Round 2

avatar

Solih

MDP

avatar

Muizzu

PPM - PNC

108,735

46.22%

126,499

53.78%

Updated Time: 6:21 AM

Voted 242,690

Eligible 282,804

Turnout 85.82%

Invalid 7,456

586

Counted Boxes

0

Remaining Boxes

އިޝްތިހާރު

ޝާހު ރުކް ހާން 'ޖަވާން'ގެ މަންޒަރެއްގައި

ޝާހު ރުކް ހާން

'ޖަވާން' އެޅުވުމުގެ ކުރިން އެތައް ލައްކަ ޓިކެޓެއް ވިކިއްޖެ

ޝާހު ރުކް ހާން އާއި ނަޔަންތަރާ ފެންނާނެ 'ޖަވާން'ގެ ލަވަތަކާއި ޓްރެއިލާ ފެނި ގިނަ ބަޔަކު ތިބީ ފިލްމުގެ އިންތިޒާރުގައި
6 ސެޕްޓެމްބަރު 2023

ރެކޯޑްތައް މުގުރާލާނެ ކަމަށް ބެލެވިފައިވާ 'ޖަވާން' މާދަމާ ރިލީޒްކުރުމުގެ ކުރިން އެތައް ލައްކަ ޓިކެޓެއް ވިކިއްޖެ އެވެ.

އެނަލިސްޓް މަނޮބަލާ ވިޖެޔަބާލަން އިއްޔެ ހަވީރު އެކްސްގައި ބުނެފައިވާ ގޮތުގައި ޝާހު ރުކް ހާންގެ އާ އެކްޝަން ފިލްމުގެ ފުރަތަމަ ދުވަހަށް ހަމައެކަނި އިންޑިއާގައި 837،600 ޓިކެޓު ވަނީ ވިކިފަ އެވެ. އަދި ދުނިޔޭގެ ބޮކްސް އޮފީހުގައި އެޑްވާންސް ޓިކެޓުތަކުން އެ ފިލްމަށް 37.36 ކްރޯޑު (373.6 މިލިއަން) ރުޕީސް ލިބިފައިވާ ކަމަށް އޭނާ ރޭ ބުންޏެވެ.

ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ޕިންކްވިލާ އިން ބުނިގޮތުގައި 'ޖަވާން'ގެ ޓިކެޓު ބައެއް ތަންތަނުގައި ވަނީ ޝާހު ރުކްގެ އެންމެ ފަހުގެ ބްލޮކްބަސްޓާ 'ޕަޓާން'ގެ އެޑްވާންސް ޓިކެޓް ވިކުނު ވަރަށް ވުރެ ވެސް މާ ގިނައިން ވިކިފަ އެވެ.

އަދި މުޅި އިންޑިއާގައި ސިނަމާތައް ހިންގާ ތިން ކުންފުނި ކަމަށްވާ ޕީވީއާރް އާއި އިނޮކްސް އަދި ސިނެޕޮލިސްގެ ތަންތަނުން ތާރީހުގައި ވެސް އެޑްވާންސްކޮށް އެންމެ ގިނަ ޓިކެޓު ވިކުނު ފަސްވަނަ ފިލްމުގެ މަގާމް 'ޖަވާން' އިން ހޯދާފައިވާ ކަމަށާއި އެ ފިލްމު ގަދަ ތިނެއްގެ ޖާގައެއް ހޯދާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ޕިންކްވިލާ އިން ބުނެފައިވެ އެވެ.

އިންޑިއާގެ ދެކުނު ސިނަމާ އިން ބޮލީވުޑަށް ތައާރަފްވާ ނަޔަންތަރާ އާއި ޝާހު ރުކް އެކުގައި ފެންނާނެ 'ޖަވާން'ގެ ލަވަތަކާއި ޓްރެއިލާ ފެނި ގިނަ ބަޔަކު ތިބީ ފިލްމަށް އިންތިޒާރު ކޮށްގެންނެވެ.

އިޝްތިހާރު

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް