ޝާހު ރުކް ހާން ފިލްމު 'ޖަވާން'ގެ މަންޒަރެއްގައި

ބޮލީވުޑް

'ޖަވާން' ރިލީޒްކުރިތަނާ ވަގު ކޮޕީ ހަދައި ލީކު ކޮށްލައިފި

ފުރި ބާރުވެފައިވާ ސިނަމާތަކުގައި ބެލުންތެރިންގެ ތަރުހީބުގެ ހަޅޭކާއި ނެށުމާއި ބެރުޖެހުމާ އެކު އެ ފިލްމުގެ ފުރަތަމަ ޝޯތައް މިއަދު އަންނަނީ ދައްކަމުން
7 ސެޕްޓެމްބަރު 2023

ޝާހު ރުކް ހާންގެ އެންމެ ކާމިޔާބު އެއް ފިލްމަށް ވާނެ ކަމަށް ބެލެވިފައިވާ 'ޖަވާން' މިއަދު ބޮޑު ސްކްރީނުގައި އެޅުވިތާ މަދު ގަޑިއިރުތަކެއް ތެރޭ އިންޓަނެޓުގައި ލީކުކޮށްލައިފި އެވެ.

މުޅި އިންޑިއާގައި، ފުރި ބާރުވެފައިވާ ސިނަމާތަކުގައި ބެލުންތެރިންގެ ތަރުހީބުގެ ހަޅޭކާއި ނެށުމާއި ބެރުޖެހުމާ އެކު މިއަދު ހެނދުނުން ފެށިގެން އެ ފިލްމުގެ ޝޯތައް އަންނަނީ ދައްކަމުންނެވެ.

ނަމަވެސް އެޅުވިތާ މާ ގިނަ އިރުތަކެއް ނުވެ 'ޖަވާން'ގެ ވަގު ކޮޕީތައް ހަދައި ހިލޭ ޑައުންލޯންޑް ކުރެވޭ ގޮތަށް އެޕްތަކާއި ޓޮރެންޓް ވެބްސައިޓްތަކަށް ވަނީ ލައިފަ އެވެ.

ޝާހު ރުކްގެ ފޭނުން ސޯޝަލް މީޑިއާގައި އެކަމާ ނުރުހުން ފާޅުކުރަމުން ގެންދާ އިރު، މީގެ ސަބަބުން ފިލްމުގެ ބޮކްސް އޮފީސް އާމްދަނީއަށް އަސަރުކުރާނެ ކަމަށް އޭގެ ތެރެއިން ބައެއް މީހުން ދެކެ އެވެ.

ނަޔަންތަރާ 'ޖަވާން'ގެ މަންޒަރެއްގައި
ޝާހު ރުކް ހާން 'ޖަވާން'ގެ މަންޒަރެއްގައި

އިންޑިއާގެ އެކި ބަސްބަހުން ނެރެފައިވާ 'ޖަވާން' ރިލީޒް ކުރުމުގެ ކުރިން ވެސް މިއަދުގެ ޝޯތަކަށް އެތައް ލައްކަ ޓިކެޓެއް ވިކުނެވެ. އެ ފިލްމުގެ ފުރަތަމަ ދުވަހުގެ އާމްދަނީ ވަރަށް ރަނގަޅުވާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

ޝާހު ރުކް ހާންއާ އެކު ނަޔަންތަރާ އާއި ވިޖޭ ސެތުޕަތީ ވެސް 'ޖަވާން' އިން ފެންނާނެ އެވެ.

ޝާހު ރުކްގެ ރެޑް ޗިލީ އެންޓަޓެއިންމެންޓްގެ ބެނާގެ ދަށުން އޭނާގެ އަންހެނުން ގޯރީ ހާން ޕްރޮޑިއުސްކޮށްފައިވާ މި އެކްޝަން ފިލްމުގެ ޑައިރެކްޓަރަކީ އެޓްލީ ކުމާރެވެ.

'ޖަވާން'ގެ ޓްރެއިލާ

އިތުރު އާޓިކަލް

އިތުރު އާޓިކަލް