކަން މިއަދު އިއުލާންކޮށްފި އެވެ.

ވީ ކިހިނެއް؟ - ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ މެޖިކް ފެސްޓިވަލް އިންތިޒާމް ކުރަނީ، އަލަށް ރަޖިސްޓްރީ ކުރި މޯލްޑިވްސް މެޖިޝަންސް އެސޯސިއޭޝަނުންނެވެ.

ތަފްސީލް - އެ ތަނުން މިއަދު ބުނި ގޮތުގައި:

  • މި ފެސްޓިވަލް ބާއްވާނީ ޑިސެމްބަރު 1 އަދި 2ގައި އޮލިމްޕަހުގައި

  • ފެސްޓިވަލުގައި ރާއްޖޭގެ އިތުރުން ފަސް ގައުމެއްގެ ޖާދޫގަރުންގެ ހުނަރުތައް ދައްކާލާނެ؛ އެ މީހުންގެ ވަރަށް ހުނަރުވެރި ޖާދޫ އިލޫޝަން އާޓް، މި ފެސްޓިވަލުން ފެންނާނެ

  • ރާއްޖޭން ބައިވެރިވާނީ މަޝްހޫރު ޖާދޫގަރު މުހައްމަދު ޝަރީފް (ބެގޯނިއާ ޝަރީފް) 

'ދިވެހި ޖާދޫގަރުންގެ ހުނަރުވެރިކަން އިތުރަށް ތަރައްގީވެގެންދާނެ'

މޯލްޑިވްސް މެޖިޝަންސް އެސޯސިއޭޝަން ނުވަތަ ޖާދޫގަރުންގެ ޖަމިއްޔާއިން ބުނި ގޮތުގައި، ފުރަތަމަ ފަހަރަށް އެ ފަދަ ޖަމިއްޔާއެއް ރާއްޖޭގައި ރަޖިސްޓްރީވުމާ އެކު، އެ ހުނަރުވެރިކަން ދިވެހިންގެ ތެރޭގައި އިތުރަށް ތަރައްގީ ވެގެންދާނެ އެވެ.

ޖަމިއްޔާގެ ރައީސް ޝަރީފް ވިދާޅުވި ގޮތުގައި:

  • އެ ތަނުގެ މަގްސަދަކީ ޖާދޫ ހެދުމުގެ އިލޫޝަން ހުނަރު، ދިވެހި ޒުވާނުންނަށް ތައާރަފްކޮށްދީ، ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް ފުުރުސަތުދީ، ފަންނުވެރިކަން އާލާކުރުން

  • ބައިނަލްއަގްވާމީ އެކި ޕްލެޓްފޯމުތަކުގައި ދިވެހި ޖާދޫގަރުންގެ ހުނަރުވެރިކަން ތަމްސީލުކޮށް، ޖާދޫ އިލޫޝަން ނުވަތަ އާޓްގެ ރޮނގުން ރާއްޖެއަށް ރީތި ނަން ހޯދައިދިނުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް